ޚަބަރު

މާދަމާ ވެސް ހަދާނީ ދޮގު، ސިޔާސީ ވަޒީފާ އިންތިހާއަށް އިތުރުކޮށްފި، ރާއްޖެ މިދަނީ ބާކީވަމުން: ރައީސް ސާލިހު

ދިޔަވަރު
މާދަމާ ވެސް ހަދާނީ ދޮގު، ސިޔާސީ ވަޒީފާ އިންތިހާއަށް އިތުރުކޮށްފި، ރާއްޖެ މިދަނީ ބާކީވަމުން: ރައީސް ސާލިހު

ރައީސް މުއިއްޒު މާދަމާވެސް ހަދާނި ދޮގު ކަމަށާއި, ސިޔާސީ ވަޒީފާތައް އިންތިހާއަށް އިތުރުކޮށް, ބައިނަލްއަގުވާމީގޮތުން ރާއްޖެ މިދަނީ ބާކީވަމުން ކަމުގައި ރައީސް ސާލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މަޖިލިސް އިންތިހާބުގެ ކެމްޕޭނު ލޯންޗު ކުރުމަށް ބޭއްވި "މިސްރާބު ހަމަ މަގަށް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސާލިހު ވިދާޅުވީ، އެމްޑީޕީ މީގެ 18 އަހަރު ކުރިން ފެށި ދަތުރު އަނެއްކާ ވެސް ވިސްނަން އެބަޖެހޭ ކަމަށެވެ.

އަނެއްކާ ވެސް އެމްޑީޕީ ތިބީ ސަރުކާރު ޖަވާބުދާރީ ކުރުވާ ޕާޓީއެއްގެ ގޮތުގައި ކަމަށާއި ވޭތުވެދިޔަ ގިނަ އަހަރު ތަފާތު ތަޖުރިބާތަކެއް ކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ ރިޔާސީ އިންތިކާބުގައި ޕާޓީ ވަރަށް އެހެންކަހަލަ ތަޖުރިބާއެއްކުރި ކަމަށް ވެސް ވިދާޅުވިއެވެ.

"ޕާޓީގެ މެމްބަރުން ކުރި ބުރަ މަސައްކަތުން މަޖިލީހުގެ އަޤުލަބިއްޔަތު ޕާޓީއަށް ލިބުނު އެހެންނަމަވެސް ޕާޓީ ދޫކުރައްވާ ބައެއް މެމްބަރުން ވަޑައިގަތުމުން މާޔޫސްކަން ކުރިމަތިވި މަޑުޖެހުމެއް ވެސް އައި. އެހެންނަމަވެސް ޕާޓީއާއެކު ކުރިއަށް ގޮސް، ފައްޔާޒު ކުރެއްވި މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރަން" ސާލިހު ވިދާޅުވިއެވެ.

އެންމެންގެ އަމާޒަކީ ޕާޓީގެ ލީޑަރޝިޕުގައި ގިނަ ބަޔަކު ހިމަނައިގެން ކުރިއަށް ދިޔުމަށް ކަމަށާއި އެމަނިކުފާނު ވެސް އަބަދުވެސް ހުންނަވަނީ އެމްޑީޕީއާއެކު ކަމަށް ސާލިހު ވިދާޅުވިއެވެ. އަދި އަބްދުﷲ ޝާހިދު ޕާޓީއާ ގުޅިވަޑައިގަތުމުން އިތުރު ހިތްވަރެއް ލިބިގެންދިޔަ ވެސް ވިދާޅުވިއެވެ.

ޕާޓީއަށް ކުރިމަތިވާ ކޮންމެ ދަތި އުނދަގޫ ދަނޑިވަޅެއްގައި އަނެއްކާވެސް ތަރުތީބު ކުރުމަށް ކުރެވުނު ކޮންމެ މަސައްކަތެއް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުގެ އެދެނީ އިންތިކާބަށް ތައްޔާރުވުމުގެ ގޮތުން ޕްރައިމަރީން ނާކާމިޔާބުވި ކެންޑިޑޭޓުން ވެސް ކާމިޔާބު ހޯއްދެވި ކެންޑިޑޭޓް ފަހަތަށް އަރައިގެން މަސައްކަތް ކޮށްދެއްވުމަށް، ޤައުމުގެ ހާލަތު އަޅުގަނޑުމެން އެންމެންނަށް އިހުސާސް ކުރެވޭ މިއަދު ބަލަން ތިބެވޭކަށް ނެތް، މިއަދު ވެސް ދޮގު ހަދަނީ މާދަމާ ވެސް އޮޅުވާލާނީ، މާދަމާ ވެސް ހަދާނީ ދޮގު، ސިޔާސީ ވަޒީފާ އިންތިކާއަށް އިތުރުކޮށްފި، ރާއްޖެ މިދަނީ ބާކީވަމުން މިއީ އިންތިޚާބު ކާމިޔާބު ކުރަންޖެހޭ ބައެއް ސަބަބުތައް" ސާލިހު ވިދާޅުވިއެވެ.

އެންމެން ފުރަތަމަ ރައީސް ޑރ. މުއިއްޒު ކުރެއްވި "ގޯސް" ކަމަކީ އެސްޓިއޯ ދަށުން މިފްކޯ ވަކި ކުރެއްވުން ކަމަށާއި މިފްކޯ އަށް މިހާރު އޮތް ހާލަތުން އެހެން ބޭންކްއަކުން ލޯނު ނަގަން ބޭނުންވިޔަސް އެކަން ނުވާނެ ކަމަށް ސާލިހު ވިދާޅުވިއެވެ.

ޖަލްސާގައި އިތުރަށް ސާލިހު ވިދާޅުވީ ޕާޓީ ދޫކޮށްނުދާނެ ކަމުގެ ޔަޤީންކަން، އެމްޑީޕީގެ އާންމުން މެމްބަރުން ދެއްވަން ޖެހޭ ކަމަށެވެ.