ޚަބަރު

ނ. އަތޮޅު ކައުންސިލުއާއެކު މުއިއްޒު ބާވަން ހަމަ ޖެހިފައިވާ ބައްދަލުވުމުގައި ދަންނަވަން އަތޮޅު ކައުންސިލުގެ މެންބަރުންގެ މެޖޯރިޓީ ބޭނުންވި ބައެއް ކަންކަން, ޅޮހީ ބަޝީރު އިސްވެހުރެ އެޖެންޑާއިން ބޭރުކޮށްލައިފި!

ދިޔަވަރު
ނ. އަތޮޅު ކައުންސިލުއާއެކު މުއިއްޒު ބާވަން ހަމަ ޖެހިފައިވާ ބައްދަލުވުމުގައި ދަންނަވަން އަތޮޅު ކައުންސިލުގެ މެންބަރުންގެ މެޖޯރިޓީ ބޭނުންވި ބައެއް ކަންކަން, ޅޮހީ ބަޝީރު އިސްވެހުރެ އެޖެންޑާއިން ބޭރުކޮށްލައިފި!

‏ރައީސް މުއިއްޒު މިހާރު ރާއްޖޭގެ އުތުރު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި, ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު އަތޮޅު ކައުންސިލާއެކު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގެ އެޖެންޑާއިން, ނުފޫޒުގެ ބޭނުން ކޮށްގެން ބައެއް ކަންކަން އުނިކޮށްފައިވާކަަމަށް މައުލޫމާތު ލިބިއްޖެއެވެ.

އެގޮތުން ނ. އަތޮޅު ކައުންސިލުއާއި ރައީސްއާއި އެކު ބާވަން ހަމަ ޖެހިފައިވާ ބައްދަލުވުމުގައި ދަންނަވަން އަތޮޅު ކައުންސިލުގެ މެންބަރުންގެ މެޖޯރިޓީ ބޭނުންވި ބައެއް ޕޮއިންޓުތައް ޅޮހީ ބަޝީރު ވަނީ ނުބުނެވޭނެ ކަމަށް ބުނެ، އެޖެންޑާއިން ބޭރުކޮށްލަން ނިންމާފައިކަމަށް "ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ލިބިއްޖެއެވެ.

‏ރައީސް މުއިއްޒުއަށް ހުށަހެޅުމަށް އަތޮޅު ކައުންސިލިގެ މެންބަރުން ނިންމާފައިވާ ކަންކަމަކީ, “އަތޮޅު މިނިސްޓުރީ” އުވާލުމަށް އެދުމާއި، އަދި ރަށުކައުންސިލުންނާއި މިނިސްޓުރީތަކާއި ދެމެދަށް އިތުރު ބަޔަކު ނުވަންދުމެވެ.

‏“ތިޔަގޮތައް އެމިނިސްޓުރީއާއި ދޭތެރޭ ނުދެކޭ ކަމަށާއި އަދި އެޖެންޑާ ނުކުރާނަން. އަދި އެވެސް މީހަކު ދެެއްކިނަމަވެސް އެއީ ނ އަތޮޅު ކައުންސިލުގެ ވިސްނުން ނޫންކަމަށް ބުނާނަން“ ބަޝީރު މެންބަރުންނަން އަންގާފައިވާކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ފަރާތުން ބުނެފައި ވެއެވެ.