ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި މެދު ދޮގު ތުހުމަތެއް ޑެޕިއުޓީ މިނިސްޓަރ ޝިއުނާ އަނެއްކާވެސް ކޮށްފި

ދިޔަވަރު
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި މެދު ދޮގު ތުހުމަތެއް ޑެޕިއުޓީ މިނިސްޓަރ ޝިއުނާ އަނެއްކާވެސް ކޮށްފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި މެދު ދޮގު ތުހުމަތެއް ޝިއުނާ އަނެއްކާވެސް ކޮށްފިއެވެ. މި ގޮތުން އެމްޑީޕީއިން ނުކުޅުދުންތެރިކަން ހުންނަ ފަރާތްތައް ބޭނުން ކޮށްގެން ސިޔާސީ މަސައްކަތް ކުރާ ކަމަށް ބުނެ، ސިޔާސީ ކަންކަމަކީ ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުން ކޮށްގެން ނުވާނެ ކަމެއްކަމަށް ސިފަވާހެން މިއަދު ޝިއުނާ ވަނީ ޓްވީޓް ކޮށްފައެވެ.

މި ގޮތަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޑާމީސް ވާހެން، ޝިއުނާ ވާހަކަ ދައްކާފައިވާއިރު، ސިޔާސީ އެއްވެސް ކަމެއްގައި އެމްޑީޕީއިން ނުކުޅެދުންތެރިކަން ހުންނަ އެއްވެސް ފަރާތެއް ގަސްތުގައި ބައިވެރި ކޮށްފައި ނުވެއެވެ.

ސޯޝަލް މީޑިޔާގައި ކޮންމެ މީހަކަށްވެސް ލިބިފައިވާ ހައްޤެއްގެ ތެރެއިން، ސަރުކާރުން ކުރާ ކަންކަމާއި މެދު ފާޑު ކިޔުމުގައި، ނުކުޅެދޭ މީހެއް ނަމަ، އެމީހަކަށް އެފުރުޞަތު އޮވެގެން ނުވާނެ ކަމަށް ޝިއުނާ ދެކޭކަން އޭނާގެ ވާހަކައިން ސާފުވެއެވެ.

ޑެޕިއުޓީ މިނިސްޓަރ ޝިއުނާ ވަނީ ނުކުޅެދުންތެރިކަން ހުރި ފަރާތަކާއި މެދު، އެއީ ރާބޯ މީހެއް ކަމަށް ސިފަކޮށް ވެސް އެއްޗެހި ކިޔާފައެވެ. އަދި މިކަމާއި ގުޅިގެން ސަރުކާރާއި މެދު، ގިނަ ބަޔަކު ނުރުހުންވެ، އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހާއްސަކޮށް މުއިއްޒުގެ ސަރުކާރާއި މެދު ވަނީ ހިތްހަމަ ނުޖެހިފައެވެ.