ޚަބަރު

މުއިއްޒު ދަނީ ޤާނޫނީ އަސާސީ އާއި ޚިލާފުވަމުން، އަޒުލު ކުރުމުގެ މަޅި އަމިއްލަ އަށް މަހަމުން! ބިލް ތަސްތީޤް ނުކޮށް ހިނގާ ކޮންމެ ސިކޫންތަކީ، ޤާނޫނު އަސާސީއާއި ވާ ޚިލާފެއް!

ދިޔަވަރު
މުއިއްޒު ދަނީ ޤާނޫނީ އަސާސީ އާއި ޚިލާފުވަމުން، އަޒުލު ކުރުމުގެ މަޅި އަމިއްލަ އަށް މަހަމުން! ބިލް ތަސްތީޤް ނުކޮށް ހިނގާ ކޮންމެ ސިކޫންތަކީ، ޤާނޫނު އަސާސީއާއި ވާ ޚިލާފެއް!

އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރަން ލާޒިމްވާ ގޮތަށް ދެވަނަ ފަހަރަށް މިއަދު މަޖިލީހުން ފާސްކުރި ނަމަވެސް، އިންތިހާބު އަދިވެސް އޮންނާނީ 17 މާޗުގައި، ރޯދަ މަހު ކަމަށް، ވިދާޅުވެ، އިދިކޮޅު މަޖިލިސް މެމްބަރުންނަކީ 'އަޅުން'ގެ ގޮތުގައި ރައީސް މުހައްމަދު މުއިއްޒު މިއަދު ސިފަކުރެއްވި އިރު، އަމިއްލަ އަށް މި ޚިލާފު ވެވެނީ ޤާނޫނު އަސާސީ އާއި ކަމެއް މީނާއަކަށް ނޭނގެއެވެ.

މީނާ އަމިއްލަ އަށް ހޯދަމުން މިދަނީ އަޒުލު ކުރުމަށް، މަޖިލީހަށް ބޭނުންވާ ސަބަބުތައް ކަން މީނާއަށް ނޭނގެއެވެ. ދޫސްތީރީ ނިޒާމަށް، ގޮން ޖައްސަވައި، ޤާނޫނާއި، ޤާނޫނު އަސާސީ އާއި ޚިލާފުވެ، ބާރު ދެއްކުމަށް ގޮށް މުށް ދައްކަވާ ކޮންމެ ފަހަރަކު ތިމާމީހާ މި ފެތެނީ ޤާނޫނީ މަޅިއަކަށް ކަމެއް މީނާއަކަށް ނުވިސްނެއެވެ.

މިއަދު މަޖިލީހުގައި ވޯޓުލައި، އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރަން ލާޒިމްވާ ގޮތަށް ފާސް ކުރުމުން، މުއިއްޒު ވަނީ، ނ. ހޮޅުދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، "17 މާޗުގައި އޮންނަ އިންތިހާބުގައި، އެދުވަހު ލާ ވޯޓުގައި" އެމަނިކުފާނު ތަސައްވުރު ކުރައްވާ މުސްތަގުބަލް ހާސިލްކުރެވޭނެ ގޮތަށް ނިންމައިދިނުމަށް އެދިފައެވެ. ޤާނޫނަށް ބާރު ލިބޭހެން މަޖިލީހުން ނިންމާ ކަމެއްގެ މައްޗަށް އަމަލު ނުކޮށް ލަސް ކުރާ ކޮންމެ ސިކުންތަކީ، ޤާނޫނު އަސާސީއާއި ޚިލާފު ވަމުން މުއިއްޒު ދާ ވަގުތެކެވެ. މި ގޮތަށް އަމަލު ބެހެއްޓުމުން ދޭހަ ވަނީ ވެރިކަމަށް އޭނާ ތަސައްރަފު ނުފުދޭ ކަމެވެ.

ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ށ. ގައި ބުނަނީ، ރައްޔިތުންގެ މަޖިލީހަށް ރައީސް އަނބުރާ ފޮނުވާ ބިލެއް އެއްވެސް ބަދަލެއް ނުގެނެސް މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފި ނަމަ "އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާންވާނެ" ކަމަށެވެ.

މީގެ އިތުރުން، ސުޕްރީމް ކޯޓުން ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ރައީސް އަނބުރާ ފޮނުވާ ބިލެއް އެއްވެސް ބަދަލެއް ނުގެނެސް މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފި ނަމަ އަވަހަށް [ތަސްދީގު] ކުރާށެވެ.

މުއިއްޒު ވަނީ، ރައްޔިތުން މަޖިލީހުން ރުހުން ނުދިން ވަޒީރުން ވެސް އަލުން ވަޒީރުކަމަށް އައްޔަން ކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުން ރުހުން ނުލިބުނު ތިން ވަޒީރުން އަލުން އެ މަގާމަށް އައްޔަން ކުރުމަށް ނިންމި މައްސަލައިގައި އަލުން ވިސްނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހަށް ވަނީ ގަރާރެއް ހުށަހަޅާފައެވެ. އަދި މި ޤަރާރަށް ރިއާއަތް ނުކޮށް މުއިއްޒު އަމަލު ކުރުމަކީ އޭނާ އަޒުލު ކުރުމަށް ލިބިގެންދާ ބާރުވެރި ޤާނޫނީ ނުކުތާއެކެވެ.