ޚަބަރު

ސާވަލަންސް ޑްރޯން ރާއްޖެ ގެނެސްފިނަމަ ބޭރުގެ އަސްކަރީ ބާރުތަކުގެ ނުފޫޒު ރާއްޖޭގައި ގަދަ ވެގެން ދާނެ: ސީޕީ ހުސެއިން

ދިޔަވަރު
ސާވަލަންސް ޑްރޯން ރާއްޖެ ގެނެސްފިނަމަ ބޭރުގެ އަސްކަރީ ބާރުތަކުގެ ނުފޫޒު ރާއްޖޭގައި ގަދަ ވެގެން ދާނެ: ސީޕީ ހުސެއިން

ސާވަlލައިންސް ޑްރޯނެއް ރާއްޖެ ގެނެސްފިނަމަ ބޭރުގެ އަސްކަރިއްޔާ ރާއްޖެގައި އިތުރުވުމުގެ ފުރުސަތު އޮންނާނެކަމަށް ކުރީގެ ސީޕީ ހުސެއިން ވަހީދު ވިދާޅުވެއްޖެއެވެ.

ހުސެއިން މިފަދައިން ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ތާއީދާއެކު މަޖިލީހަށް ނުކުންނަ ކެންޑިޑޭޓުންގެ ސިޔާސަތުތައް ހުށަހެޅުމަށް ބޭއްވި ޖަލްސާގައި ވާހަަކަ ދައްކަވަމުންނެވެ.

ހުސެއިން ވިދާޅުވީ، ދޯސްތީ އެކްސަރސައިޒްތައް ކުރިއަށް ގެންދަނީ ވެސް ހީލަތްތެރި ރޭވުމެއްގެ ތެރެއިން ކަމަށާ އިންޑިއާ ސިފައިން މި ގައުމުން ބާލަން ނިންމާފައި އޮތް ނަމަ އެވަރުގެ އެކްސަރައިޒްތަކެއް އިންޑިއާއިން ނުހިންގާނެ ކަމަށެވެ.

ނެޝަނަލް ޑިފެންސްގައި ގިނަ ދުވަހު ކުރެއްވި ތަޖުރިބާއެކު ހުސެއިން ވިދާޅުވީ، މިހާރު ސަލާމަތާ ރައްކާތެރިކަން ބަލަހައްޓަން ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ދައްކަވަމުން ގެންދަވާ ވާހަކަތަކުގެ ތެެރެއިން، ތުރުކީއިން ދޭން އުޅޭ ސާވލައިންސް ޑްރޯނުގެ ވާހަކަ އަޑު އިވުމުން ހައިރާން ވާ ކަމަށެވެ.

އެހެނީ ތުރުކީއަކީ ނޭޓޯގެ ބާރުގެ ދަށުގައި އޮންނަ ގައުމަކަށްވާއިރު އެ ވިދާޅުވާ ފެންވަރުގެ ސާވަލައިންސް ޑްރޯން ދީފާނެ ކަމާ މެދު ޝައްކު ނުއުފެދޭ ކަމަށާ އެ ވިދާޅުވާ ޑްރޯނެއް ނުވެސް ގެންނާނެ ކަމަށް ހުސެއިން ވިދާޅުވިއެވެ.

އެ ބުނާ ސާވަލއިންސް ޑްރޯނެއް ގެނެސްފިނަމަ ދެން އަނެއްކާވެސް ފެނިގެން ދާނީ ބޭރުގެ އަސްކަރިއްޔާ މިގައުމުގައި އިތުރުވެގެން ދާ މަންޒަރު.

- ކުރީގެ ސީޕީ ހުސެއިން

ހުސެއިން މިހެން ވިދާޅުވިއިރު، މިހާރުވެސް އިންޑިއާ ސިފައިން މިގައުމުގައި ތިބެގެން އިންޑިއާއިން ފޯރުވަމުން ގެންދާ ނުފޫޒާ ހުރެ ގައުމުގެ ިއސްތިގުލާލު ގެއްލިގެން ދާތީ ގިނަ ބަޔަކު ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންކަން ފާހަގަކޮށްލެވެއެވެ.