ޚަބަރު

ވެލިދޫ ކައުންސިލަރުން މުއިއްޒަށް މަރުހަބާ ކިޔުމަށް އެ އަތޮޅު ހޮޅުދޫއަށް ދަތުރު ހަދައިގެން ނުގޮސްގެން އޮސްޓްރޭލިޔާގެ ރައްޔިތެއް ކަމަށްވާ ޑރ ޒުލްފާ، އެމީހުންނަން އިންޒާރު ދީ ސުވާލު ކޮށްފި

ދިޔަވަރު
ވެލިދޫ ކައުންސިލަރުން މުއިއްޒަށް މަރުހަބާ ކިޔުމަށް އެ އަތޮޅު ހޮޅުދޫއަށް ދަތުރު ހަދައިގެން ނުގޮސްގެން އޮސްޓްރޭލިޔާގެ ރައްޔިތެއް ކަމަށްވާ ޑރ ޒުލްފާ، އެމީހުންނަން އިންޒާރު ދީ ސުވާލު ކޮށްފި

ރާއްޖޭގެ ރައްޔިތުކަން ދޫކޮށް، އޮސްޓްރޭލިޔާގެ ރައްޔިތުކަން ހޯދައިގެން ހުރި ބޭރު ޤައުމެއްގެ ރައްޔިތެއް ކަމުގައިވާ ޒުލްފާ ވަނީ، ނ. ވެލިދޫ ކައުންސިލަރުން މުއިއްޒަށް މަރުހަބާ ކިޔުމަށް އެ އަތޮޅު ހޮޅުދޫއަށް ދަތުރު ހަދައިގެން ނުގޮސްގެން އެކަމާއި ވެލިދޫ ކައުންސިލަރުންނަށް އިންޒާރު ދީފިއެވެ.

އެލްޖީއޭގެ ސީއީއޯ ޑރ. ޒުލްފާ އަކީ ދިވެއްސެއް ނޫނެވެ. އޭނާ ވަނީ ރައީސް ނަޝީދުގެ ވެރިކަން ނިމުމުން، ޕީޕީއެމް އަށް ހުތުރުކޮށް އެއްޗެހި ކިޔުމަށް ފަހު، ރާއްޖެ ދޫކޮށް އޮސްޓްރޭލިޔާއަށް ޚިޖުރަކޮށް، ދިވެހި ރައްޔިތުކަން ދޫކޮށް އެޤައުމުގެ ރައްޔިތަކަށް ވެފައެވެ.

ރާއްޖޭގައި ފާއިތުވި 10 އަހަރު ވީ އެއްވެސް ކަމެއް ނުދަންނަ އަދި ރާއްޖޭގެ ރަށްތަކާއި، އަތޮޅުތަކާއި ދިވެހިންނާއި ބީރައްޓެހި ޒުލްފާ ދަނީ، އެއްވެސް ހަމްދަރުދީއެއް ނެތި، ދިވެހިންނާއި މެދު ވަރަށް އިހާނެތިކޮށް ކަންކަން ކުރަމުނެނެވެ. ޒުލްފާ ދެކޭ ގޮތުގައި ކައުންސިލަރުންނަކީ ދަށްފަންތީގެ އިންސާނުންނަށް ވުރެ އާދައިގެ ބައެކެވެ. އެހެންކަމުން، ކައުންސިލަރުންނަކީ ބިރު ދައްކައިގެން އެމީހުން ކޮންޓްރޯލް ކުރެވޭނެ ބައެއް ކަމަށް ޒުލްފާ ދެކެއެވެ.

ވެލިދޫ ކައުންސިލުން ރައީސާ ބައްދަލުކުރަން ދެކޮޅު ހެދީ އެ އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް ނަމަވެސް ރައީސް އެ ރަށަށް ކުރައްވަން އޮތް ދަތުރު ކެންސަލް ކުރުމަށްފަހު، އެމަނިކުފާނާ ބައްދަލުކުރަން އެ އަތޮޅު ހޮޅުދޫއަށް ދާން އެންގުމުންނެވެ.

"ހޮޅުދޫގައި ބައްދަލުކޮށްލެއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި މިވަގުތު ބައިވެރިވުމަކީ އެންމެ މަސްލަހަތުހުރި ގޮތް ކަމަށް މި ކައުންސިލަށް ނުފެންނާތީ މި ކައުންސިލުގެ މެންބަރުންނާއި ވެލިދޫ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން އެ ބައްދަލުވުމުގައި ބައިވެރިވެ ނުލައްވާ ގޮތަށް ނިންމާފައިވާ ކަމުގައި ދެންނެވިން," ވެލިދޫ ކައުންސިލުން ރައީސް މުއިއްޒުއަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

ހަމަ މި ދަތުރުގެ ތެރެއިން ނ. ކެނދިކުޅުދޫއަށް މިދިޔަ ބުރާސްފަތި ދުވަހު ކުރެއްވި ދަތުރުފުޅުގައި ރައީސް މުއިއްޒު ކެމްޕޭން ހަރަކާތްތައް ހިންގާފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް އެރަށު ކައުންސިލުން ނެރުނު ނޫސްބަޔާން ބާތިލު ކުރުމަށްވެސް އެލްޖީއޭއިން ވަނީ އަންގާފަ އެވެ.

ރައީސް މުއިއްޒުގެ ކެނދިކުޅުދޫއަށް ވަޑައިގެން ކައުންސިލުގެ ރުހުމެއް ނެތި، ކައުންސިލުން އިންތިޒާމު ކުރި ހަރަކާތް ސިޔާސީ ހަރަކާތެއްގެ ގޮތުގައި ސިފަވާ ގޮތަށް، މަޖިލިސް އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓަށް ތާއީދު ހޯދުމުގެ ގޮތުން ވާހަކަ ދެއްކެވި ކަމަށް ކައުންސިލުގެ ބަޔާނުގައި ތުހުމަތުކުރި އެވެ.

މުއިއްޒު ދަނީ ކައުންސިލްތަކުގެ މެދުގައި ތަފާތުކޮށް، ބައެއް ރަށްރަށް ބާކީ ކުރުމުގެ މަސައްކަތް ފަށާފައެވެ. މީގެ ތެރެއިން މުއިއްޒު ވަޑައި ނުގަންނަވާ ގިނަ ރަށްރަށަކީ އެރަށްރަށުން މީހުން އެހެން ރަށްރަށަށް ބަދަލުކުރުމަށް ރާވާފައިވާ ރަށްތައް ކަމަށް ރައީސް އޮފީހުން މައުލޫމާތު ލިބެއެވެ.