ޚަބަރު

ރަށްރަށަށް ވަޑައިގެން ކައުންސިލް ތަކާއި ބައްދަލުކޮށް، "ކުރީ ސަރުކާރު" ކިޔާވަރުން ކައުންސިލް ތަކުން މުއިއްޒާއި މެދު ހިތްހަމަ ނުޖެހެން ފަށައިފި. ކައުންސިލަރުން ދަނީ މުއިއްޒުގެ ދޮގުތަކަށް ޖޯކު ޖަހަމުން!

ދިޔަވަރު
ރަށްރަށަށް ވަޑައިގެން ކައުންސިލް ތަކާއި ބައްދަލުކޮށް، "ކުރީ ސަރުކާރު" ކިޔާވަރުން ކައުންސިލް ތަކުން މުއިއްޒާއި މެދު ހިތްހަމަ ނުޖެހެން ފަށައިފި. ކައުންސިލަރުން ދަނީ މުއިއްޒުގެ ދޮގުތަކަށް ޖޯކު ޖަހަމުން!

ސަރުކާރު ޚަރަދު ކުޑަކުރުމަށް ސާކިއުލާއެއް ނެރުމަށްފަހު، ބޮޑެތި ވަފްދެއް ގޮވައިގެން މަޖިލިސް ކެމްޕެއިނަށް، މިވަގުތު ނ އަތޮޅަށް ވަޑައިގެން އުޅުއްވާ ރައީސް މުއިއްޒު، ކޮންމެ ރަށަކަށް ވަޑައިގެން ކަންކަން ނުވަނީ ކުރީ ސަރުކާރުން ކަމަށް ބުނެ، ވާހަކަ ގިނަ ކުރާތީ، ރަށްރަށުގެ ކައުންސިލް ތަކުން ހިތްހަމަ ނުޖެހުން ފާޅު ކޮށްފިއެވެ.

ތަފާތު ތޭރަ ރަށެއްގެ ރަށު ކައުންސިލް އާއި ދިޔަވަރާއި ދެމެދު ދެކެވިފައިވާ ވާހަކަ ތަކުން، ދިޔަވަރަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ޕްރޮޖެކްޓްތައް ހުއްޓިފައިވާތީ އެ ރަށް ރަށުން މުއިއްޒަށް ޝަކުވާ ހުށައަޅާފައިވެއެވެ. މި ޝަކުވާތަކާއި ގުޅިގެން، މުއިއްޒަށް ދެވޭނެ ރަނގަޅު ރައްދެއް ނެތިގެން، އެއީ ކުރީ ސަރުކާރުން ބަޖެޓް ހުސްކޮށްފައި ވާތީ ކަމަށް ބުނެ ކައުންސިލަރުން އަރިހު މުއިއްޒު ދަނީ ދޮގު ހަދަމުންނެވެ. ނަމަވެސް، ސަރުކާރުގެ ބަޖެޓް ޓްރާންސިޝަންގައި ހަދާފައިވަނީ މިހާރުގެ ފިނޭންސް މިނިސްޓަރ ބޭނުންފުޅުވާ ގޮތަށެވެ. އަދި އެ ބަޖެޓުގައި 1.5 ބިލިއަން ރުފިޔާ ޕްރޮޖެކްޓަތަކަށް ޚަރަދު ކުރުމަށް ހިމަނާފައިވެއެވެ. ނަމަވެސް މިނިސްޓަރުންގެ ގޮތުގައި އައްޔަންކޮށްފައިވާ ގިނަ އަދަދެއްގެ ސިޔާސީ ފަރާތްތަކުގެ ސަބަބުން، އެމީހުންގެ ޚަރަދުތައް މެނޭޖް ކުރުމަށް ސަރުކާރުން ދަނީ މިފައިސާ ބޭނުން ކުރަމުންނެވެ.

މީގެ އިތުރުން ކައުންސިލް ތަކާއި ބައްދަލު ކޮށް ތިމަންނަނާ ފައިސާ ޕްރިންޓް ކުރުން ހުއްޓާލި ކަމަށް ބުނެ އިތުރަށް ދޮގު ހަދާކަމަށް 13 ކައުންސިލް މެމްބަރެއް ދިޔަވަރު ނޫހަށް މައުލޫމާތު ދިނެވެ. މިއިން ކޮންމެ ކައުންސިލަރަކަށްވެސް، މުއިއްޒަށް ފައިސާ ޗާޕް ކުރެވެން ނެތްކަން އެނގެއެވެ. އަދި 2023 ވަނަ އަހަރު މަޖިލީހުން ވަނީ ފައިސާ ޗާޕް ކުރެވޭނީ މަޖިލީހުގެ ރުހުން ލިބިގެން ކަމަށް ކަނޑައަޅާ ބިލެއް ފާސް ކޮށްފައެވެ. އެހެން ކަމުން މުއިއްޒު ކިތަންމެ ބޭނުންވިޔަސް ފައިސާ ޗާޕް ކުރެވޭކަށް ނެތެވެ.

ކައުންސިލަރުން ދަނީ މުއިއްޒުގެ ދޮގު ތަކަށް ޖޯކު ޖަހަމުން ކަމަށާއި، ތިމަންނާ މެންނަކީ ގަމާރުންތަކެއް ކަމަށް މުއިއްޒު ހީކޮށްގެން އުޅެނީ ތޯ އެއް ކައުންސިލަރަކު ހިތްހަމަ ނުޖެހިގެން ދިޔަވަރު އަށް ފޭސްބުކް އިން ދައްކަމުން ދިޔަ ވާހަކާގައި ހާމަ ކުރިއެވެ.