މި އަހަރުގެ ބަޖެޓުގައިވާ ގޮތަށް ހަރަދުތައް ހަމަޖައްސައި އިތުރަށް ހަރަދުތައް ކުޑަ ކުރުމަށް ފިނޭންސް މިނިސްޓްރީން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމާމިއަދު, މިއަދު ނެރުއްވި 2020 ވަނައަހަރު އެ މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގެ ދެލިކޮޕީއަކީ, ރާއްޖޭ މާލީގޮތުން ބަނގުރޫޓުވެ، ކުރިމަތިވަމުންދާ އިގްތިސާދީ ކާރިސާއިން ސަލާމަތް ވުމުގެ ގޮތުން، އައިއެމްއެފް ޕެކޭޗަކަށް ދާން ތައްޔާރުވުމުގެ ގޮތުން އަޅާންފެށި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ފިޔަވަޅެއްކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ.
2024 ވަނަ އަހަރަށް މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުން ކުރާންހުރި ޚަރަދުތައް ކުޑަކުރުމުގެ ގޮތުންނާއި އަދި ދައުލަތުގެ ޚަރަދުތައްވެސް ކުޑަކުރުމަށް ކަމަށްބުނެ, މިއަދު ފިނޭންސްއިން ނެރެފައިވާ ސާކިއުލާއަކީ, މީގެ 4 އަހަރު ކުރިން, އޭރުގެ ފިނޭންސް މިނިސްޓްރ އިބުރާހިމް އަމީރު, ކޯވިޑްގެ ކަންބޮޑުވުންތަކާއެކު, 2020 ވަނަނަ އަހަރުގެ ފެބްރުއަރީމަހު ނެރެފައިވާ ސާކިއުލާގެ ދެލިކޮޕީއެއްކަން މިހާރުވަނީ ހާމަވެގެން ގޮސްފައެވެ.
އަދި މި ދެސާކިއުލާވެސް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު, އިއްޔެ ފިނޭންސް މިނިސްޓްރީން ނެރުނު ސާލިއުލާގަވެސް ހުރީ މީގެ 4 އަހަރު ކުރިން 2020ވަނަ އަހަރު ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާގަވެސް ހުރި އިބާރާތްތަކެވެ.
އެހެންނަމަވެސް, 2020 ވަނަ އަހަރު އޭރުގެ ފިނޭންސް މިނިސްޓްރީ ސާކިއުލާ ނެރުނީ, އެއަހަރު ކުރިމަތިވި ކޯވިޑް ކާރިސާގެ ކުރިން، ބޯޑަރު ބަންދުކުރަން ޖެހިދާނެކަމަށް ބަލާފަ, ކޯވިޑް ކާރިސާއަކަށް ބަދަލުވުމުގެ 3 މަސް ކުރިންނެނެވެ. އެއާއި ޚިލާފަށް މިހާރުގެ ފިނޭންސް މިނިސްޓަރު ޝަފީގު އިއްޔެ ނެރުއްވި ސާކިއުލާ ނެރުނީ ބޭންކުތަކުން މިސަރުކާރަށް ލޯނު ދިނުން ހުއްޓާލާ, މިސަރުކާ ގޮތްހުސްވުމުންކަން ފާހަގަ ކޮށްލެވެއެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތުދިން ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި, ރައްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ, މިހާލަތުން އަރައިގަތުން އައިއެމްއެފްގެ ”ބޭންކްރަޕްސީ ޕްރޮގްރާމް“އަށް ރާއްޖެއިން ވަނުމަށް ނިންމުމަށްފަހު, ރާއްޖެއިން އެދިފައިވަނީ އައިއެމްއެފްއިން 700 މިލިއަން ޑޮލަރުގެ ބެއިލްއައުޓު ޕެކޭޖެއް ދިނުމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން އައިއެމްއެފްއާއި ވާހަކަ ދައްކަމުންދަނީ އައިއެމްއެފްއިން 700 މިލިއަން ޑޮލަރުގެ މާލީ އެހީއެއް ހޯދާއިރު އޭގެ ތެރެއިން 400 މިލިއަން ޑޮލަރު އެޑްވާންސްކޮށް ހޯދުމަށެވެ.
އެހެންނަމަވެސް އައިއެމްއެފްއިން ސަރުކާރަށް އަންގާފައިވަނީ, އެ އިދާރާއިން މާލީ އެހީތެރިކަން ފޯރުކޮށްދޭނީ 5 އަހަރުގެ މުއްދަތަކަށް ބަހާލައިގެން ކަމަށާއި, ގައުމުތައް ބަގުރޫޓުވުމުން އެއިދާރާއިން އެހީ ފޯރުކޮށް ދިނުމަށް އެ އިދާރާއިން އެކުލަވާލާފައި އޮންނަ ”ބޭންކްރަޕްސީ ޕްރޮގްރާމް“ގެ ތެރެއަށް ރާއްޖެއިން ފުރަތަމަ ވަނުމަށެވެ.
