އެއާ އެމްބިއުލޭންސްގެ ފުރަތަމަ ޕޭޝަންޓު ބަލައި ފުވައްމުލަކަށް ފުރަނީ ކަމަށް ބުނެ ސަރުކާރުން ހެދީ ރޯ ބުހުތާނު ދޮގު ކަން ފަޅާ އަރައިފިއެވެ. ފުވައްމުލަކަށް ބަލި މީހާ ބަލާ ގޮސްފައިވަނީ އާދައިގެ ބޯޓެކެވެ.
ރައީސް އޮފީހުން މައުލޫމާތު ދީގެން، ނޫސްތަކުގައި 1 މާރޗް 2024 ވަނަ ދުވަހު ހަވީރު ލިޔެފައިވާ ގޮތުގައި އެއާ އެމްބިއުލާންސް ފުވައްމުލަކަށް ފުރަނީ ސްޓްރޯކެއް ޖެހި ހާލު ބޮޑުވި އުމުރުން ދުވަސްވީ އަންހެނަކު ބަލަ އެވެ. އެއާ އެމްބިއުލާންސްގެ ފުރަތަމަ ދަތުރުގައި ބައިވެރިވާ ޑޮކްޓަރުންނާއި ނަރުހުން މިހާރު ވަނީ އެއާޕޯޓަށް ފުރަން ގޮސްފައި ކަމުގައިވެސް ރިޕޯޓް ކޮށްފައި ވެއެވެ.
ނަމަވެސް މިއަދުގެ ވަގުތެއްގައި ވަނީ، އިންޑިޔާއަށް ފުރަން މުއިއްޒުގެ ސަރުކާރުން ފުރުޞަތު ނުދީ ކުޑަ ކުޑަ ތުއްތު ކުއްޖަކު މަރާލާފައެވެ. ގިނަ ބަޔަކު ދަނީ އެކުއްޖާ މި އެއަރ އެމްބިއުލާންސްގައި އިންޑިޔާއަށް އެމަޖެންސީގައި ގެންގޮސްފައި ނުވާ ސަބަބެއް އޮޅުން ފިލުވުމަށް ސުވާލު ކޮށްފައެވެ.
ސޯޝަލް މީޑިޔާގައި ލީކްވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ފުވައްމުލަކަށް ޖެއްސީ މޯލްޑިވިއަންގެ އާދައިގެ ފްލައިޓެކެވެ. ސަރުކާރުން ދަނީ ރައްޔިތުންނަށް ގިނަ ކަންކަމުގައި ދޮގު ހަދައި އޮޅުވާލަމުންނެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެއަރ އެމްބިއުލާންސެއް ނިމިފައިވާކަމަށް ދައްކަން މުއިއްޒު ޓްވީޓް ކުރީ، ބާ ދަނގަޑަށް ވެފައިވާ ފްލައިޓެއްގެ ބޭރުގައި ދަވާދު ކޮޅެއް ހޭކުމަށްފަހު، ރައްޔިތުންނަށް އޮޅުވާލުމަށެވެ. އެތެރޭގައި ކުރަންހުރި ތައްޔާރީތައް ނިމިފައިވާ ކަމަކަށް ނުބެލެއެވެ.
މުއިއްޒުގެ ނާޤާބިލު ސަރުކާރު ގާބިލު ކަމަށް ދައްކަން ސަރުކާރު ހުރިހާ މުއައްޒަފުން ލައްވާ ފޭކް ފްލައިޓެއްގެ ފޮޓޯތަކެއް ޓްވީޓްކޮށް ޖައްސަން އުޅުނު، ސްޓަންޓް އަތަށް ގޮވައި، ބަދަލުގައި މީހުންގެ ނުރުހުމާއި ނަފްރަތު މުއިއްޒަށް ދަނީ އިތުރުވަމުންނެވެ. މުއިއްޒުގެ ދޮގުވެރި ކަމުން، ކައްޒާބުގެ ނަމުން މުއިއްޒަށް މިހާރު ދަނީ އެކި ރަށްރަށުން މުހާތަބު ކުރަމުންނެވެ.
