ރާއްޖޭގެ 3 ޑެޕިއުޓީ މިނިސްޓަރަކު، މުއިއްޒުގެ އެންގުމަށް އިންޑިޔާގެ ބޮޑުވަޒީރަށް ހުތުރު ބަހުން އެއްޗެހި ކިޔުމުން، އޮސްޓްރޭލިޔާގައި އުޅޭ ދިވެހި ކިޔަވާ ކުދިންނަށް އޭގެ ހިތި އަސަރު ކުރަން ފަށައިފި ކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ.
ޤައުމެއްގެ ވެރިއަކާއި ދިމާލަށް އެހެން ޤައުމެއްގެ މިނިސްޓަރުން މިހާ ދަށު ދަރަޖައިގެ ކޮމެންޓް ކޮށް، މި ގޮތަށް ހެދި ހެދުމަކީ މިއީ، މުޅި ދުނިޔޭގައިވެސް އަލަން ހިނގާފައިވާ ކަމެކެވެ.
އޮސްޓްރޭލިޔާގައި ކިޔަވަން އުޅޭ ރާއްޖޭގެ ދަރިވަރަކު މިއަދު އެކްސް ގައި ޕޯސްޓް ކޮށްފައި ވަނީ، ތިމަންނާ މިހާރު މިދަނީ އެކަމުގެ އަސަރު ތަހައްމަލު ކުރަމުން ކަމަށާއި. އިންޑިއާގެ ބައެއް ދަރިވަރުން އޭނާ އާއި އަޅާ ނުލައި، ނޫނީ ބައެއްފަހަރު ފުރައްސާރަ ކުރުން ފަދަ ކަންކަން ކުރަމުން ގެންދާކަމަށެވެ. މިއީ ޑިޕްލޮމެޓިކް ފިކުރެއް ނެތް ބަޔަކު، ވަޒީރުންގެ މަގާމުތަކަށް އައްޔަން ކުރުމުގެ ނަތީޖާ ކަމަށް އޭނާ ޓްވީޓް ކޮށްފައި ވެއެވެ.
ދިޔަވަރު އަށް މައުލޫމާތު ލިބޭ ގޮތުގައި ޝިއުނާ އާއި، މަލްޝާގެ ސަބަބުން އާންމުކޮށް މުޅި ރާއްޖޭގެ އަގު ބޭރު ދުނިޔޭގައި ވެއްޓި، ދިވެހިންނާއި މެދު، ދެކޭ ގޮތް މުޅިން ވަނީ ބަދަލުވެފައެވެ.
އިންޑިޔާއާއި މެދު ނަފްރަތު އުފައްދައި، މި ދައްކާފައިވާ ވާހަކަ ތަކުގެ ސަބަބުން، ދޭދޭ ގައުމުތަކުގެ މީހުންގެ މެދުގައި އޮންނަ ގުޅުން ހީނަރުވެ، ސަރުކާރާއި މެދު އެހެން ޤައުމުތަކުގެ ވެރިން ދެކޭ ގޮތްވެސް މިހާރު ވަނީ ބަދަލު ވެފައެވެ.