އެގޮތުން މިއަދު ފިނޭންސްއިން އާންމުކުރި, "ދެލޮކޮޕީ ސާކިއުލާ"އަކީ, އައިއެމްފްއިން ދީފައިވާ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރުމުގެ ގޮތުން އާންމުކޮށްފައިވާ ސާކިއުލާއެއްކަމަށް "ދިޔަވަރު އޮންލައިން"އާއި ވާހަކަދެއްކި ފިނޭންސްގެ އޮފިޝަލް ވިދާޅުވެފައި ވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި, ކުރިޔަށް އޮތް މަޖިލިސް އިންތިޚާބަށްފަހު, ރާއްޖެއިން އައިއެމްއެފްގެ ”ބޭކްރަޕްސީ ޕްރޮގްރާމް“އާއި ގުޅުމަށް ނިންމިކަން ރަސްމީކޮށް އިއުލާން ކުރާނެއެވެ. އޮފިޝަލް ވިދާޅުވީ, އައިއެމްއެފްގެ ހަރުކަށި ”ބޭކްރަޕްސީ ޕްރޮގްރާމް“ގައި ބައިވެރިވުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު އެމިނިސްޓްރީންކޮށް ނިންމާފައިވާ ކަމުގައެވެ.
އެހެންނަމަވެސް ކުރިޔަށް އޮތް މަޖިލިސް އިންތިޚާބު ނިމެންދެން އެނިންމުން ރަސްމީކޮށް އިއުލާން ނުކުރުމަށް ރައީސް މުއިއްޒު އަންގަވާފައިވާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
ސަރުކާރު ބަނގުރޫޓުވުމުން، އައިއެމްއެފް އިން، އެ ޤައުމެއް އަލުން އަނބުރައި އަރައި ގަތުމަށް ދޭ ލޯނު އެހީގެ ޕްރޮގްރާމުގައި ރާއްޖެއަށް ލާޒިމް ކުރާ ކަންތައްތައް:
ރާއްޖެއާއި، އައިއެމްއެފް އާއި، މިހާތަނަށް ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މިހާތަނަށް ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރެއިން ބައެއް ކަންކަން ތިރީގައި ހިމަނާލާނަމެވެ.
- އާސަންދައިގެ ޚިދުމަތް ދޭ މިންގަނޑު ބަދަލުކޮށް އެންމެންނަށް އާސަންދަ ނުދިނުން.
- ސިވިލް ސާވަންޓުންނާއި، ސަރުކާރު މުއައްޒަފުންގެ މުސާރަ ކުޑަކުރުން.
- އާ ޕްރޮޖެކްޓަތައް ސަރުކާރުގެ ޚަރަދުގައި ނުފެށުން.
- ސަރުކާރުން ރައްޔިތުންގެ އަތުން އާ ޓެކްސް އެއް ނަގަން ފެށުން
- ތެލާއި ޕޭޓްރޯލަށް ސަރުކާރުން ދެމުންދާ ސަބްސިޑީ ކަނޑާލުން
- ކަރަންޓުން ނަގާ ސަބްސަޑީ ކަނޑާލުން (ކަރަންޓްގެ ރޭޓްތައް ބޮޑު ކުރުން)
- ރައްޔިތުން އަތުން، ރާއްޖެއިން ބޭރަށް ދަތުރުފަތުރު ކުރުމަށް އިތުރު ފީއެއް ނެގުން
- ކާޑުގެ ބާވަތްތައް އަގުބޮޑު ކުރުން (ސަބްސިޑީ ކަނޑާލުން)
- ބައެއް ސަރުކާރު ކުންފުނިތައް އުވާލުން
- މަޖިލީހުގެ އިންތިހާބުގެ ކުރިން ދީފައިވާ ބައެއް ސިޔާސީ މަގާމުތައް އުވާލުން
މާލީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އައިއެމްއެފްގެ ހަރުކަށި މާލީ އެހީތެރިކަމުގެ ޕްރޮގްރާމްގެ ތެރެއަށް ރާއްޖެއިން ވަނުމާއެކު, ތަކެތީގެ އަގު އިންތިހާއަށް އުފުލި، ރާއްޖޭގެ %70 މީހުން ބައިނަލްއަޤްވާމީ ގޮތުން ފަގީރުންނަށް ވެގެން ދާނެއެވެ. ކާބޯތަކެތި ހޯދުމަކީ ދަތި ކަމަކަށް ވެގެން ދާނެއެވެ.
އޭގެ އިތުރުންވެސް މިހާރުވެސް އުފުލިފައިވާ ޑޮލަރުގެ އަގު ޑޮލަރުގެ އަގު 25-30 ރުފިޔާއަށް އުފުލި, ދިވެހިރުފިޔާގެ އަގު ވަރަށް ބޮޑަށް ވެއްޓިގެން ދާނެކަމަށްވެސް މާލީ ތަޖުރިބާކާރުން ވަނީ ލަފާކޮށްފައެވެ.