ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރަސްމީ ހައިސިއްޔަތުން ކުރައްވާ ދަތުރުފުޅުތަކާއި ގުޅޭގޮތުން ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލު ކުރަން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގި އެންގުމަށް ކެނދިކުޅުދޫ ކައުންސިލުން މިއަދު 2:00 ކުރިން އިޖާބަ ނުދީފިނަމަ, ކައުންސިލަރުންގެ މުސާރަ ހިފެހެއްޓުމަށް, ވަޒީފާއަށްތަކާ "މަރުދަންޖެހޭ" ޒުލްފާ ނިންމާފައިވާކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތުދިން އެލްޖީއޭގެ އޮފިޝަލު ވިދާޅުވީ ރައީސް މުއިއްޒުއަށް ފާޑުވިދާޅުވެ ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލު ނުކޮށްފިނަމަ އެ ކައުންސިލަރުން ސަސްޕެންޑްވެސް ކުރުމަށްވެސް ޒުލްފާ އަންގާފައިވާ ކަމަށާއި, ރައީސަށް ފާޑުވިދާޅުވާ ހުރިހާ ކައުންސިލަރުންގެވެސް މުސާރަ ހިފަހައްޓާ އަދި ސަސްޕެންޑްވެސް ކުރަމުން ދިއުމަށް ޒުލްފާ ނިންމާފައިވާ ކަމުގައެވެ.
"ދިޔަވަރު އޮންލައިން" އަށް މައުލޫމާތުދެމުން ނ. ކެނދިކުޅުދޫ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ ޒުލްފާ ދައްކާ ބިރަކަށް އެބެފުޅުން ފަހަތަށް ނުޖެހޭނެ ކަމަށާއި, ގާނޫނު އަސާސީއާއި ޚިލާފް އެއްވެސް އަމަލެއް އެކައުންސިލުން ހިންގާފައި ނުވާނެކަމަށެވެ.
ރައީސް މުއިއްޒު ޒުލްފާއަށް އެލްޖީއޭގެ ސީއީއޯއަކަށް އައްޔަންކުރެއްވިއިރު ޒުލްފާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފަތުރުވެރިކަމާ ބެހޭ ވަޒީރުކަން ކުރައްވައިފައެވެ. އެކަމަކު، ނަޝީދު މަގާމުން އިސްތިއުފާ ދެއްވައި ފެބްރުއަރީ ހަތެއް، 2012 ގައި ވެރިކަން ބަދަލުވުމާ ގުޅިގެން އޭނާ ވަނީ ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރައްވައިފައެވެ.
ރައީސް ނަޝީދުގެ ވެރިކަން ނިމި, ވަޒީރުކަން ގެއްލުމުން ގައުމު ދޫކޮށް އޮސްޓްރޭލިއާއަށް ވަޑައިގަތުމަށްފަހުވެސް ޖެހިގެންއައި ހުރިހާ ސަރުކާރެއްގައިވެސް ވަޒީރުކަން ހޯއްދެވުމަށް ޒުލްފާ މަސައްކަތް ކޮށްފައި ވެއެވެ. ޖެހިގެން އައި ކޮންމެ ރައީސެއްގެ އަރިހުންވެސް ކެބިނެޓުން މަގާމެއް ލިބޭތޯ އޭނާ އާދޭސްކޮށްފައި ވެއެވެ.
އެއަށްފަހު ރައީސް ސާލިހުގެ ވެރިަކމުގައިވެސް ޒުލްފާ މަސައްކަތް ކޮށްފައިވަނީ ފަތުރުވެރިކަމާބެހޭ ވަޒީރުކަން ހޯއްދަވާށެވެ. 2018 ވަނަ އަހަރުވެސް ވެރިކަން ބަދަލުވެގެން ދިޔައިރު އޭނާ އޮސްޓްރޭލިއާގައި ހުންނެވުމަށްފަހު ރާއްޖެ ވަޑައިގެންނެވީ ރައީސް ސާލިހުގެ ކެބިނެޓުން މަގާމެއް ކަށަވަރު ކުރެއްވޭތޯއެވެ.
އެހެންނަމަވެސް ޒުލްފާއަކީ މަގާމަށް ”މަރުދަންޖެހޭ“ އަދި އެކަމަށްޓަކާ ސިޔާސީ ގޮތުން ހަށިވިއްކުމަށްވެސް ތައްޔާރަށް ހުންނަ ފަރާތެއްކަން ރައީސް ސާލިހަށް ރަގަޅަށްވެސް ވަޒަން ކުރެއްވިފައިވާތީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ޒުލްފާއަށް ސިޔާސީ މަގާމެއް ދެއްވަން ރައީސް ސާލިހު ދެކޮޅު ހެއްދެވިކަމަށް ރައީސް ސާލިހުގެ އަރިސް ފަރާތަކުން ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދެއްވާފައި ވެއެވެ.
އެއަށްފަހު ފާއިތުވި 5 އަހަރު އޮސްޓްރޭލިއާގެ ރައްޔިތެއްގެ ގޮތުގައި އެގައުމުގައި ހުންނެވުމަށްފަހު އަނެއްކާވެސް ޒުލްފާ ރާއްޖެ ވަޑައިގެންނެވީ ފާއިތިވެދިޔަ ރިޔާސީ އިންތިޚާބާ ދިމާކޮށެވެ. ވެރިކަން ބަދަލުވާ ދަނޑިވަޅާ ދިމާކޮށް ސިޔާސީ ބޮޑުމަގާމެއް ލިބޭތޯ މަރުފަލި ޖެއްސެވުމަށް ތައްޔާރު ވެގެންނެވެ.
އޭނާ މުއިއްޒުއަށް ދެއްކެވި ހުވަފެނެއް ދައްކަވައިގެންވެސް ކެބިނެޓުން މަގާމެއް ދެއްވަން މުއިއްޒު ދެކޮޅު ހެއްދެވީ ޒުލްފާއަކީ ސިޔާސީ ގޮތުން ހަށިވިއްކާ ބޭކަނބަލެއްކަން ޚުދު މުއިއްޒުއަށްވެސް އެގި ވަޒަން ކުރެވިގެންކަން ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން މިސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.
އެހެންނަމަވެސް އެންމެ ފަހުން ޒުލްފާގެ އާދޭސްތަކަށް ކެތް ނުކުރެވިގެން މުއިއްޒު އެއްބަސްވެލެއްވީ އޭނާއަށް އެލްޖީއޭގެ ރައީސްކަން ދެއްވާށެވެ.
ރައީސް މުއިއްޒުގެ ވެރުކަމުގައި ލާމަރުކަޒީ ނިޒާމު ފުނޑާލުމުގެ މޭސްތިރިއަކީ ޒުލްފާއެވެ.