ޚަބަރު

މިރޭ "އަހާ" ފޯރަމްގައި ރައްޔިތުންގެ ސުވާލުތަކަށް މުއިއްޒު ޖަވާބު ދެއްވީ, ވަޒީރުން ގުދަށް ބައިތިއްބައިގެން! އަމިއްލުފުޅު ވަޒީރުންނަށްވެސް މުއިއްޒު އިހުތިރާމެއް ގަދަރެއް ނުބަހައްޓަވާ!

ދިޔަވަރު
މިރޭ "އަހާ" ފޯރަމްގައި ރައްޔިތުންގެ ސުވާލުތަކަށް މުއިއްޒު ޖަވާބު ދެއްވީ, ވަޒީރުން ގުދަށް ބައިތިއްބައިގެން! އަމިއްލުފުޅު ވަޒީރުންނަށްވެސް މުއިއްޒު އިހުތިރާމެއް ގަދަރެއް ނުބަހައްޓަވާ!

މިރޭ ސަލްޓަމް ޕާކުގައި ރައީސް އޮފީހުން ކުރިޔަށް ގެންދިޔަ "އަހާ" ފޯރަމުންގެ, އެމަނިކުފާނުގެ އަމިއްލަފުޅު ވަޒީރުން ގުދަށް ބައިތިއްބަވައިގެން ރައީސް މުއިއްޒު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވައިފިއެވެ.

ރައީސް އޮފީހުން, ވަޒީރުންނާއި ރައްޔިތުން ކުރާން ބޭނުންވާ ސުވާލުތަކަށް ފުރުސަތު ދިނުމުގެ ގޮތުން ކުރިޔަށް ގެންދާ "އަހާ" ފޯރަމްގެ ކޮންމެ ދެ މަހުން އެއްފަހަރު ރައްޔިތުންގެ ސުވާލުތަކަށް ރައީސް މުއިއްޒު ޖަވާބު ދެއްވާގޮތަށް ވަނީ ހަމަޖައްސާފައެވެ.

އެގޮތުން މިރޭގެ ފޯރަމަށް ރައީސް މުއިއްޒު ވަޑައިގެންނެެވިއިރު, "އަހާ" ފޯރަމްގެ ސްޓޭޖްގެ ދެފަރާތުގައި ކެބިނެޓް ވަޒީރުންނަށް ޚާއްސަކުރެވިފައިވާ ގޮނޑިތަކުގައި އޭބޭފުޅުން އިށީދެވަޑައިގެން ތިއްބެވިއެވެ. އެއަށްފަހު, އާންމު ރައްޔިތުން ރައީސް މުއިއްޒުއާއި ކުރަމުން ގެންދެވި ސުވާލުތަކަށް މުއިއްޒު ޖަވާބު ދެއްވާފައިވަނީ އެމަނިކުފާނުގެ ވަޒީރުން ގެންދަވައިގެން, ވަޒީރުން ގުދަަށް ބައިތިއްބައިގެން އެބޭފުޅުން އަރިހުން މައުލޫމާތު ސާފު ކުރައްވައިގެންނެވެ.

މިއީ ރާއްޖޭގެ ތާރީޚުގައިވެސް މި އުސޫލުން ވަޒީރުން, ރައީސެއްގެ ކުރިމަތީ ގުދައް ބައިތިއްބަވައިގެން ރައީސަކުން އަމަލު ކުރެއްވި ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.

މިރޭގެ "އަހާ" ފޯރަމްގައި ފެނިގެންދިޔަ މަންޒަރުތަކުން ސާފުތުވެގެންދިޔަ އެއްކަމެއްގެ ގޮތުގައި ފާހަގަވެގެން ދިޔައީ, މުއިއްޒި އެމަނިކުފާނުގެ ވަޒީރުންނަށްވެސް އެއްވެސް އަދަބު އިހުތިރާމެއް ނުބަހައްޓަވާ ތާގަ, ވަޒީރުގެ ގަދަރު ކުޑަކޮށް, އަޅުން ގެންގުޅޭ ބީދައިން ވަޒީރުން ގެންގުޅުއްވަމުން ގެންދަވާ ކަމެވެ.

ރައީސް މުއިއްޒު ބާއްވަމުން ގެންދަވާ "އަހާ" ފޯރަމްއަކީ ރައީސް އޮފީހުން ވަކިގޮތަކަށް ފަރުމާ ކޮށްގެން, ވަކިބަޔަކަށް ސުވާލު ކުރުމުގެ ފުރުސަތު ލިބޭގޮތަށް ބާއްވަމުން ގެންދަވާ ފޯރަމެކެވެ. އެގޮތުން މީގެ ކުރިން ބޭއްވި ފޯރަމްގައި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުން ސުވާލުކުރުމަށް ސަލްޓަމް ޕާކަށް ގެންގޮސްފައިވާކަން ހާމަވުމުން, މިރޭގެ ފޯރަމަަށް ރައީސް އޮފީހުން ގެންގޮސްފައިވަނީ, ސިޔާސީ ވަޒީފާތަކުގަ ތިބި މުވައްޒަފުންގެ އާއިލީ މީހުންކަން ފާހަގަ ކޮށްލެވެއެވެ.