ރައީސް މުއިއްޒުގެ އަނބި ކަނބަލުން ސާޖިދާ މުހައްމަދު ކަރޯކޭ ކުޅުއްވުމަށް, ދައުލަތުގެ މާލިއްޔަތުން ޚަރަދުކޮށްގެން މުލިއާގެއަށް އަގުބޮޑު ކަރޯކޭ ސިސްޓަމެއް ވައްދައިފިއެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން, މުލިއާގޭ އިސް އޮފިޝަލު ވިދާޅުވީ މެޑަމް ސާޖިދާއަކީ ކަރޯކޭއަށް ވަރަށްބޮޑަށް ޝައުގުވެރިކަން ހުންނަވާ ކަނބަލަކަށް ވުމާއެކު, ސާޖިދާ ކަރޯކޭ ކުޅުއްވުމަށް 80 ހާސް ޑޮލަރުގެ އަގުބޮޑު ކަރޯކޭ ސިސްޓަމެއް ރާއްޖެ ގެނައީ ސިންގަޕޯރުން ކަމުގައެވެ.
80 ހާސް ޑޮލަރަކީ, ޑޮލަރުގެ މިހާރުގެ އަގުން ބަލާނަމަ 1.5 މިލިއަން ރުފިޔާއެވެ.
އެނގިފައިވާ ގޮތުގައި ސާޖިދާއާއެކު ކަރޯކޭ ކުޅުއްވުމަށް މުލިއާގެއަށް ވަޑައިގެންނެވުމަށް ދައުލަތުގެ ބައެއް ވަޒީރުންނަށްވެސް ވަނީ އަންގާފައެވެ. މެޑަމް ސާޖިދާ ކަރޯކޭ ކުޅުއްވަނީ ހިންދީ ލަތަކަކަށް ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.
ވެރިކަމަށް ވަޑައިގަތުމަށްފަހު އަމިއްލެ ގެކޮޅު މ. ދިމްޔާތުގައި 80 ދުވަހު ދިރިއުޅުއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އާއިލާ، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގެއަށް ބަދަލުވެވަޑައިގެންނެވީ މިމަހު ކުރީކޮޅުއެވެ.
މުއިއްޒު މުލިއާގެއަށް 80 ދުވަސް ވަންދެން ނުގޮސް މަޑުކުރީ، މުއިއްޒުގެ އަނބިކަބަލުން ބޭނުންވާ ފެންވަރަށް މުލިއާގެ ޒީނަތްތެރިކޮށް، ޑެކަރޭޓް ކުރުމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މުލިއާގޭގައި ވަނީ ޔޫރަޕުން ގެނައި ލަގްޒަރީ ޖަކޫޒީ އެއްވެސް ހަރުކޮށްފައެވެ. މުލިއާގެއަށް ޖަކޫޒީ ވެއްދިތަން ގިނަބަޔަކަށް ފެނިފައިޥާއިރު، އޭގެ ވީޑިޔޯވެސް ބައެއް ފަރާތްތަކުގެ އަތުގައި ހުރިކަމަށް މައުލޫމާތު ލިބެއެވެ.
ލަގްޒަރީ ޖަކޫޒީ ހަރުކޮށް، މުލިއާގެ ހައިބަތު އިތުރު ކުރުމަށް 23 މިލިއަން ރުފިޔާ ދައުލަތުގެ މާލިއްޔަތުން ޚަރަދު ކޮށްފައިވެއެވެ.
ރައީސް މުއިއްޒުގެ އަނބިކަބަލުންނަކީ އަގުބޮޑު ދިއުޅުއްވުމަށް ލޯބިކުރާ ފަރާތެކެވެ. އެހެންނަމަވެސް އަމިއްލަ ދިރިއުޅުއްވުމަށްވެސް ޚަރަދު ކުރައްވަމުން ގެންދަވަނީ ދައުލަތުގެ މާލިއްޔަތުންނެވެ. އެހެންނަމެވެސް, ރައީސްއާއި އަނބިކަނބަލުންނަށްވެސް އަމިއްލަ ދިރިއުޅުއްވުމަށް ދައުލަތުގެ މާލިއްޔަތުން ޚަރަދުކުރުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ.
ރައީސް މުއިއްޒުއައި އަނބިކަބަލުންގެ މި ކޮރަޕްޝަންގެ އަމަލުތަކަށް އޭސީސީ އޮތީ ދެލޯ މަރާލައިގެންނެވެ.