މަހުޖަނު ނަހުލާ، ރައްޔިތުންގެ ހައްޤުގައި މަޖިލީހުގެ ހުޅުމާލެ ދާއިރާއަކަށް ނުކުންނަ ސަބަބު ބަޔާން ކޮށް ހަދާފައިވާ ވީޑިޔޯނެގުމަށް، ތުރުކުރެއްވި ފޭރާމުގެ އަގަށް 540,000 ދިވެހި ރުފިޔާ އަރާކަން ފަޅާ އަރާފިއެވެ.
ނަމެއްގައި އިނދެގެން އުޅޭ ޝުގަޑޭޑީ ޤާސިމް އާއި މި ދެމީހުންގެ ކައިވެންޏަކީ ފައިސާގެ ޓްރާންސެކްޝަންއެކެވެ. ފިރިމީހާއަށް މީނަގެ ކިބައިން ވަފާތެރިކަމެއް ނެތްތާގައި، ވަގު ބިޓުން ގެއަށް ވެއްދުމާއި، ބޭރު ޤައުމުތަކަށް ގޮސް އެކި ފިރިހެނުންނާއި އެކު ނަހުލާ އުޅޭ އުޅުން ދިވެހި ހުރިހާ ރައްޔިތުންނަށް އެނގެއެވެ.
އަމިއްލަ ޖާހާ މުއްސަނދިކަމުގެ ދަހިވެތިކަމުގައި، ރައްޔިތުން މަޖިލީހަށް ކުރިމަތި ލާފައިވަނީ، މުއިއްޒުގެ ސަރުކާރުން މިނިސްޓަރު ކަމެއް ނުލިބިގެންނެވެ. ތައުލީމެއް އުޅުމެއް އަހްލާގެއް ނެތި، ފިރިމީހާގެ ގޮށް މުށުގެ ބާރު އިބޫގެ ސަރުކާރުގެ މައްޗަށް ދައްކައިގެން މިނިސްޓަރު ކަމުގައި ހުރެ، އެންމެ ނާގާބިލް މިނިސްޓަރެއްގެ ލަގަބު މީނާއަށް ހައްޤުވެގެން ފަސް އަހަރުގެ ދައުރެއް ނިންމާލީ ދިވެހި ރައްޔިތުންނަށް މީނާގެ މިނިސްޓަރު ކަމުގައި އެތައް ދައްޗެއް ކުރިމަތި ކޮށްފައެވެ.
މީނާ ރައްޔިތުންނާއި ހަމައަށް ވާސިލް ވުމަށް ހެދި ވީޑިޔޯގައި އަޅައިގެން އިން ގަޑިއަކީ ހަބްލޮޓް ބްރޭންޑްގެ 22،000 ޑޮލަރުގެ ގަޑިއެކެވެ. އަތުގައި އޮތް ތަނޑި އަކީ 7350 ޑޮލަރުގެ ކާރޓިއޭ ބްރޭންޑްގެ ރަން ތަނޑިއެކެވެ. ބުރުގާގައި ޖަހާފައިވާ ގޮފި ކޮޅަށް އެކަނި ވެސް 550 ޑޮލަރު އަޅައެވެ. މިއީ ޖުމްލަ 540,000 ރުފިޔާގެ ފޭރާމެވެ. ލައިގެން އިން ހެދުމާއި ބުރުގައާއި އިތުރަށް ތުރުކުރައްވައިގެން އިންނެވި އެއްޗެހީގެ އަގެއް ނޭނގެއެވެ. ހަމަ ޔަގީނުންވެސް ބައިލައްކަ އެއަށްވެސް އަރާނެއެވެ.
ފަޢިތުވި އެމްޑީޕީ ވެރިކަމުގައި އެންމެ ބޮޑު ފައިދާއެއް ވީ ފަރާތަކީ މަހުޖަނު ޤާސިމާއި އޭނާގެ ނަހުލާއެވެ. ނަމަވެސް ދެމީހުން ހިތް ނުފުރި ރައީސް ސޯލިހް އާއި ދެކޮޅަށް ޖަލްސާ ބާއްވައި ހީ މަލާމާތް ކޮށް ހެދިއެވެ. މިއީ އިނދިކޮޅުގައި އޭރު ތިބި މީހުންވެސް އަޖާބުވެ އަންތަރީސް ވި ކަމެކެވެ. މިއީ އެހާ އަމިއްލަ އެދުން ބޮޑު ބައެކެވެ. އެންމެ ފަހުން އުމަރު ނަސީރަށް ވުރެ ދަށުން، ވޯޓުން ބަލިވެގެން މަހުޖަނު ޤާސިމްގެ ހަޔާތުގައި ސިޔާސީ ސިއްކަ ޖަހަން ރައްޔިތުން ވޯޓުން ގޮވާލިއެވެ. ނަމަވެސް ރައްޔިތުންގެ އަޑު މި މަހުޖަނު ދެމަފިރިންނަށް އަދިވެސް ނީވެއެވެ. ރައްޔިތުންގެ އަޑު އަނެއްކާވެސް އިއްވަން މި ލިބުނީ ރަނުގެ ފުރުޞަތެކެވެ.