އިއްޔެގެ ވަގުތެއްގައި "އާސްކް އަޒާން"ގެ ނަމުގައި ހޮޓެލް ޖެންގެ އަގުބޮޑު ހޯލުގައި އޭނާ ކުރިއަށް ގެންދިޔަ ސެޝަން ގައި، މީހަކު 1000 ސިފައިން ރާއްޖޭގައި ތިބި ކަމަށް ބުނެ ދެއްކި ވާހަކަ ތަކާއި ގުޅިގެން ކުރި ސުވާލަށް ޖަވާބު ދެމުން އެއީ "ދުވަހަކުވެސް މަ ދެއްކި ވާހަކަ އެއް ނޫން" ކަމަށް ބުނެ ރޯ ބުހުތާނު ދޮގު ހަދައިފިއެވެ.
ނަމަވެސް އަޒާން ވަނީ، މީގެ ކުރިން ތަކުރާރުކޮށް ރާއްޖޭގައި އެތައް ހާސް އިންޑިޔާ ސިފައިން ތިބި ކަމަށް ބުނެ، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ދޮގު ހަދައި އޮޅުވާލާފައެވެ. މި ގޮތުން ތަކުރާރު ކޮށް ކުރި ޓްވީޓް ތަކުގައި ރާއްޖޭގައި އެތައް ހާސް އިންޑިޔާ ސިފައިން ތިބިކަމަށް މީނާ ބުނަމުން ދިޔައިރު، ދިޔަރެސް ނޫހުގައި ހަމަ އެފަދައިން މީނާ ވަނީ އެތައް ލިޔުންތަކެއް ރާއްޖޭގައި އެތައް ހާސް އިންޑިޔާ ސިފައިން ތިބި ކަމަށް ބުނެ ލިޔެފައެވެ.


ނަމަވެސް އެތައް ހާސް ސިފައިން ތިބިކަމަށް ތިމަންނާ ނުބުނާ ކަމަށް ބުނެ މިވަގުތު ދޮގު ހަދަމުން ދަނީ، ރާއްޖޭގައި ތިބީ އިންޑިޔާ ސިފައިންގެ އަދަދަކީ 3 އުޅަނދެއް ދުއްވަން ޕައިލެޓުން ގޮތުގައި ރާއްޖޭގައި ތިބި 77 މީހުން ކަން ސަރުކާރުން އަމިއްލަ އަށް އިއުތިރާފުވެ، ހެދިހާ ދޮގެއް ފަޅާއަރައި، އޭގެ ސަބަބުން މީހުންގެ ނުރުހުމާއި، ރުޅިވެރިކަން ސަރުކާރަށް އަމާޒު ވާން ފެށުމުންނެވެ.
އަޒާންގެ މި ދޮގު ފަޅާ އަރާ، ސޯޝަލް މީޑިޔާގައި އޭނާއަށް މަލާމާތު ރައްދު ވާން ފެށުމުން، "އަޒާން އަކީ އީޔޫ ސާރޓިފައިޑް ކައްޒާބެއް!" ކަމަށް އާސްކް އަޒާންގައި ބައިވެރިވި ފަރާތަކުން ދިޔަވަރު ނޫހަށް ކޮމެންޓް ކޮށް ދެންނެވިއެވެ. އަޒާން ދިޔަރެސްގައި ދޮގު ހަދައި ރައްޔިތުންނަށް އޮޅުވާފައިވާ ކަމަށް، ރާއްޖޭގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބާއި ބެހޭގޮތުން، އީޔޫ އިން ނެރުނު އިލެކްޝަން ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ.
އަޒާން އިންޑިޔާ ސިފައިން ތިބި ވަރު ހޯދުމަށް، އައިކޮމް އަށް މައްސަލަ ހުށައެޅިއިރު، އާންމުކޮށް ރާއްޖޭގެ އެންމެންނަށް ފެންނަހެން ޓީވީ އިން ލައިވްކޮށް ގެނެސްދިން، މަޖިލިސް ކޮމިޓީއެއްގައި އެމްއެންޑީއެފް އާއި ކުރި ސުވާލަކަށް ޖަވާބު ދެމުން ރާއްޖޭގައި 77 އިންޑިޔާ ސިފައިން އެވަގުތު ތިބިކަމަށް އެމްއެންޑީއެފް އިން ވަނީ ހާމަ ކޮށްފައެވެ. އަދި މިވާހަކަ އޭރު ފިރުޒުލް ޓްވީޓް ކުރައްވާފަވެސް ވެއެވެ.