އިންޑިޔާ ސިފައިން ބޭރު ކުރުމުގެ ނަމުގައި ވެރިކަމަށް އައިސް، ލ އަތޮޅު ކައްދޫގައި ތިބި ދިވެހި ސިފައިން ކައްދޫއިން ބާލާފިއެވެ. ފެށުނީއްސުރެ، މިލިޓަރީ ބޭސް އެއް ގޮތުގައި އޮތް ލ. އަތޮޅު ކައްދޫ އެއަރޕޯޓް ދިވެހި ސިފައިންގެ އަތުން އަތުލައި، ސިފައިން އެތަނުން ބޭރު ކޮށްފައިވަނީ، ޗައިނާއާއި އެކު ސިއްރު މިލިޓަރީ ޕްރޮޖެއްކްޓެއް އެތާގައި ހިންގުމަށް ކަމަށް ދިޔަވަރަށް ވަނީ މައުލޫމާތު ލިބިފައެވެ.
ދިވެހި ސިފައިންގެ އަތުން ލ. ކައްދޫ އެއަރޕޯޓް ނަގައި، ރީޖަނަލް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ދަށަށް، އެ އަރޕޯޓް ގެނެސްފައި ވަނީ، އަބްދުއްރަހީމް ބޭނުންވާ ފަރާތްތަކަށް ވަޒީފާ ދިނުމުގެ ބޭނުމުގައެވެ. މީގެ ކުރިން ކައްދޫ އެއަރޕޯޓް ލިމިޓެޑްގެ ދަށުން މި އެއަރޕޯޓް ހިންގަމުން ދިޔައިރު، އެތާގެ ގިނަ އަދަދެއްގެ ވަޒީފާ ތަކުގައި ތިއްބެވީ ސިފައިންގެ ފަރާތްތަކެވެ. ސިފައިންގެ ފަރާތްތައް ވަޒީފާގައި ތިއްބާ، ސަރުކާރު ބޭނުންވާ ގޮތަށް ޗައިނާއާއި އެކު ހަދަން ބޭނުންވާ މިލިޓަރީ ޕްރޮޖެކްޓް ގެންދިއުމަކީ، ރަނގަޅު ކަމެއް ކަމަށް އަބްދުއްރަހީމަށް ނުފެންނާތީއާއި، އަދި އަބްދުއްރަހީމް ބޭނުންވާ ފަރާތްތަކަށް ވަޒީފާދީ، އެތަން ސަރުކާރުގެ ބާރުގެ ދަށަށް ގެންގޮސް، ދިވެހި ސިފައިން އެތަނުން ބޭރު ކުރުމަށް، ރީޖަނަލް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ދަށަށް އެތަން ގެނައުމަށް މުއިއްޒު ވަނީ މިހާރު އަންގާފައެވެ.
ކައްދޫ އެއަރޕޯޓްގައި ތިއްބެވި ބައެއް އެމްއެންޑީއެފް ބޭފުޅުންނަކީ، އެ ސަރަހައްދުގައި އާއިލާތައް ތިބި ފަރާތްތައް ކަމަށް ވާތީ، މި ގޮތަށް އެބޭފުޅުން އެތައް ޒަމާނެއް ވަންދެން ވަޒީފާތަކުގައި ތިބި ތަނަކުން އެބޭފުޅުން ދޫކޮށް ފޮނުވާލުމަކީ އެމްއެންޑީއެފްގެ ބޭފުޅުންގެ އިހްސާސްތަކަށް ބައްލަވައި ނުލާ ކޮށްފައިވާ ކަމެއް ކަމަށް އެދާއިރާއިން ދިޔަވަރު ނޫހަށް މައުލޫމާތު ދެއްވި ފަރާތުން ހާމަ ކުރެއެވެ.
ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަން ތަކަށާއި، އެމެޖެންސީ ގައި ހަރަކާތްތެރިވުމަށް، ލ ކައްދޫ އެއަރޕޯޓް މުހިންމު ވުމުން، އެތާގައި ސިފައިން ތިބުމަކީ މުޅި ރާއްޖޭގެ ސަލާމަތާށް މުހިންމު ކަމެކެވެ. މީގެ ކުރިން ސިފައިންގެ ބެލުމުގެ ދަށުގައި އެ އަރޕޯޓް އޮތީ ވެސް އެގޮތަށް ވިސްނައިގެން ކަމަށް ބެލެވެއެވެ.