ޚަބަރު

ސިއްރު އަސްކަރީ އެއްބަސްވުންތަކުގައި އިއްޔެ ސޮއެ ކުރުމަށްފަހު، ޗައިނާގެ އަސްކަރީ އިސް ވެރިޔާ މިއަދު މުއިއްޒާއި ބައްދަލުކޮށްފި! މި ބައްދަލުވުމަށް ފަހު، ސިއްރު ބައްދަލުވުމެއް ވަނީ ބާއްވާފައި!

ދިޔަވަރު
ސިއްރު އަސްކަރީ އެއްބަސްވުންތަކުގައި އިއްޔެ ސޮއެ ކުރުމަށްފަހު، ޗައިނާގެ އަސްކަރީ އިސް ވެރިޔާ މިއަދު މުއިއްޒާއި ބައްދަލުކޮށްފި! މި ބައްދަލުވުމަށް ފަހު، ސިއްރު ބައްދަލުވުމެއް ވަނީ ބާއްވާފައި!

ސިއްރު އަސްކަރީ އެއްބަސްވުންތަކުގައި އިއްޔެ ސޮއެ ކުރުމަށްފަހު، ޗައިނާގެ އަސްކަރީ އިސް ވެރިޔަކާއި މިއަދު މުއިއްޒާއި ބައްދަލުކޮށްފިއެވެ. މި ބައްދަލުވުމަށް ފަހު، ސިއްރު ބައްދަލުވުމެއް ވަނީ މުއިއްޒާއި ބާއްވާފައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދިން ފަރާތަކުން ހާމަ ކުރެއެވެ.

މުއިއްޒު އާއި ބައްދަލުކޮށްފައި ވަނީ، ޗައިނާގެ އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަން އޮފީހުގެ ޑެޕިއުޓީ ޑައިރެކްޓަރު، މޭޖާ ޖެނެރަލް އަޖޯންގު ބައުކުއާން އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މޭޖާ ޖެނެރަލް އަޖޯންގު ބައުކުއާން ރައީސްގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ ޗައިނާއިން ރާއްޖެއަށް ވެދޭ އެހީތެރިކަމާއި ދެމުންދާ އެއްބާރުލުންތަކަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި މޭޖާ ޖެނެރަލް އަޖޯންގު ބައުކުއާން ވެސް ވަނީ ކުރިއަށް އޮތް ތަނުގައި ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ވާހަކަދެއްކެވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ޗައިނާ އަސްކަރިއްޔާގެ އިސް ވަފުދެއް ރާއްޖެއަށް އައީ އިއްޔެގެ ވަގުތެއްގަ އެވެ.

ދެގައުމުގެ ދެމެދުގައި އިއްޔެ ވަނީ ރާއްޖޭގެ އަސްކަރިއްޔާއާއި ސަލާމަތީ ހިދުމަތްތަކަށް ބޭނުންވާ އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ޑިފެންސް މިނިސްޓަރު، މުހައްމަދު ގައްސާން މައުމޫން އެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސް ވަނީ އަޖޯންގު ބައުކުއާންއާ ވެސް އަސްކަރީ ގުޅުން ވަރުގަދަ ކުރުމާ ގުޅާގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.

އިއްޔެ ސޮއި ކުރި އެއްބަސްވުމުގެ ވެސް އަދި މިއަދު ކުރެވުނު މަޝްވަރާތަކުގެ ވެސް އެއްވެސް ތަފުސީލެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ޕީޕީއެމް/ޕީއެންސީއަކީ އަބަދު ވެސް ޗައިނާއާ ވަރަށް ގާތް ގުޅުމެއް އޮންނަ ސިޔާސީ އިއްތިހާދެކެވެ. ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ވެސް ޗައިނާއާއެކު އާދަޔާހިލާފު ގާތްކަމެއް ރާއްޖޭން ބޭއްވި ކަމަށް އޭރުގެ ސިޔާސީ ބޭފުޅުން ތުހުމަތު ކުރެއްވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ފެށިގެން މިވީ ދުވަސްކޮޅު ތެރޭގައި ޗައިނާއާއެކު ވަނީ ބަދަހި ގުޅުމެއް ގާއިމުކޮށްފަ އެވެ. އެކަމާ ގުޅިގެން އަވަށްޓެރި އިންޑިއާއާ ރާއްޖޭގެ ގުޅުން ވަނީ ގޯސްވެފަ އެވެ.

ޗައިނާއާއެކު ރާއްޖޭން އަސްކަރީ ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރިއިރު، ދިވެހި ސަރުކާރުގެ އަސްކަރީ ގާބިލްކަން އިތުރު ކުރުމަކީ ވެސް ރައީސް މުއިއްޒުގެ ވައުދެކެވެ.

ޑިފެންސަށް ބޭނުންވާ ބައެއް ޑްރޯންތައް ހޯދުމަށް ތުރުކީއާއެކު ވެސް ވަނީ އެއްބަސްވުމެއް ގާއިމު ކޮށްފަ އެވެ. ކަނޑުގެ ސަރަހައްދު ބަލަހައްޓަން ބޭނުންވާ އިތުރު ވަސީލަތްތައް ހޯދުމަށް އެމެރިކާއިން ފައިސާގެ އެހީއެއް ދިނުމަށް ވަނީ ވާހަކަ ދެކެވިފަ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންގުޅުނީ އިންޑިއާ އަސްކަރީ އެހީ ހޯދުމުގެ ސިޔާސަތެވެ. އެ ސިޔާސަތު ބައްޓަން ވެފައިވަނީ ހަމައެކަނި އިންޑިއާގެ މަސްލަހަތަށް އިސްކަން ދޭގޮތަށްކަމަށް މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން ތުހުމަތު ކޮށްފައިވެ އެވެ.

ނަމަވެސް މި ސަރުކާރުގައި ވެސް އިންޑިއާއިން ދިން އުޅަނދުތައް ބޭނުންކުރުމަށާއި އިތުރު އުޅަނދު ހޯދުމަށް ވެސް ނިންމާފައިވެ އެވެ.