ޚަބަރު

އެމެރިކާއިން 4 ޕެޓްރޯލް ބޯޓު ގަންނަން 8 މިލިއަން ޑޮލަރު އެމެރިކާއިން ނަގަނީ

ދިޔަވަރު
އެމެރިކާއިން 4 ޕެޓްރޯލް ބޯޓު ގަންނަން 8 މިލިއަން ޑޮލަރު އެމެރިކާއިން ނަގަނީ

ރާއްޖެއިން ހަތަރު ޕެޓްރޯލް ބޯޓު ގަންނަން އެމެރިކާ އިން 8 މިލިއަން ޑޮލަރު (123 މިލިއަން ރުފިޔާ) ދޭން މަޝްވަރާކޮށްފި އެވެ.

މި އުޅަނދުތައް ގަތުމަށް އެމެރިކާއިން ފައިސާ ދިނުމާ ބެހޭ ގޮތުން ވާހަކަދެއްކީ އެމެރިކާގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ މެނޭޖްމަންޓް އެންޑް ރިސޯސަސް، ރިޗާޑް ވާމާ މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެއަށް ކުރެއްވި ދަތުރުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރުއާ ބައްދަލުކުރެއްވުމުގަ އެވެ.

އެމެރިކާއިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ވާ ގޮތުން ހަތަރު ޕެޓްރޯލް އުޅަނދަށް ފައިސާ ދިނުމުގެ ބޭނުމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ރަނގަޅަށް މޮނިޓާކޮށް ބެލެހެއްޓުމެވެ. އަދި ރާއްޖޭގެ ސިޔާދަތަށް ނުރައްކާވާ ގޮތަށް ރާއްޖޭގެ އީއީޒެޑް ތެރޭގައި ހިންގާ އަމަލުތައް ހުއްޓުވުމެވެ.

މިކަމާ ބެހޭ މައުލޫމާތު މިހާތަނަށް ދިވެހި ސަރުކާރުން ހިއްސާކޮށްފައެއް ނުވެ އެވެ.