ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓު އަނާރާ ނައީމުގެ ކެމްޕެއިނުގައި ބައިވެރިވެވަޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެގެން ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ރާފިއު ރާއްޖޭގެ އެންމެ މަޝްހޫރު އެއް ނޫސް ކަމަށްވާ "އަދަދު" އަށް ވިދާޅުވީ ސަރުކާރުގެ ކެންޑިޑޭޓަކީ މިހާރު އަނާރާ ކަމަށާއި ކެމްޕޭނުގައި ބައިވެރިވީ ރައީސް މުއިއްޒުގެ އެންގެވުމަށް ކަމަށެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީއެންސީ) ގެ ފަރާތުން މަޖިލީހަށް ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީގައި ނާކާމިޔާބުވުމުން، ހުރާ ދާއިރާ އަށް އަނާރާ ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ.
ޑިމޮކްރަސީގެ ހަމަ ތަކާއި ޚިލާފަށް ޕީއެންސީގެ ޕްރައިމަރީ ކާމިޔާބުކުރި ގިނަ ކެންޑިޑޭޓުންނަށް އޮތް ތާއީދު އަނބުރާ ގެނެސް، ރައީސް މުއިއްޒުގެ އަދި ސަރުކާރުގެ އިސް ބޭފުޅުން އަންނަނީ ޕީއެންސީ ޕްރައިމަރީން ބަލިވެގެން ބައެއް ދާއިރާތަކުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދުކޮށް އަމަލީ ގޮތުން ކެމްޕެއިނުގައި ވެސް ބައިވެރިވަމުންނެވެ.
އަނާރާ އަކީ 18 ވަނަ މަޖިލީހުގައި އަދާލަތު ޕާޓީއިން އިންނެވި ހަމަ އެކަނި މަޖިލިސް މެމްބަރެވެ. އަނާރާ ވަނީ ބިލްތަކަށް މަޖިލީހުގައި ވޯޓު ލުމަށް އަދީބުގެ ގެއަށް ގޮސް އެތައް މިލިއަނުން ފައިސާ ނަގާފައެވެ. އަނާރާއަކީ ކޮރަޕްޓް މީހެކެވެ. މިފަހަރު މުއިއްޒަށް އަނާރާގެ ލޯޔަލްޓީ ދެއްކުމަށާއި ކެމްޕެއިނުގައި ޚަރަދުކުރެވޭ ވަރަށް ފައިސާ ހުރިކަން އެންގުމަށް 2 މިލިއަން ރުފިޔާ ދީފައި ވެއެވެ.