ޚަބަރު

ރައީސް މުއިއްޒުގެ ނިންމެވުން ބޮލާލާ ޖަހާ, އެމްއެމްޕީއާރުސީގެ އެމްޑީއާއި ޑީއެމްޑީ ބިޒްނަސް ކުލާހުގައި ދަތުރު ކުރެއްވުމަށް ޚާއްސަ ހުއްދައެއް! ފާއިތުވި އެއްމަސް ދުވަހުގެ ތެރޭގައި ދެބޭފުޅުން ވަނީ ޔޫރަޕްގެ ހުރިހާ ގައުމަކަށް ދަތުރު ކޮށްފަ!

ދިޔަވަރު
ރައީސް މުއިއްޒުގެ ނިންމެވުން ބޮލާލާ ޖަހާ, އެމްއެމްޕީއާރުސީގެ އެމްޑީއާއި ޑީއެމްޑީ ބިޒްނަސް ކުލާހުގައި ދަތުރު ކުރެއްވުމަށް ޚާއްސަ ހުއްދައެއް! ފާއިތުވި އެއްމަސް ދުވަހުގެ ތެރޭގައި ދެބޭފުޅުން ވަނީ ޔޫރަޕްގެ ހުރިހާ ގައުމަކަށް ދަތުރު ކޮށްފަ!

ރައީސްއާއި ނާއިބު ރައީސް ފަސްޓު ކުލާހުގައި ދަތުރު ނުކުރެއްވުމަށާއި, އަދި ސަރުކާރުގެ ހުރިހާ އިސް އޮފިޝަލުންވެސް އިކޮނޮމީ ކުލާހުގައި ދަތުރު ކުރެއްވުމަށް ރައީސް މުއިއްޒު ނިންމަވާފައި ނިންމެވުން ބޮލާލާ ޖެހުމަށްފަހު, އެމްއެމްޕީއާރުސީގެ އެމްޑީ ފާތިމަތު ތައުފީގުއާއި ޑެޕިއުޓީ އެމްޑީގެ މަގާމުގައި ހުންނެވި ބައްސާމް އާދަމް ބިޒްނަސް ކުލާހުގައި ދަތުރުކުރުމަށް ޕްރައިވެޓައިޒޭބަން އެންޑްނކޯޕަރަޓަައިޒޭޝަން ބޯޑުން ޚާއްސަ ހުއްދައެއް ދީފިއެވެ.

ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު, ތުރުކީއަށާއި އެމިރޭޓްސްއަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި ވަޑައިގެން އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ފާއިތުވި ޑިސެމްބަރުމަހުގެ 3 ވަނަ ދުވަހު ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނާއި ނާއިބު ރައީސްގެ ދަތުރުފުޅުތަކުގެ މަޤުޞަދަކީ ދައުލަތުގެ ފައިސާއިން ޚަރަދުކުރެއްވުން ނޫންކަމަށެވެ. ނަމަވެސް އެމަނިކުފާނާ ނާއިބު ރައީސްގެ ދަތުރުފުޅުތަކުގެ މަޤުޞަދަކީ ރައްޔިތުންނަށް ރަނގަޅު ނަފާވަނިވި ކަންތައްތަކެއް ހާސިލުކުރުން ކަމުގައި ރައީސް ވިދާޅުވިއެވެ.

އަޅުގަނޑު ބޭނުމެއް ނޫން ފަސްޓު ކުލާހުގައި ދަތުރުކުރާކަށް. ބިޒްނަސް ކުލާހަށްވުރެ މައްޗަށް ދާކަށް ބޭނުމެއް ނޫން. ނައިބުރައީސްވެސް ބޭނުމެއް ނޫން.

ފާއިތުވި ޑިސެމްބަރުމަހުގެ 3 ވަނަ ދުވަހު ވެލާނާ އިންޓަރނޭބަނަލް އެއަރޕޯޓުގައި ނޫސްވެރިނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއްޒު ވިދާޅުވެފައިވަނީ ސަރުކާރުގެ އޮފިޝަލުންވެސް ފަސްޓު ކުލާހުގައާއި ބިޒްނަސް ކުލާހުގަ ދަތުރު ނުކުރައްވާނެ ކަމުގައެވެ.

