ސިޔާސީ ފޯރީގައި ހއ. ބާރުގައި ހުންނަ ތާރީހީ ޒަމާންވީ ބޮޑު ކާނިގަހަށް މުއިއްޒު އަންގައިގެން ސިހުރު ހެދުމުން، އެކަމާއި ހިތްހަމަ ނުޖެހި ރަށުތެރެއިން ރޭ ރައްޔިތުންތަކެއް ނުކުމެ، ސިހުރާއި ދެކޮޅަށް އެ ގަ ހުޅުޖަަހައި އަންދާލައިފި އެވެ.
މި ކާނިގަހަކީ ކަޅުއޮށްފުންމި އަލަށް ބަދެގެން ރިޔާ ފަަހަން ބޮޑުތަކުރުފާނު ޖެއްސެވި ކަމަށް ބުނާ ކާނިކަޑައިން ހެދި ބޮޑުވެފައި ހުރި ޒަމާންވީ ބިޔަ ގަހެއް ކަމަށް ބުނެވެ އެވެ. ތާރީހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި އެ ގަަހަށް މިހާރު 400 އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެ އެވެ.
ދިޔަވަރަށް މައުލޫމާތު ލިބޭ ގޮތުގައި، އެރަށަށް ރައީސް މުހައްމަދު މުއިއްޒު މިދިޔަ އާދިއްތަ ދުވަހު ކުރެއްވި ދަތުރުފުޅުގައި އޭނާގެ އަރިސް ފަރާތަކުން ވެރިކަމުގައި ދެމިހުރުމަށް އެ ޤަހަށް ސިހުރު ހަދައި، ކާނިގަހުގެ ތެރެއިން ފަޅަން ފަށާފައިވާ ނިކަ ގޮފިތަކެއް ކަނޑަން އަންގައި، މުއިއްޒުގެ ފަރާތުން އެކަމަށް އެދުނުގޮތަށް އެކަން ކޮށްފައި ވަނިކޮށެވެ.
މުއިއްޒުގެ އެންގުމަށް ސްޓޭޓް މިނިސްޓަރު ސާލިމް، އެ ގަސް ބައްލަވާ ލެއްވުމަށްފަހު ކައުންސިލާއި ބައްދަލުކޮށް ވިދާޅުވީ، އެ ގަހުގައި ނިކަގަސް ފަޅާފައި ހުރި ކަމަށާއި، ދުރު ނޫން މާޒީއެއްގައި ފެންނާނީ ނިކަގަސް ވެރިވެގަންނަތަން، ކަމަށެވެ. ނިކަ ގަހުގެ ބާރު ގަދަވެ، ކާނިގަހަށް ގެއްލުން ވެއްޖެނަމަ، މުއިއްޒުގެ ވެރިކަން ވެއްޓިދާނެ ކަމަށް ބަލައި، އެ ގޮފިތައް ކޮށުމުގެ ކުރިން ގަހަށް ފަންޑިތަ ހަދައި، އެ ގޮފިތައް ފަހުން ކޮށާފައި ވާކަމަށް އެރަށުން މައުލޫމާތު ދެއެވެ.
މުއިއްޒު ވަނީ، ޔާމީނުގެ ބާރު ކަނޑުވައި، ވެރިކަމުގެ ބާރުތައް ހޯދުމަށް އެތައް ސިހުރެއް ހަދާފައެވެ. މި ގޮތުން 40 ދުވަހާއި 40 ރޭ ވަންދެން ދިމްޔާތުގައި ކިޔެވެލި ކިޔެވަން ސިހުރު ވެރިއަކު އަންގައިގެން ސިހުރު ހަދާފައި ވެއެވެ.