ރައީސް ޔާމީންގެ މައްސަލަ ހައިކޯޓުގައި ލަސް ކުރަމުންދަނީ މުއިއްޒުގެ އަމުރަށް، ހައިކޯޓް ފަނޑިޔާރު މުހައްމަދު ސަލީމްއެވެ. މުހައްމަދު ސަލީމް މި މައްސަލަ ލަސް ކުރަމުން ދަނީ ރައީސް މުއިއްޒު އާއި އެކު ހަދާފައިވާ ޑީލެއްގެ ތެރެއިންނެވެ.
ދިޔަވަރަށް މުބީންގެ ގާތް ރައްޓެއްސެއްގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ޑީލް ކުރިއަށް ގެންގޮސްފައިވަނީ ރީޖަނަލް އެއަރޕޯޓްގެ އެމްޑީ އަހްމަދު މުބީންއެވެ. މުބީން އަކީ ބިލެއްދޫ ދާއިރާގެ ޕީއެންސީ ކެނޑިޑޭޓުގެ ގާތް ރައްޓެއްސެކެވެ. އަދި ޕީއެންސީއިން ބިލެއްދޫ ދާއިރާއަށް ނިކުންނަ މި ކެނޑިޑޭޓް އަސްލަމްގެ ކޮއްކޮ އަކީ ހައިކޯޓްގެ ފަނޑިޔާރު މުހައްމަދު ސަލީމެވެ.
ރައީސް ޔާމީންގެ މައްސަލަ ލަސްކުރުމަށް މުބީން ހޯދައިދިން މި ޑީލްގެ ތެރެއިން ރީޖަނަލް އެއަރޕޯޓްގެ އެމްޑީކަން މުބީންއަށް ވަނީ ލިބިފައެވެ. އަދި 10 މިލިއަން ރުފިޔާގެ ބަޖެޓެއް މުއިއްޒު ވަނީ އަސްލަމް މަޖިލީހަށް ހޮވުމަށް އޭނާ އަށް ދީފައެވެ. ބަދަލުގެ ގޮތުގައި ހައިކޯޓް ފަނޑިޔާރު ސަލީމް ވަނީ ރައީސް ޔާމީންގެ މައްސަލަ ލަސްކޮށްދީފައެވެ.
ބާކީ ހައިކޯޓްގައި ތިއްބެވި ފަނޑިޔާރުން މި މައްސަލަ އަވަސް ކުރަން އަދި ލަސްކުރަންވެސް ކަނޑައެޅިގެން މަސައްކަތްތަކެއް ކޮށްފައި ނުވިއަސް، އެ ފަނޑިޔާރުންނަށްވެސް، ފަނޑިޔާރު މުހައްމަދު ސަލީމް މި މައްސަލަ ލަސްކުރުމަށް މަސައްކަތް ކުރާކަން އެނގެއެވެ.
ބިލެއްދޫ ދާއިރާގެ ޕީއެންސީ ކެނޑިޑޭޓް އަސްލަމް އަކީ، އެ ދާއިރާއަށް މަސްތުވާތަކެތި ގެންގޮސް ވިއްކާ ސަރަހައްދުގެ ޑްރަގް ލޯޑެވެ. މިއީ ދާއިރާގެ ގިނަބަޔަކަށް އެނގޭ ކަމެކެވެ.
ޓީވީގައި ލައިވްކޮށް މުއިއްޒު ވަނީ އޭނާ ކޯޓަށް އަތް ނުބާނާ ކަމަށް ބުނެ ރައްޔިތުންނަށް ތަފާތު އެތައް ފަހަރެއްގައި ދޮގު ހަދާފައެވެ. އަދި މުއިއްޒު ދަނީ ހުރިހާ ކޯޓަކަށް އަތް ބާނައި ރާއްޖޭގައި ޖުޑިޝިއަރީގެ މިނިވަންކަން ނަގާލާފައެވެ.