ޚަބަރު

ރަސްމީ ދަތުރު ކަމަށް ބުނެ ދޮގު ހަދައިގެން ރަށްރަށަށް އައިސް، ސަރުކާރު ވަސީލަތްތައް ބޭނުން ކޮށް، މަޖިލިސް އިންތިހާބަށް މުއިއްޒު ކެމްޕެއިން ކުރާތީ ކެދިކުޅުދޫ ކައުންސިލުން ނުރުހުން ފާޅުކޮށް ބަޔާނެއް ނެރެފި

ދިޔަވަރު
ރަސްމީ ދަތުރު ކަމަށް ބުނެ ދޮގު ހަދައިގެން ރަށްރަށަށް އައިސް، ސަރުކާރު ވަސީލަތްތައް ބޭނުން ކޮށް، މަޖިލިސް އިންތިހާބަށް މުއިއްޒު ކެމްޕެއިން ކުރާތީ ކެދިކުޅުދޫ ކައުންސިލުން ނުރުހުން ފާޅުކޮށް ބަޔާނެއް ނެރެފި

ރަސްމީ ދަތުރު ކަމަށް ބުނެ ދޮގު ހަދައިގެން ރަށްރަށަށް އައިސް، ސަރުކާރު ވަސީލަތްތައް ބޭނުން ކޮށް، މަޖިލިސް އިންތިހާބަށް މުއިއްޒު ކެމްޕެއިން ކުރާތީ ކެދިކުޅުދޫ ކައުންސިލުން ނުރުހުން ފާޅުކޮށް ބަޔާނެއް ނެރެފިއެވެ.

މި ބަޔާނުގައި ވާ ގޮތުގައި، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން އަންގަވައިގެން ދައުލަތުގެ މުދަލާއި ތަކެތި އަދި ހަރަދުކޮށް ރައީސް ވަޑައިގަތުމަށް ތައްޔާރީތައް ވުމަށްފަހު، ރައްޔިތުންނާއި ބައްދަލު ކުރުމަށް ތައުލަތުގެ ޚަރަދުން ރަސްމިއްޔާތު ބާއްވައި ދީފައި ވާކަމަށާއި، ނަމަވެސް އެ ރަސްމިއްޔާތުގެ މިސްރާބު ބަދަލުވެ، ސިޔާސީ ޕޯޑިއަމަކަށް ރަސްމީ ޕޯޑިއަމް ބަދަލުވެފައި ވާކަމަށް އެ ބަޔާނުގައި ވެއެވެ. އަދި މުއިއްޒު އާއި އޭނާގެ ކެބިނެޓުގެ މެމްބަރުންގެ ވާހަކަ ހުރީ 2024 ގެ މަޖިލިސް އިންތިހާބަށް މުއިއްޒު ނެރޭ ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް ދައްކާ ވާހަކަތައް ގޮތުގައި ކަމަށް އެ ބަޔާނުގައި ވެއެވެ.

އަދި މި ގޮތަށް އިންތިހާބަށް ކެމްޕެއިން ކުރުމަށްޓަކައި، ސަރުކާރުގެ އިދާރާތަކާއި، ކައުންސިލްތައް ބޭނުން ކުރުމަކީ އިންތިހާބާއި ބެހޭ ޤާނޫނުގެ 19 ވަނަ ނަމްބަރުގައި މަނާ ކޮށްފައިވާ ކަމެއް ކަން މި ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

އަދި ކެދިކުޅުދޫގައި މިފަދައިން މުއިއްޒު މިކަން ކޮށްފައި ވާތީ އެކައުންސިލުން ވަނީ މިކަން ކުށްވެރި ކޮށްފައެވެ.