ޚަބަރު

ރާއްޖެ ތެރޭ ރަށްރަށް ތަރައްގީ ކުރެވެން ނެތް ކަމަށާއި، ރަށްރަށު މީހުން އެއްފަސް ކޮށްގެން ނޫނީ ޕްރޮޖެކްޓްސް ނުހިންގޭނެ ކަމަށާއި، ވޯޓުދިނީ އެއްފަސް ކުރުމަށް ކަމަށް މުއިއްޒު ބުނެ ދޮގު ހަދައިފި

ދިޔަވަރު
ރާއްޖެ ތެރޭ ރަށްރަށް ތަރައްގީ ކުރެވެން ނެތް ކަމަށާއި، ރަށްރަށު މީހުން އެއްފަސް ކޮށްގެން ނޫނީ ޕްރޮޖެކްޓްސް ނުހިންގޭނެ ކަމަށާއި، ވޯޓުދިނީ އެއްފަސް ކުރުމަށް ކަމަށް މުއިއްޒު ބުނެ ދޮގު ހަދައިފި

ރާއްޖެ ތަރައްގީ ކުރެވޭނީ އެއްފަސްކޮށްގެން ކަމަށާއި ރިޔާސީ އިންތިހާބުގައި ކެމްޕެއިނުކުރީ އަދި ރައްޔިތުން ވޯޓުދިނީ އެ ސިޔާތައް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވެފައި އޮއްވައި، ރައީސް މިހާރު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުތަކުގެ ތެރެއިން، މިއަދު ދ. ކުޑަހުވަދޫގައި ހުންނަވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ އެއްފަސްކުރުމުގެ ސިޔާސަތު އިއުލާނުކުރެއްވީ ކެމްޕެއިނުގެ ތެރެއިން މެނިފެސްޓޯ އިއުލާނުކުރި އިވެންޓުގައި ކަމަށެވެ.

"މެނިފެސްޓޯ އިއުލާނުކުރި ރޭ، އަޅުގަނޑު ދެންނެވިން ރާއްޖެ ތަރައްގީ ކުރެވޭނީ އެކި ސަރަހައްދުތައް އެކި ޒޯންތައް ތަރައްގީކޮށްގެނޭ، އެއްފަސްކުރުމުގެ، ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތަކުންނޭ ރާއްޖެ ތަރައްގީ ކުރެވޭނީ ދެމެހެއްޓެނިވި ގޮތެއްގަ،" ރައީސް ވިދާޅުވި އެވެ.

ނަމަވެސް، މިވާހަކަ އާއި ގުޅިގެން ރައްޔިތުންގެ ހިތްހަމަ ނުޖެހުން އިންތިހާބު ތެރޭ އުފެދުމުން، ހުރިހާ ރަށެއް އެއްވެސް ރަށެއް ބާކީ ނުކޮށް ތަރައްޤީ ކުރާނެ ކަމަށް ތަކުރާރު ކޮށް މުއިއްޒު އެކި ރަށްރަށުގައި ބުނެފައި ވެއެވެ.

ކޮންމެ އަހަރެއްގެ ބަޖެޓުގައި ޖަހައިގެން ކޮންމެ ރަށަކަށް ކަންކަން ކޮށްދޭންވެއްޖެ ނަމަ އޭގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މާލޭ މީހުން ފުށި ދިއްގަރު ފަޅަށް ބަދަލުވާން ބޭނުން ނުވާތީ، ހަދާނެ ގޮތެއް ނެތިގެން މުއިއްޒު އުޅެނީ ރަށްރަށުގައި ތިބި މުސްކުޅިންތައް ގަދަކަމުން ފުށި ދިއްގަރުފަޅަށް ގެނައުމަށް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދިން ފަރާތަކުން ހާމަ ކުރިއެވެ.