ޚަބަރު

މުއްދަތުގެ ކުރިން ރެއިން ފެށިގެން ޓޯ ކުރަން ފަށައިފި! ޓޯ ކުރާ އުޅަނދުތަކުން މަހަކަށް 7 މިލިއަން ރުފިޔާ ސަރުކާރު ހިންގުމަށް ލިބޭނެ ކަމަށް މުއިއްޒު ވަނީ ލަފާ ކޮށްފައި!

ދިޔަވަރު
މުއްދަތުގެ ކުރިން ރެއިން ފެށިގެން ޓޯ ކުރަން ފަށައިފި! ޓޯ ކުރާ އުޅަނދުތަކުން މަހަކަށް 7 މިލިއަން ރުފިޔާ ސަރުކާރު ހިންގުމަށް ލިބޭނެ ކަމަށް މުއިއްޒު ވަނީ ލަފާ ކޮށްފައި!

މާލޭ މަގުތައް މަތީގައި ނުގަވައިދުން ޕާކުރުމުގެ މައްސަލަ ބޮއްސުންލައިގެން ގޮސް ޓްރެފިކަށް އުނދުގޫވާ ގޮތަށާއި މަނާ ސަރަހައްދުތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރަން ފަށާނެ ކަމަށް ފުލުހުން ބުނި މުއްދަތުގެ ކުރިން މިއަދު އުޅަނދުތައް ޓޯކުރަން ފަށައިފި އެވެ.

މިކަމާ ގުޅޭގޮތުން އާދީއްތަ ދުވަހު ފުލުހުން ނެރުނު ބަޔާނުގައި ބުނީ ގަވައިދާ ހިލާފަށް ޕާކު ކޮށްފައި ހުންނަ އުޅަނދުތައް ބުރާސްފަތި ދުވަހުން ފެށިގެން ޓޯކުރަން ފަށާނެ ކަމަށެވެ.

ނަމަވެސް ފުލުހުންގެ ރަސްމީ އެކައުންޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މަގު ބޭނުންކުރާއިރު ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކާއި ގިނަ ދުވަސް ވެފައިހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް މިއަދު ފަށާާފައިވާ ކަމަށެވެ. އަދި މަގުތައް ތަރުތީބުކޮށް ބޭއްވުމުގައި އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން ފުލުހުން ބުނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުމަތި ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރި ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތުގެ ދަށުން މާލޭ މަގުތައް މަތީގައި ހަރަކާތްތެރިވާ ޓްރެފިކް ފުލުހުންގެ އަދަދު އިތުރުކޮށް ބާރު ބޮޑުވާ ބައެއް ސަރަހައްދުތަކުގައި ގިނަ ވަގުތުތަކުގައި ފުލުހުން ތިބޭ ގޮތަށް ދުވަސްކޮޅެއް ކުރިން ހަމަޖެއްސި އެވެ.