ޚަބަރު

މުއިއްޒުގެ އާދޭސްތަކަށް އިޖާބަނުދީ ސަރުވަޝް މަގާމުން އިސްތިއުފާ ދީފި، ”ޤައުމު ބަނގުރޫޓު ވާއިރު، އޭގެ ޒިންމާ ބޮލުގައި އެޅެން ބޭނުން ނުވޭ“ : ޝަރުވާޝް

ދިޔަވަރު
މުއިއްޒުގެ  އާދޭސްތަކަށް  އިޖާބަނުދީ ސަރުވަޝް މަގާމުން  އިސްތިއުފާ  ދީފި، ”ޤައުމު ބަނގުރޫޓު ވާއިރު، އޭގެ ޒިންމާ ބޮލުގައި އެޅެން ބޭނުން ނުވޭ“ : ޝަރުވާޝް

މާލީ ވުޒާރާގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަޙްމަދު ސަރުވަޝް އާދަމް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

2016 ވަނަ އަހަރު ފިނޭންސް މިނިސްޓްރީއާއި ގުޅި ވަޑައިގެން ، އަދި ޗީފް ފައިނޭންޝިއަލް ބަޖެޓް އެގްޒެކިއުޓިވް އެއްގެ ގޮތުގައި ހުންނެވި ސަރުވާޝް މަގާމުން އިސްތިއުފާ ދެއްވީ، މުއިއްޒުގެ ސަރުކާރުގެ އިސްރާފްތައް ގިނަވެ، ރާއްޖެ ބަނގުރުޓޫވަމުން ދާތީ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އެހެންނަމަވެސް އޭނާ އިސްތިއުފާ ދެއްވާތީ، ޝަރުވާޝް އާދަމްގެ އިސްތިއުފާ އަނބުރާ ގެންގޮސް އަލުން މަގާމާއި ހަވާލުވެ ވަޑައިގަތުމަށް މުއިއްޒު އޭނާއާއި ބައްދަލުކޮށް އާދޭސް ދަންނަވާފައި ވެއެވެ.

ޝަރުވަޝް އާއި ދެކެވުނު ވާހަކާގައި، ޝަރުވަޝްގެ ތަޖުރިބާއާއި، ފަންނީ އެހީތެރިކަން ރާއްޖެ މިފަދަ ދަނޑިވަޅެއްގައި އޮތް އިރު ބޭނުންވާ ކަމަށް މުއިއްޒު ވިދާޅުވިކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެހެންނަމަވެސް، ސަރުކާރު ބަނގުރޫޓުވެ، އައިއެމްއެފްގެ ޕްރޮގްރާމަށް ސަރުކާރު ވަނުމަށް ތައްޔާރު ވެފައިވާ މި ދަނޑިވަޅުގައި. ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ރާއްޖެ ޑިފޯލްޓަކަށް ދާއިރު، އޭގެ ރެސްޕޮންސިބިލިޓީ ފޯލް ވާ މީހުންގެ ތެރޭގައި ހުންނަވަން ބޭނުން ނުވާކަމަށް ޝަރުވަޝް މުއިއްޒުއަށް ދެންނެވިކަމަށް ވަނީ މައުލޫމާތުލިބިފައެވެ.

ސަރުވަޝް މަގާމުން އިސްތިއުފާ ދެއްވިކަން އިއުލާންކޮށްފައިވަނީ ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިންނެވެ. އެހެން ނަމަވެސް އޭނާ މަގާމުން ވަކިވެވަޑައިގެންނެވި ސަބަބެއް އެ ބޯޑުން އަދި ވުޒާރާއިން ވެސް ހާމަކޮށްފައެއް ނުވެއެވެ.

އެގޮތުން ޕީސީބީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ފާއިތުވި 9 އަހަރުގެ ތެރޭގައި ސަރުވަޝް ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު އަދާކޮށްފައެވެ.

އެ ވުޒާރާއިން ސަރުވަޝް ވަކިވެވަޑައިގެންނެވިއިރު އޭނާ ހުންނެވީ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވްގެ އިތުރުން، ފިސްކަލް އެފެއާޒް ޑިޕާޓްމެންޓްގެ ހެޑްގެ މަގާމުގައިއެވެ. އިގްތިސާދީ ކުރިއެރުމާއި ޕޮލިސީ އެނަލިސިސްގެ ދާއިރާއިން އިނގިރޭސިވިލާތުން މަތީ ތައުލީމު ހާސިލްކުރެއްވި ސަރުވަޝް އަކީ މާލީ ދާއިރާގެ ސިޔާސަތުތަކާއި، ބަޖެޓާއި އަދި އެ ނޫން ވެސް އެ ދާއިރާގެ ގުޅުން ހުރި މުހިންމު ކަންކަން ކަނޑައެޅުމުގައި ބަސް ވިދާޅުވާ ބޭފުޅެކެވެ.

އެގޮތުން ރާއްޖޭގެ ބަޖެޓާއި މާލީ އެކި ސިޔާސަތުތަތަކީ ސަރުވަޝްގެ ބެއްލެވުމުގެ ދަށުން ކަނޑައެޅޭ ބައެއް ކަންކަމެވެ.

ސަރުވަޝް މީގެ ކުރިން ވަނީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޗެއާޕާސަންގެ މަގާމުގެ އިތުރުން، އެމްއެމްއޭގެ ބޯޑު މެންބަރުކަން ވެސް އަދާކުރައްވާފައެވެ. އަދި ދެމެހެއްޓެނިވި އިގްތިސާދީ ސިޔާސަތުތައް ކަނޑައެޅުމުގައި ވެސް ދައުލަތުގެ ކޮންސަލްޓެންޓެއްގެ ގޮތުގައި ސަރުވަޝް މަސައްކަތްކުރައްވާފައިވެއެވެ.

ސަރުވަޝް އެންމެ ފުރަތަމަ ދައުލަތުގެ މަސައްކަތަކާ ގުޅިވަޑައިގެންނެވީ 2013 ވަނަ އަހަރު، މީރާގެ ޕްރިންސިޕަލް އޮފިސަރުގެ މަގާމުންނެވެ.