ޚަބަރު

ދިވެހި ސިފައިން ނާގާބިލު ކަމަށް ދޭހަވާހެން، ކަނޑުގެ ސަރަހައްދަށް ބަަޔަކު ވަދެ ބޭނުންކުރިޔަސް، އެހެން ބައެއްގެ އެހީއާ ނުލައި ކުރެވޭނެ ކަމެއް ނެތް ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ދިޔަވަރު
ދިވެހި ސިފައިން ނާގާބިލު ކަމަށް ދޭހަވާހެން، ކަނޑުގެ ސަރަހައްދަށް ބަަޔަކު ވަދެ ބޭނުންކުރިޔަސް، އެހެން ބައެއްގެ އެހީއާ ނުލައި ކުރެވޭނެ ކަމެއް ނެތް ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ރާއްޖޭގެ ސަރަަހައްދުގެ 99 ޕަސެންޓަކީ ކަނޑުގެ ސަރަހައްދު ކަމަށް ވާއިރު އެހެން ބައެއްގެ އެހީތެރިކަމާ ނުލައި މީގެ ކުރިން އެ ސަރަހައްދު ބެލެހެއްޓިފައި ނުވާ ކަމަށާއި ރާއްޖެއިން އަމިއްލައަށް އެ ސަރަހައްދު ބެލެހެއްޓޭނެ ނިޒާމެއް މި މަހު ހަމަޖައްސަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ. ނަމަވެސް، މި ފަދައިން މުއިއްޒު ވާ ގިނަ ވައުދު ތަކަކީ އެއްވެސް އަސްލެއް ނެތް ވައުދުތަކެއް ކަމުން، މިކަމަކީ ވާނެ ކަމެއް ކަމަށް އެއްވެސް ބަޔަކު ޤަބޫލު ނުކުރެއެވެ.  

މާޅޮސްމަޑުލަށް އިއްޔެ ފެށްޓެވި ދަތުރުފުޅުގައި ރ. މީދޫގައި ރޭ ބޭއްވެވި ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން މިހައިތަނަށް ދިވެހިންނަށް ބެލެހެއްޓިފައި ވަނީ އެންމެ ދެތިން ޕަސެންޓް ކަމަށާއި އެއީ އަތޮޅުތަކުގެ އެތެރެވަރި ކަމަށެވެ. އެއީ ރާއްޖޭގެ ގާބިލުކަން ޒަމާނުއްސުރެ އޮތް ވަރު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެންވީމާ މި ބޮޑު ސަރަހައްދުން އެހެން ބަޔަކު ވަދެ ބޭނުމެއް ކުރިޔަސް ހަގީގަތުގައި އަޅުގަނޑުމެން ކުރާނެ ކަމެއް ނެތް، އަދި އޭގެން ކޮންމެ ފަދަ ނުރައްކަލެއް އަޔަސް އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޯވޭ، އެހެން ބައެއްގެ އެހީތެރިކަން ހޯދައިގެން ނޫނިއްޔާ އަޅުގަނޑުމެންނަށް ވާނެ އެއްވެސް ކަމެއް ނެތް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކަނޑުގެ ސަރަހައްދު އަމިއްލައަށް ނުބެލެހެއްޓޭތީ އަމިއްލަ ފައިމައްޗަށް ތެދުވެވުމުގެ އިހުސާސް ނުކުރެވެ އެވެ. ރާއްޖޭގެ ހަގީގީ މިނިވަން ކަން ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.