ޚަބަރު

ޚާރިޖީ ސިޔާސަތު ގޯސްވެ، ސަރުކާރުގެ ނާގާބިލު ކަމުން، އެމްއެމްޕީއާރުސީ އިން ބާލިން ފެއަރ އަށް ދިޔަ، ބޭންޑާއި، ނޫސްވެރިން، ޖުމްލަ 14 މީހަކު ޖަރުމަނަށް ނުވައްދައި އެނބުރި ރާއްޖެއަށް ޑީޕޯޓް ކޮށްލައިފި

ދިޔަވަރު
ޚާރިޖީ ސިޔާސަތު ގޯސްވެ، ސަރުކާރުގެ ނާގާބިލު ކަމުން، އެމްއެމްޕީއާރުސީ އިން ބާލިން ފެއަރ އަށް ދިޔަ، ބޭންޑާއި، ނޫސްވެރިން، ޖުމްލަ 14 މީހަކު ޖަރުމަނަށް ނުވައްދައި އެނބުރި ރާއްޖެއަށް ޑީޕޯޓް ކޮށްލައިފި

އެމްއެމްޕީއާރުސީ އިން ބާލިން ފެއަރ އަށް ގެންދިޔަ، ބޭންޑާއި، ނޫސްވެރިން ތަކެއް ޖަރުމަނަށް ނުވައްދައި އެނބުރި ރާއްޖެ ދިޔުމަށް އަންގައިފިއެވެ. ޗަރުމަނުގައި އޮތް އައިޓީބީ ފެއަރ ގައި ރާއްޖޭގެ ސްޓޯލްގައި މުނިފޫހި ފިލުމުގެ ހަރަކާތްތައް ގެނެސް ދިނުމަށް، ރިޝްވަތުގެ ތެރެއިން ނެގި ބޭންޑް އަކުއަޓިކް ވައިބްގެ ބައިވެރިންނާއި، ބައެއް ނޫސް ވެރިންތަކެއް ހިމެނޭހެން 14 މީހަކަށް ވަނީ ޖަރުމަނަށް ވަދެވޭ ގޮތް ނުވެފައެވެ.

ދައުލަތުން ޚަރަދުކޮށް ޓިކެޓާއި، ވިސާއި، ހޮޓެލް އާއި، ހުރުމުގެ ޚަރަދަށް އެތައް މިލިއަނެއް އެމްއެމްޕީއާރުސީ އިން ޚަރަދު ކުރުމަށް ފަހު އެމީހުންނަށް ޖަރުމަނަށް ނުވަދެވުނީ ނަގާފައިވާ ޝެންގަން ވިސާގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ. މައުލޫމާތު ލިބޭ ގޮތުގައި ވިސާ ނަގާފައި ވަނީ ފްރާންސް އެމްބަސީ މެދުވެރި ކޮށެވެ. ފްރާންސް އެމްބަސީ މެދުވެރިކޮށް ވިސާ ނެގި ކަމުގައި ވީ ނަމަވެސް، ދަތުރުގައި މަޑު ކުރާ ޔޫރަޕްގެ ޤައުމުތަކުގެ ތެރޭގައި ފްރާންސް ނުހިމެނޭ ނަމަ، ނުވެއްދުމަކީ އެކަށީގެން ވާ ކަމެކެވެ. ނަމަވެސް ސަރުކާރުތަކުގެ މެދުގައި އެކުވެރިކަމާއި އެއްބާރުންލުން އޮންނަ ނަމަ، މިކަހަލަ ހާލަތްތަކުގައި އިމިގްރޭޝަނުން ރަނގަޅު ގޮތެއް ހެދުމަކީ އެކަށީގެންވާ ކަމެކެވެ.

ޔޫރަޕޫން 14 ދިވެއްސަކު ރާއްޖެއަށް ޑީޕޯޓް ކޮށްލާފައި ވުމުން، ކުރިއަށް އޮތްތަނުގައި އެމީހުންނަށް ޝެންގަން ވިސާ ހޯދަން ދަތިވާނެއެވެ. ނަމަވެސް، އެމްއެމްޕީއާރުސީ އިން ބައްސާމް ކިޔާ މީހެއް ގުޅައި، ވަރަށް ބޮޑަށް ސޮރީއޭ، ދެން އޮންނަ ދަތުރެއްގައި ބައިވެރި ކޮށްދޭނެ ކަމަށް ބުނެފައިވާ ކަމަށް ޑީޕޯޓް ކޮށްލާފައިވާ ދަތުރުގެ ބައިވެރިއަކު ކިޔައި ދިނެވެ.