ޚަބަރު

މައްސަލަ ބެލުމަށްކަމަށް ބުނެ އާރުޑީސީގެ ގިނަ އަދަދެއްގެ މުވައްޒަފުންނަށް ސިޓީ ފޮނުވަން ފަށައިފި, ބޭނުމަކީ މަޖިިސް އިންތިޚާބާއި ދިމާކޮށް މުވައްޒަފުންނަށް ބިރު ދެއްކުން!

ދިޔަވަރު
މައްސަލަ ބެލުމަށްކަމަށް ބުނެ އާރުޑީސީގެ ގިނަ އަދަދެއްގެ މުވައްޒަފުންނަށް ސިޓީ ފޮނުވަން ފަށައިފި, ބޭނުމަކީ މަޖިިސް އިންތިޚާބާއި ދިމާކޮށް މުވައްޒަފުންނަށް ބިރު ދެއްކުން!

ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ކުރިޔަށް އޮއްވާ, އާރުޑީސީގެ އެތައް މުވައްޒަފުންނަކަށް, އެ މުވައްޒަފުންގެ މައްސަލަ ބަލަން ފަަށާފައިވާކަމަށް ބުނެ ސިޓީ ފޮނުވަން ފަށައިފިއެވެ.

މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސިޓީގައި ވާގޮތުން "ހަވާލުކުރެވޭ މަސައްކަތް އެންމެ އެދެވޭ ގޮތުގައި ފުރިހަމަ ނުކުރާކަމަށް ފާހަގަކުރެވިފައިވާ ކަމަށް" ބުނެ އެ ކުންފުނީގެ މެނޭޖްމަންޓުން މުވައްޒަފުންނަށް ފޮނުވަން ފަށާފައިވާ ސިޓީ ފޮނުވަމުންދަނީ, އެމްޑީޕިއަށް ތާއީދުކުރާކަމަށް ކުންފުނީގެ މެނޭޖްމަންޓަށް ގަބޫލުކުރެވޭ މުވައްޒަފުންނަށްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެގޮތުން ރާއްޖޭގެ އެކި ރަށްރަށުގައި ތިބި, އެކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުންނަށް މިހާރު މި ސޓީ ފޮނުވާފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި ސިޓީގައި ވާގޮތުން މި ސިޓީ ލިބޭ މުވައްޒަވުން މިމަހުގެ 28ގެ ކުރިން ޖަވާބުދާރީ ވާން ޖެހެއެވެ. އަދި އެ މުއްދަތުގައި ޖަވާބުދާރީ ނުވެއްޖެނަމަ, އެފުރުސަތު ދޫކޮށްލީކަމަށް ބަލާނެކަމަށްވެސް ޑީއެމްޑީ މުހައްމަދު ނަބީލް އަފީފް ސޮއިކުރައްވާ ފޮނުވަމުންދާ ސިޓީތަކުގައި ބަޔާން ކޮށްފައި ވެއެވެ.

އާރުޑީސީ އިން ފޮނުވަމުންދާ ސިޓީތަކުން ދިޔަވަރަށް ލިބިފައިވާ ސިޓީއެއް

އާރުޑީސީގެ ބައެއް މުވައްޒަފުން "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދީފައިވާ ގޮތުގައި މި ސިޓީގެ މަގްސަދަކީ ކުރިޔަށް އޮތް މަޖިލިސް އިންތިޚާބާ ދިމާކޮށް މުވައްޒަފުންނަށް ބިރު ދައްކައިގެން ސަރުކާރު ކެނޑިޑޭޓުންގެ ކެމްޕޭންތަކަށް މުވައްޒަފުން ނެރުންކަމުގައެވެ. އަދި ކެމްޕޭނަށް ނުނިކުންނަ މުވައްޒަފުން ވަގުތުން ކަނޑާލާގޮތަށްވެސް މެނޭޖްމަންޓުން ނިންމާފައިވާކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ފަރާތުން ކިޔައި ދީފައި ވެއެވެ.

ވެރިކަމަށް ވަޑައިގަންނަވަން ކެމްޕޭން ކުރައްވަމުން ޑރ. މުއިއްޒު ވިދާޅުވެފައިވަނީ, ކުންފުނިތަކުގައި މަސައްކަތް ކުރަމުންދާ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރާނެ ކަމުގައެވެ. އަދި ސިޔާސީ ގޮތުން އެއްވެސް މުވައްޒަފަކަށް އަނިޔާއެއް ނުދޭނެކަމަށްވެސް މުއިއްޒު ވަނީ ވައުދު ވެފައެވެ.

އެހެންނަމަވެސް ބަރަކާތްތެރި ރޯދަމަސް ކުރިޔަށް އޮށްވާ ރައީސް މުއިއްޒުގެ އެންގެވުމަށް ފެނަކައިންވެސް ވަނީ އެކުންފުނީގެ އެތައް ސަތޭކަ މުވައްފުންނެއް ވަޒީފާއިން ވަކިކޮށް, އެ މުވަޒަފުން މަގުމަތިކޮށް ހާލުގައި ޖައްސާފައެވެ.

އަދި ކުންފުނިތަކުގެ މުވައްޒަފުންގެ ތެެރެއިން, ޕީއެންސީގެ މަޖިލިސް ކެމްޕޭނަށް ތާއީދު ނުކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ބިރު އެކުންފުނިން ދަނީ ދައްކަމުންނެވެ.