ފެނަކައިން މީގެކުރިން އެމްޓީސީސީ އިން ކްރެޑިޓަށް ނަގަމުން ދިޔަ އަޑީ ތެޔޮ ނެގުން ހުއްޓާލައި، އަގު ބޮޑު ކޮށް ކޭޝް ކޮށް ލިއޯ ސަވާދު އަތުން އަޑީތެޔޮ ގަންނަމުންދާ އިރުވެސް, އޭސީސީން މިކަމަށް އިޖާބައެއް ނުދީ ހަނު ތިބެއްޖެއެވެ.
"ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, ދެގުނަ އަގު ބޮޑުކޮށް ކޭޝްކޮށް ފައިސާ ދީފައި، ސަވާދު އަތުން ނަގަމުން ދަނީ ޕެޓްރޯލް އޮފިސީ ކިޔާ ބްރޭންޑެއްގެ އަޑީ ތެލެވެ.
ފެނަކައިގެ ޑީއެމްޑީ އަކަށް މި ސަރުކާރުން ހަމަ ޖައްސާފައި ވަނީ، ސަވާދުގެ ޅިޔަނެކެވެ. މިކަމަށް ސަވާދުއަށް މަގުފަހިކޮށް ދެމުންދަނީ, ފެނަކައިގެ ޑީއެމްޑީއަކަށް ހުރި, ސަވާދުގެ ޅިޔަނު ޒުހުރީއެވެ. އޭނާ ދަނީ އެކި ގޮތް ގޮތުން، ކޮރަޕްޝަންގެ ބޮޑެތި ވައްކަންތައް ފެނަކައިގެ ތެރޭ ހިންގަމުންނެވެ.

"ދިޔަވަރު އޮންލައިން" އަށް ލިބިފައިވާ ބައެެއް ޕާޗޭސް އޯޑަރުތަކުން އެނގޭ ގޮތުގައި ސަވާދުގެ ލިއޯ ސްޓޯރސް އެންޑް ސަޕްލައި ޕްރައިވެޓް ލިމިޓެޑުން ކޮންމެ ހަތާއަކުވެސް ފެނަކައިން ދަނީ އެތައް ލައްކަ ރުފިޔާގެ އިންޖީން އޮއިލް ގަންނަމުންނެވެ. އެގޮތުން މި ފްބްރުއަރީމަހުގެ 6 ވަނަ ދުވަހު ފެނަކައިންވަނީ 175,991.52 ރުފިޔާގެ ޕާޗޭސް އޯޑަރއެއް ސަވާދުގެ ސަވާދުގެ ލިއޯ ސްޓޯރސް އެންޑް ސަޕްލައިއަށް ރެއިސް ކޮށްފައެވެ.

އަދި ފެބްރުއަރީމަހުގެ 8 ވަނަ ދުވަހު ފެނަކައިން ވަނީ 117,372.68 ރުފިޔާގެ ޕާޗޭސް އޯޑަރއެއް ރެސިސް ކޮށްފައެވެ. އަދި ހަމަ އެދުވަހު އަޑީތެޔޮ ގަތުމަށް 70,396.61 ރުފިޔާގެ ޕާޗޭސް އޯޑަރއެއްވެސް ފެނަކައިން ވަނީ ސަވާދުގެ ލިއޯ ސްޓޯރސް އެންޑް ސަޕްލައިއަށް ފޮނުވާފައެވެ.

ފެނަކައިން ސަވާދުގެ ލިއޯ ކުންފުންޏަށް ކޭޝްކޮށްގެން އަޑީ ތެޔޮ ގަންނަމުންދަނީ, މީގެ ކުރުން ކުރެޑިޓްކޮށް އެމްޓީސީސީން އަޑިތެޔޮ ނަގަމުން އައި އައުން ހުއްޓާލުމަށްފަހުއެވެ.
ލިއޯ ސަވާދުުއަށް, ބިޑް ކުރުމަކާނުލާ, ބޮޑެތި އަދަދުތަކުން ފެނަކައިން ފައިސާ ދެމުންދާއިރު, ފެނަކައިން ކުދި އަދި މެދުފަންތީގެ އެތައް ކުންފުންޏަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހިގައި އެބަހުއްޓެވެ.
ސަވާދުއަށް މި ސަރުކާރުން ބޮޑެތި ފައިދާ ވާހެން ކޮރަޕްޝަން އަށް މަގު ފަހި ކޮށް ކަންކަން ކުރަމުން ދަނީ މެޑަމް ސާޖިދާގެ ބައިވެރި ވުމާއި އެކު އެވެ. އަދި ވެރިކަމަށް އައުމަށް ސަވާދު ވަނީ ސާޖިދާ އަށް 3 މިލިއަން ރުފިޔާ ކެމްޕެއިނަށް ޚަރަދު ކޮށް ދީފައެވެެ.