ޚަބަރު

މަލްޓި ސްޓޯރީ ޕާކިން ބިލްޑިންގ ނެހެދުނު، ޕާކް ކުރާ ވެހިކަލްތައް ނަގަން މި ފެށީ ރައްޔިތުންނަށް ވީ ވައުދު ދޮގަކަށް ވެގެން

ދިޔަވަރު
މަލްޓި ސްޓޯރީ ޕާކިން ބިލްޑިންގ ނެހެދުނު، ޕާކް ކުރާ ވެހިކަލްތައް ނަގަން މި ފެށީ ރައްޔިތުންނަށް ވީ ވައުދު ދޮގަކަށް ވެގެން

ތިމަންނާ ޕާކިންގ އާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅެއް އަޅާނީ، މަލްޓި ސްޓޯރީ ޕާކިން އިމާރާތްތައް އެޅުމަށް ފަހުގައި ކަމަށް ބުނެ، ދިވެހި ޒުވާނުންނަށް ދޮގު ހެދުމަށް ފަހު، ވެރިކަމަށް އައިސް 100 ދުވަސް ވީތަނާ ވެހިކަލްތައް ޓޯ ކުރަން ސަރުކާރުން ނިންމައިފިއެވެ. ވައުދު ދޮގަގަށް ބަދަލުވީއެވެ.

ފުލުހުން ވަނީ ޕާކް ކުރަން ހަމަ ޖެހިފައިވާ ތަންތަން ފިޔަވައި އެހެން ތަންތާގައި ޕާކް ކުރާނަމަ، ޓޯ ކުރާނެ ކަމަށް އަންގާފައެވެ. ޕާކް ކުރުމަށް މާލެ އާއި ހުޅުމާލެ 1 އަދި 2 ގައި ކަނޑައަޅާފައިވާ ޒޯން ނޫން އެހެން ތަނެއްގައި ޕާކު ނުކުރުމަށް އަންގައި، އެ އެންގުންތަކާ ހިލާފުވާ ފަރާތްތަކަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އެއްގަމު އުޅަނދު ޕާކްކުރުމުގެ ގަވާއިދުގެ ދަށުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ފިޔަވަޅު އަޅަން ފަށާނެ ކަމަށް ފުލުހުން ބުންޏެވެ.

މުއިއްޒުގެ ކޮންމެ ވައުދެއްވެސް ނިންމަމުން ދަނީ ރައްޔިތުންނަށް ވައުދުވި ގޮތާއި މުޅިން ޚިލާފަށެވެ. ގިނަ ބަޔަކު ދަނީ މުއިއްޒަކީ ކައްޒާބެއް ކަމަށް ބުނަމުންނެވެ.