ޚަރަދު ކުޑަ ކުރަން އަމުރުކޮށް ސާކިއުލާ ނެރެ, ސަރުކާރުގެ އެއްވެސް އޮފީހަކުން އެއްވެސް އާ ވަޒީފާއެއް ނުދޭން އެންގުމަށްފަހު, މިއަދު އެކަނިވެސް, މަޖިލިސް އިންތިޚާބަށް އަމާޒުކޮށް ވަށަފަރު ފެނަކައިން 11 މީހަކަށް މުއިއްޒު ވަޒީފާ ދީފިއެވެ.
ވަށަފަރު ފެނަކައިން މިއަދު ވަޒީފާ ދިން މީހުންގެ ލިސްޓު:
- އާއިޝަތު ސައީދާ - އެޑްމިނިސްޓްރޭޓިވް އޮފިސަރ
- އާދަމް ނާއިލް ޝަރީފް - އެޑްމިނިސްޓްރޭޓިވް އޮފިސަރ
- މުހައްމަދު ފައުޒާން ފައިސަލް - އެޑްމިނިސްޓްރޭޓިވް އޮފިސަރ
- އަބުދުލް ވައްޙާބު މުހައްމަދު - ޓެކްނީޝަން
- މުހައްމަދު ސިމާޒު - ޓެކްނީޝަން
- މުހައްމަދު ޙަލީމް - ޓެކްނީޝަން
- މުހައްމަދު މައިޝާން މޫސާ - ޓެކްނީޝަން/ޔުޓިލިޓީ ސާވިސް/ސްވަރޭޖް
- ހުސައިން ޒަކީ - އެސިސްޓަންޓް އިންޖިނިއަރ
- އަހުމަދު ޝާކިރު - ސެކިއުރިޓީ ގާރޑް
- ހައްވާ ސުލްޡާނާ - ލޭބަރ
- ނިޝާދު އަދުނާން - ޓެކްނީޝަން/ޔުޓިލިޓީ ސާވިސް/ސްވަރޭޖް
މިއަދު ވަށަފަރު ފެނަކައިން 11 މީހަކަށް ވަޒީފާ ދިންއިރު, ބެލެވޭގޮތުގައި ވަށަފަރު ދާއިރާގެ މަޖިލިސް ޕީއެންސީއަށް ގެއްލިދާނެކަމުގެ ބިރު މުއިއްޒުއަށް ވަނީ ހީވެފައެވެ.
ވެރިކަމަށް ވަޑައިގަންނަވަން ކެމްޕޭން ކުރައްވަމުން ޑރ. މުއިއްޒު ވިދާޅުވެފައިވަނީ, ކުންފުނިތަކުގައި މަސައްކަތް ކުރަމުންދާ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރާނެ ކަމުގައެވެ. އަދި ސިޔާސީ ގޮތުން އެއްވެސް މުވައްޒަފަކަށް އަނިޔާއެއް ނުދޭނެކަމަށްވެސް މުއިއްޒު ވަނީ ވައުދު ވެފައެވެ.
އެހެންނަމަވެސް ބަރަކާތްތެރި ރޯދަމަސް ކުރިޔަށް އޮށްވާ ރައީސް މުއިއްޒުގެ އެންގެވުމަށް ފެނަކައިން ވަނީ އެކުންފުނީގެ އެތައް ސަތޭކަ މުވައްފުންނެއް ވަޒީފާއިން ވަކިކޮށް, އެ މުވަޒަފުން މަގުމަތިކޮށް ހާލުގައި ޖައްސާފައެވެ. އަދި ކުންފުނިތަކުގެ މުވައްޒަފުންގެ ތެެރެއިން, ޕީއެންސީގެ މަޖިލިސް ކެމްޕޭނަށް ތާއީދު ނުކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ބިރު އެކުންފުނިން ދަނީ ދައްކަމުންނެވެ.
އޭގެ އިތުރުން މިހާރު މުއިއްޒު އަންގަވައިގެން ފިނޭންސް މިނިސްޓްރީން ވަނީ އެއްވެސް އާ ވަޒީފާއެއް ސަރުކާރުގެ އެއްވެސް އޮފީހަކަށް ނުނެގުމަށާއި މުވައްޒަފުންގެ މުސާރައަށްވެސް ކުރިއެރުން ނުގެނައުމަށް އަންގާފައެވެ.
ސަރުކާރުގެ އެއްވެސް އޮފީހަކަށް އާ އެއްވެސް މުވައްޒަފަކު ނުނެގުމަށް އެންގުމަށްފަހު މުއިއްޒު ގެންދަވަނީ ސިޔާސީ މަގާމްތަކަށް އެއްވެސް ހިފެހެއްޓުމެއް ނެތި މީހުން އައްޔަން ކުރައްވަމުންނެވެ.