ރައީސް މުއިއްޒުގެ އާދޭސްތަކަށް ބީރުކަންފަތެއް ދިނުމަށްފަހު މާލީ ވުޒާރާގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަޙްމަދު ސަރުވަޝް އާދަމް އެ މަގާމުން އިސްތިއުފާ ދިނުމަށްފަހު, އެމަގާމަށް, ފިނޭންސް މިނިސްޓްރީގެ ނާއިބު ކަމުގެ މަގާމްގައި ހުންނެވި, ތިމަރަފުށި މުސްތަފާގެ ދަރިފުޅު އަޙްމަދު ސާއިދު މުޞްތަފާ ހަމަޖައްސަވަން މުއިއްޒު ނިންމަވާފައިވާކަމަށް "ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ލިބިއްޖެއެވެ.
"ދިޔަވަރު އޮންލަައިން" އަށް މައުލޫމާތު ދިން, ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މުސްތަފާގެ ދަރިފުޅަށް އެމަގާމް ހަމަޖައްސަވަން މުއިއްޒު ހަމަޖެއްސެވީ އޭނާ އެ މަގާމަށް ޝަރުތު ފުރިހަމަވެގެން ނޫންކަމުގައެވެ. އަދި އެއީ މުސްތަފާވެސް އެކަމަށް ޕްރެޝަރުކުރަމުން ދިއުމުގެ އިތުރުން އެމަގާމަށް އެކަށީގެންވާ އެއްވެސް މީހަކު, ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ގޮތުން އެމަގާމާއި ހަވާލު ނުވެގެންކަމަށްވެސް "ދިޔަވަރު އޮންލަައިން"އާއި މައުލޫމާތު ޙިއްސާކުރި ފަރާތުން ވިދާޅުވެފައި ވެއެވެ.
ފިނޭންސް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ މުސްތަފާގެ ދަރިފުޅު މިނިސްޓަރ އޮފް ފިނޭންސްގެ ނައިބުގެ މަގާމަށް އައްޔަން ކޮށްފައިވި ނަމަވެސް އޭނާ މިނިސްޓްރީގެ އެއްވެސް ލިޔުމެއްގައި ސޮއިކުރަން ބޭނުން ނުވާކަމުގައެވެ. އަދި ފިނޭންސް މިނިސްޓްރީގައި އޭނާ ކުރާނެ މަސައްކަތެއް ނެތިގެން ދުވާލުގެ ގިނަވަގުތު އޭނާ ހޭދަކުރަމުންދަނީ, ޓުއަރިޒަމް މިނިސްޓަރުކަމަށް އައްޔަން ކޮށްފައިވާ, އަބުދުއްރަހީމްގެ ދަރިފުޅު ފައިސަލްއާއެކީ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
ތިމަރަފުށި މުސްތަފާގެ ދަރިފުޅަކީ އިނގިރޭސިވިލާތަށް ކިޔަވަން ދިއުމަށް މީގެ ކުރިން މަސައްކަތް ކުރުމުން ވިސާ ނުދިން ފަރާތެކެވެ. އޭނާއަށް ވިސާ ނުދީފައިވަނީ އޭނާގެ ބައްޕަ ބްލެކް ލިސްޓު ކޮށްފައި އޮވެގެންނެވެ. އެހެންނަމަވެސް އޭނާ ވިސާ ހޯދާފައިވަނީ ފަހުން ގާޑިއަން ބަދަލުކޮށްގެން ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
2016 ވަނަ އަހަރު ފިނޭންސް މިނިސްޓްރީއާއި ގުޅި ވަޑައިގެން ، އަދި ޗީފް ފައިނޭންޝިއަލް ބަޖެޓް އެގްޒެކިއުޓިވް އެއްގެ ގޮތުގައި ހުންނެވި ސަރުވާޝް މަގާމުން އިސްތިއުފާ ދެއްވީ، މުއިއްޒުގެ ސަރުކާރުގެ އިސްރާފްތައް ގިނަވެ، ރާއްޖެ ބަނގުރުޓޫވަމުން ދާތީއެވެ. އެހެންނަމަވެސް އޭނާ އިސްތިއުފާ ދެއްވާތީ، ޝަރުވާޝް އާދަމްގެ އިސްތިއުފާ އަނބުރާ ގެންގޮސް އަލުން މަގާމާއި ހަވާލުވެ ވަޑައިގަތުމަށް މުއިއްޒު އޭނާއާއި ބައްދަލުކޮށް އާދޭސް ދަންނަވާފައި ވެއެވެ.
ޝަރުވަޝް އާއި ދެކެވުނު ވާހަކާގައި، ޝަރުވަޝްގެ ތަޖުރިބާއާއި، ފަންނީ އެހީތެރިކަން ރާއްޖެ މިފަދަ ދަނޑިވަޅެއްގައި އޮތް އިރު ބޭނުންވާ ކަމަށް މުއިއްޒު ވިދާޅުވިކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެހެންނަމަވެސް، ސަރުކާރު ބަނގުރޫޓުވެ، އައިއެމްއެފްގެ ޕްރޮގްރާމަށް ސަރުކާރު ވަނުމަށް ތައްޔާރު ވެފައިވާ މި ދަނޑިވަޅުގައި. ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ރާއްޖެ ޑިފޯލްޓަކަށް ދާއިރު، އޭގެ ރެސްޕޮންސިބިލިޓީ ފޯލް ވާ މީހުންގެ ތެރޭގައި ހުންނަވަން ބޭނުން ނުވާކަމަށް ޝަރުވަޝް މުއިއްޒުއަށް ދެންނެވިކަމަށް ވަނީ މައުލޫމާތުލިބިފައެވެ.