އަދި ރައީސް މުއިއްޒުގެ މި ނިންމެވުމަށް އިހުތިރާމްކުރުމުގެ ގޮތުން, ޗައިނާއަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުގައި ސަރުކާރުގެ ވަޒީރުންވެސް ދަތުރު ކުރައްވާފައިވަނީ އިކޮނޮމީ ކުލާހުގައެވެ. އެކަން ޔަގީން ކޮށްދިނުމުގެ ގޮތުން އެ ދަތުރުގައި ބައިވެރިވި ރައީސް އޮފީހުގެ މިނިސްޓަރ ޚަލީލްވަނީ ދައުލަތުގެ ވަޒީރުން އިކޮނޮމީ ކުލާހުގައި ދަތުރުކުރެއްވި ވީޑިއޯވެސް އާންމު ކޮށްފައެވެ.

އެހެންނަމަވެސް, ރައީސް މުއިއްޒުގެ މި ނިންމެވުން ބޮލާލާ ޖެހުމަށްފަހު, އެމްއެމްޕީއާރުސީއިން ވަނީ ބިޒްނަސް ކުލާހުގައި އެ ކުންފުނީގެ އެމްޑީއާއި ޑެޕިއުޓީ އެމްޑީ ދަތުރުކުރުމުގެ ހުއްދައަށް އެދި ޚާއްސަ ސިޓީއެއް ޕީސީބީއަށް ލިޔެފައެވެ. އެސިޓީގެ ޖަވާބު ދެއްވަމުން ޕީސީބީން ފޮނުވި ސިޓީގައި ވަނީ އެމްއެމްޕީއާރުސީގެ އެމްޑީއާއި ޑެޕިއުޓީ އެމްޑީގެ ޓިކެޓް ބިޒްނަސް ކުލާހުން ނެގުމުގެ ހުއްދޭ ކަމަށް ވިދާޅުވެފައެވެ.

އެމްއެމްޕީއާރުސީގެ އެމްޑީއާއި ޑީއެމްޑީއަށް ބިޒްނަސް ކުލާހުގައި ދަތުރުކުރުމަށް ހުއްދަ ދިން ސިޓީ

އެމްއެމްޕީއާރުސީއަކީ ރާއްޖެ އިސްތިހާރު ކުރުމުގެ ނަމުގައި ބޭކާރު އެތައް ޚަރަދެއް ކުރަމުންދާ ކުންފުންޏެކެވެ. އެކުންފުނީގެ އެމްޑީއާއި ޑީއެމްޑީވަނީ ފާއިތުވި 1 މަސްދުވަހުގެ ތެރޭގައި ޔޫރަޕްގެ ހުރިހާ ގައުމަކަށް ދަތުރު ކޮށްފައެވެ. އެހެންނަމަވެސް ޔޫރަޕުން ރާއްޖެ އަންނަމުންދާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން ނުދާކަން ފާހަގަ ކޮށްލެވެއެވެ.

އޭގެ އިތުރުން އެމްއެމްޕީއާރުސީ އިން ބާލިން ފެއަރ އަށް ގެންދިޔަ، ބޭންޑާއި، ނޫސްވެރިން ތަކެއް ޖަރުމަނަށް ނުވައްދައި އެނބުރި ރާއްޖެ ދިޔުމަށް އަންގާފައި ވެއެވެ. ޗަރުމަނުގައި އޮތް އައިޓީބީ ފެއަރ ގައި ރާއްޖޭގެ ސްޓޯލްގައި މުނިފޫހި ފިލުމުގެ ހަރަކާތްތައް ގެނެސް ދިނުމަށް، ރިޝްވަތުގެ ތެރެއިން ނެގި ބޭންޑް އަކުއަޓިކް ވައިބްގެ ބައިވެރިންނާއި، ބައެއް ނޫސް ވެރިންތަކެއް ހިމެނޭހެން 14 މީހަކަށް ވަނީ ޖަރުމަނަށް ވަދެވޭ ގޮތް ނުވިއެވެ.