ރައީސް ސާލިހުގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ދޫކުރި ބައެއް ބިންތައް އެ ބިންތަކުގެ ހައްގުވެރިންނަށް ދޫ ނުކުރާނެކަމުގެ އިންޒާރު އެޗްޑީސީގެ އެމްޑި ފަޒުލް ރަޝީދު ދީފިއެވެ.
ރޭ ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުން ނުހައްގުން 50 ބިން ދޫކޮށްފައިވާ ކަމަށާއި އެބިންތައް ލިބުނު ފަރާތްތަކުގެ ނަންތައް ހާމަ ކުރާނެ ކަމުގައެވެ.
އެހެންނަމަވެސް އެބިންތައް ނުހައްގުން ދޫކުރި ގޮތުގެ އެވެސް ތަފްސީލެއް ނުވަތަ އެއްވެސް ހެއްކެއް އޭނާ ދައްކާފައެއް ނުވެއެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ މިދިޔަ ސަރުކާރުން ހުޅުމާލެއިން ފަންސާހަކަށް ބިން ނުހއްގުން ދީފައިވާކަމަށް ހުޅުމާލެއިން ދީފައިވާ ކަމަށެވެ. އަދި އޭނާ ވިދާލުވީ ހުޅުމާލެއިން ނުހައްގުން ބިންދިން މީހުންގެ ނަންތައް ހާމަކުރާނެކަމަށެވެ.
ވެރިކަން ހިންގާ ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަދައްކަމުން ފަޒުލް ވިދާޅުވީ އޭނާ އެޗްޑީސީއާ ހަވާލުވުމަށްފަހު ދެވަނައަށް ކުރެއްވި މަސައްކަތަކީ ހުޅުމާލެއިން ދޫކުރި ބިންތަކަށް ވީ ގޮތެއް ބެލުންކަމަށެވެ.
ފަޒުލް ވިދާޅުވީ މިދިޔަ ސަރުކާރުން ހިނގި ބިންވެރިޔާ ސްކީމުގެ ދަށުން ވިޔަފާރީގެ އުސޫލުންނާއި ނުހައްގުން 50 ބިން ދޫކޮށްފައިވާކަމަށެވެ.
ހުޅުމާލޭގެ 1، 2 އަދި ކީއްކުރަންތޯ ނުހިއްކާ އޮތް ތަންވެސް އެތަނުން ގާތްގަޑަކަށް 50 އަކަށް ބިން މި އޮތީ އެކި އެކި މީހުންނަށް ދީ ހަލާސްކޮށްލާފައި. ހަވާލުވިިއރު ވިޔަފާރީގެ އުސޫލުންނާއި އަދި ނުހައްގުން ދީފައި ހުރި ގިނަ ބިންތަކެއް މިއަދުވެސް އެބަހުރި.
ފަޒުލް ވިދާޅުވިއެވެ.
ފަޒުލް ވިދާޅުވީ މި ވާހަކަތައް ތަކުރާރުކޮށް ދައްކަން ޖެހޭކަމަށާއި މިވާހަކަތައް މިރައްޔިންނާއި ހަމައަށް ނުގެނެސް ދެން ކުރިޔަށް ދެވެން ނެތްކަމަށެވެ. އަދި އެ ބިންތައް ދޫކުރީ ކޮންބަޔަކަންވެސް އާއްމުކުރާނެކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.
މިވާހަކަ ނުދައްކާ، މިވާހަކަތައް ރައްޔިތުންނާއި ހަމަ ނުގެނެސް ދެން ކުރިޔަކަށް ދެވޭކަށް ނެތް، ކުރިޔަށް އޮތް ތާނގައި އެއީ ކޮން ފަރާތަކެއް ކަމަށްވަންޏާ އެ ފަރާތްތަކުގެ ނަންތައްވެސް އަޅުގަނޑުމެން ހާމަކުރާނަން.
އެޗްޑީސީގެ އެމްޑީ ފަޒުލް ވިދާޅުވިއެވެ.
ރައީސް ސާލިހުގެ ސަރުކާރުން ދިން ބިންތައް އޭގެ ހައްގުވެރިން އަތުން އަތުލާނެކަމުގެ އިންޒާރު ފަޒުލް ދީފައިވާއިރު, އޭނާވަނީ ނުއަގުގައި, އޭނާ އަބިމީހާއަށް 2,000 އަކަފޫޓުގެ ބޮޑު ބިމެއް ހުޅުމާލެއިން ނުހައްގުން ދީފައެވެ.