4 މިލިއަން ރުފިޔާ މުއިއްޒު އަތުން ރިޝްވަތުގެ ގޮތުގައި ނަގައި، އިންތިހާބު ފަސް ކުރާ ބިލަށް، އެމްޑީޕީއާއި ދެކޮޅަށް އަބްދުﷲ ސަނީފް (ސަންނަ) ހުންނަވައި ވޯޓަށް އެހުމަށް ތައްޔާރުވުމުން، މަޖިލީހުން ވޯޓަށް ސަނީފް ވަނީ ފިލާފައެވެ. ސަންނަ އަކީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާ މަޖިލީހުގައި ތަމްސީލް ކުރަމުންދާ މެމްބަރެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހުން ބާއްވަންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ބިލު, އިތުރު ބަދަލެއް ނުގެނެސް އެ ބިލު މަޖިލީހުން އަނެއްކާވެސް ފާސްކުރުމަށް، 47 މެންބަރުންގެ ވޯޓު ދެއްވިއެވެ. ބިލު ފާސްނުކުރަން ވޯޓުދިނީ 14 މެންބަރުންނެވެ.
ދިޔަވަރަށް މައުލޫމާތު ލިބޭ ގޮތުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަންނަ އަށް އޭނާގެ ދާއިރާގައި ތާޢީދެއް ނެތުމުން ވަނީ ކުރިމަތި ނުލުމަށް ނިންމާފައެވެ.
މުއިއްޒާއި އެކު ސަނީފް (ސަންނަ) ހަދާފައިވާ ރިޝްވަތުގެ ޑީލްގެ ތެރޭގައި، ތިނަދޫ ދެކުނު ދާއިރާއަށް އެމްޑީޕީގެ ވޯޓު ބައިބައި ވާހެން ކެނޑިޑޭޓެއް ނެރުން ހިމެނޭ ކަމަށް ވެއެވެ. މި ފަދައިން ސަންނަ އަޑީގައި ހުރެގެން، އެމްޑީޕީއާއި ދެކޮޅަށް ތިނަދޫ ދެކުނު ދާއިރާއަށް ކެނޑިޑޭޓެއް ނެރެފައިވީ ނަމަވެސް އެއީ ކޮން ކެނޑިޑޭޓެއް ކަން ދިޔަވަރު ނޫހަށް ވަނީ ސާފު ނުވެފައެވެ.
މި 4 މިލިއަން ރުފިޔާގެ އިތުރަށް ސަންނަގެ ނުފޫޒު ހުންނަ ކުންފުނިތަކަށް ލިބެންހުރި ފައިސާ ތައް ލިބޭނެ ކަމުގެ ޔަގީން ކަންވެސް މުއިއްޒަށް ވަނީ ދީފައެވެ. މީގެ އިތުރުން ސަންނަގެ އާއިލާ އާއި ދަންނަ 8 ފަރާތަކަށް ފްލެޓް ދޭނެ ކަމަށް މުއިއްޒު ހުށައަޅާފައިވާ ޑީލްގައި ވެއެވެ. މުއިއްޒު ދަނީ ފްލެޓް ލިސްޓު އޭނާ ބޭނުންވާ ބަޔަކަށް ދިނުމަށް ބަދަލު ގެންނަމުންނެވެ.
ސަންނަގެ އިތުރުން އެމްޑީޕީ އާއި އެއްކޮޅަށް ވޯޓު ނުލައި، ފިލާފައި ވަނީ ފުވައްމުލަށް ދެކުނު ދާއިރާ މެމްބަރު މުހައްމަދު ރަޝީދު (ދޮމްބެ)، އާއި، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު، ޖަމްޝީދުވެސް ވަނީ އެމްޑީޕީގެ ނިންމުމާއި ޚިލާފު ވެފައެވެ. އާންމުން ދަނީ ވޯޓުން ފިލި މަޖިލިސް މެމްބަރުންނާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ. މި ދެ މެމްބަރުން މުއިއްޒާއި އެކު ހަދާފައިވާ ރިޝްވަތުގެ ޑީލްގެ މައުލޫމާތު ޔަގީން ކުރުމަށް ފަހު، މި ނޫހުން ގެންނާނެ ވާހަކަ ދަންނަވަމެވެ.