ޚަބަރު

ޝިއުނާ ބޭނުން ކޮށްގެން، އަޒާނާއި، ދިޔަރެސް މުއިއްޒުގެ މުށުތެރެއަށް ގެނެސް، ޔާމީނުގެ ބާރު ކަނޑުވާލި ގޮތް!

ދިޔަވަރު
ޝިއުނާ ބޭނުން ކޮށްގެން، އަޒާނާއި، ދިޔަރެސް މުއިއްޒުގެ މުށުތެރެއަށް ގެނެސް، ޔާމީނުގެ ބާރު ކަނޑުވާލި ގޮތް!

ދިޔަރެސް އެންމެ ފުރަތަމަ ހިންގަމުންދިޔައީ ރައީސް ޔާމީނުގެ އެހީތެރިކަމާއި އެކުއެވެ. ވިޔަފާރިތަކުން ދިޔަރެސް ނޫހަށް އެހީ ވަމުން ދިޔައީވެސް ޔާމީންގެ އެދުމުގެ މަތިންނެވެ. މިކަމާއި މުއިއްޒު ކަންބޮޑުވެގެން، އަޒާން މުއިއްޒުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް، އަޒާން ކައިރިއަށް މުއިއްޒު ފޮނުވި ފަރާތަކީ، ޝިއުނާއެވެ. މިއީ މިހާރު ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެކެވެ.

އަޒާން އާއި އެކި ގޮތްގޮތުން ގުޅުން ބަދަހި ކޮށް، ޝިއުނާ ވަނީ 2021 ވަނަ އަހަރު އަޒާން އާއި ލޯބީގެ ގުޅުމެއް ފަށާފައެވެ. މި ގުޅުން ވަރުގަދެވެ، ޝިއުނާގެ ނުފޫޒުގެ ތެރެއިން، މުއިއްޒު އަށް ސަޕޯޓް ކުރަން އަޒާން ނިންމިއެވެ. ޝިއުނާއަކީ އަޒާން ކޮމްޕްރޮމައިޒް ކުރުމަށް، ރާވައިގެން މުއިއްޒު ފޮނުވި އެޖެންޓެކެވެ. އޭގައި އަޒާނު ޖެހި، ޔާމީން ދޫކޮށްލުމަށް ފަހު، މުއިއްޒަށް ސަޕޯޓްކުރަން އެންމެ ފަހުން އަޒާނަށް ޖެހުނެވެ.

ޝިއުނާއާއި، އަޒާންގެ ލޯބީގެ ގުޅުމަކީ އެއްވެސް ބަޔަކަށް ސިއްރު ގުޅުމެއް ނޫނެވެ.

ޝިއުނާ ވަނީ އޭރު، އަޒާނު، ޝިއުނާއަށްޓަކައި ގުރުބާން ވާން ހުރީ ކިހާ މިންވަރަކަށްތޯ ދެނެ ގަތުމަށް، ޝިއުނާ ރޭޕް ކުރަން އުޅުނު ކަމަށް ބުނެ ދޮގު ތުހުމަތެއް އޭރު ދިޔަރެސްގެ އިސް ފަރާތެއްގެ ބޮލުގައި ޝިއުނާ ވަނީ އަޅުވާފައެވެ. މިކަމުގައި ޝިއުނާގެ ދިފާޢުގައި އަޒާން ނުކުމެ، ދިޔަރެސްގެ އިސް ފަރާތަކަށް ބިރު ދައްކައި، ނޫސް ހުއްޓޭ ހިސާބަށް ކަންކަން ގޯސް ވެގެން އޭރު ދިޔައެވެ.

މިކަން ހިނގާފައިވާކަން އޭރު ދިޔަރެސް ނޫހުގައި އުޅުނު އެންމެންނަށް އެނގޭނެއެވެ.

މި ހުރިހާ ޑްރާމާއެއް ރާވައި ކުޅެފައިވަނީ، މުއިއްޒުގެ އެނގުމާއެކު ޝިއުނާ ރާވައިގެންނެވެ. ގިނަ ދުވަސްތަކެއް ވަންދެން މި ގުޅުން ކުރިއަށް ދިޔައެވެ. އަދި އެކަމުގެ ތެރެއިން މުއިއްޒުގެ މީހަކަށް އަޒާން ބަދަލުވެ، ދިޔަރެސް ނޫސް އެއްކޮށް މުއިއްޒުގެ އަތްދަށަށް ގެނައެވެ. އިންތިހާބުގެ ފަހު ދުވަސްތަކުގައި، ދިޔަރެސް ނޫހުން ޔާމީނުގެ ވާހަކަ ދެއްކުން އެއްކޮށް ހުއްޓާލިއެވެ.

އަޒާން އަކީ އޭނާގެ އަމިއްލަ ބާރެއް ނެތް، މުއިއްޒު ބޭނުން ގޮތަކަށް ކަންކަން މުއިއްޒަށް ކޮންޓްރޯލް ކުރެވޭ ވަރަށް، ސިއްރުތައް މުއިއްޒަށް ބޭޒާރުވެފައިވާ މީހެކެވެ. މަޖިލީހަށް އައްޑޫ ތައުލީމީ ރައްޔިތުން ބޭނުންވަނީ މިފަދަ މީހެއްތޯ އައްޑޫ ރައްޔިތުން ސުވާލު ކޮށްލުން އެއީ ނެތްކަމެއް ނޫނެވެ.