ޚަބަރު

ބޮޑު ދޮގެއް ހަދަން ރޭވި ރޭވުން، ފަލީހަތް ވެ، އަތަށް ގޮވި ގޮތް މި އޮތީ!

ދިޔަވަރު
ބޮޑު ދޮގެއް ހަދަން ރޭވި ރޭވުން، ފަލީހަތް ވެ، އަތަށް ގޮވި ގޮތް މި އޮތީ!

އިންޑިޔާގެ އެތައް ހާސް ސިފައިންނެއް ރާއްޖޭގައި ތިބި ކަމަށް ބުނެ އެތައް ދޮގެއް ދިވެހި ރައްޔިތުންނަށް ހެދުމަށް ފަހު، އެއީ ނުކުރާ ކަމެއް ކަމަށް ދެއްކުމަށް ރާވައިގެން އެ ސުވާލު ކުރީ އަޒާނުގެ ކެމްޕެއިން ޓީމުގެ ފަރާތެކެވެ. އަޒާނުގެ ކެމްޕެއިން ޓީމުގައި މަސައްކަތް ކުރާ އަދި މިވަގުތު ބިސްނަސް ސެންޓަރ ކޯޕަރޭޝަން ގައި މުއައްޒަފެއްގެ ގޮތުގައި ހުރި، ޒަބީހު ނަމަކަށް ކިޔާ މި މީހާ އެ ސުވާލު ކުރީ، އަޒާން ބުނެގެން ރާވައިގެންނެވެ.

އެމީހުންގެ މަޤްޞަދަކަށް ވީ، ރާއްޖޭގައި އެތައް ހާސް އިންޑިޔާ ސިފައިންނެއް ތިބިކަމަށް އަޒާން ނުބުނާކަމަށް ވާހަކަ ބަދަލު ކޮށް، އަޒާންގެ ފަސްބައި އެކިލަނބުން ސަލާމަތް ކުރުމެވެ. އަނެއްކާވެސް ހަމަ ރައްޔިތުންނަށް ދޮގު ހަދައި އޮޅުވާލައިގެންނެވެ. ނަމަވެސް އެކަން ދިޔައީ ނާކާމިޔާބު ވެގެންނެވެ.

މިކަން މިގޮތަށް ކުރުމަށްޓަކައި، ދިޔަރެސް ގައި އޭނާ ކުރިން ލިޔެފައިވާ ލިޔުންތައް ބަދަލު ކުރިއެވެ. ނަމަވެސް، އިންޓަރނެޓް ވެބްސައިޓްތައް އާކައިވް ކުރާ ސައިޓްތަކުގައި އަސްލު ލިޔުން ފެންނަން ހުރުމުން، އަޒާން ރޭވި ގޮތަށް އެކަން އޮޅުވާ ނުލެވުނެވެ. އަދި ގިނަ ބަޔަކަށް އަސްލު ހަޤީގަތް ސާފުވެގެން ދިޔައެވެ. އިންޓަރނެޓްގައި ގިނަ އަދަދެއްގެ ބައެއް ތެދު ހާމަ ކުރުމަށް މަސައްކަތް ފެށީ އެއީ ފަރުދީ ޒިންމާއެއް ކަމަށް ދެކިގެންނެވެ.

ދެން ހުރީ އަޒާން ކޮށްފައިހުރި ޓްވީޓް ތަކެވެ. އޭގެ ސްކްރީން ޝޮޓްތައްވެސް މީހުން އަތުގައި ހުއްޓެވެ. އަދި ﷲ ގެ އިރާދަފުޅާއި އެކު އޭގެ ތެރެއިން ބައެއް ޓްވީޓްތައް ޑިލީޓް ކުރުމަށް އަަޒާން ހަނދާން ނެތުނެވެ. އެހެން ކަމުން އޭނާގެ އެ ދޮގު އެތައް ބަޔަކަށް ﷲގެ ރަޙްމަތުން ފަލީހަތް ވެގެން ދިޔައެވެ.

މުއިއްޒު ވެރިކަމަށް އައީ އަޒާނު ފަދަ ފަރާތްތައް ބޭނުން ކޮށްގެން، ދޮގު މައްޗަށް ދޮގު ހަދައި އޮޅުވާލައިގެންނެވެ. އަދި އޭނާގެ ދޮގުތައް ޤަބޫލު ކޮށް، ރާއްޖެ އިންޑިޔާގެ ބާރުގެ ދަށަށް ދާ ހިސާބަށް ކަންކަން ގޯސްވެފައި އޮތްކަމަށް މީހުންނަށް ވިސްނުނެވެ. އަދި ރާއްޖޭގެ މިނިވަން ކަމާއި އިސްތިޤްލާލަށް އެއިން އަސަރު ކުރާ ކަމަށް މީހުންނަށް ދެއްކި އިރު، ރާއްޖެއަށް އިންޑިޔާ ސިފައިންގެ ގޮތުގައި ތިބި ޕައިލެޓުން ގެނެސްފައިވަނީ، ނަޝީދުގެ ވެރިކަމުގައި އާއި، ޕީޕީއެމްގެ ވެރިކަމުގައި، މުއިއްޒު އިން ކެބިނެޓުން ފާސްކޮށްގެން މުއިއްޒުގެ ރުހުން ލިބިގެންނެވެ.