ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން "ލޭ އޮހޮރުވުމަކުން ވެސް ބަދަލުކުރަން ވެއްޖެ" ކަމަށް ބުނެ މާލޭ ސިޓީ ކައުންސިލުގެ ތަރުޖަމާނު މަރިޔަމް ޝިއުނާ ކުރި ޓުވީޓެއްގެ މައްސަލަ ފުލުހުން ބަލަން ފަށާފައި ވީ ނަމަވެސް، މި މައްސަލަ އަށް ވީ ގޮތެއް އެއްވެސް ގޮތަކަށް ނޭނގުނެވެ.
ހައްދުފަހަނަ އެޅި ހިޔާލު ގެންގުޅޭ އަދި، އެމީހެއްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރިއަށް އޮތް 20 އަހަރު ތެރޭގައިވެސް ފޫނުބެދޭ ފަދަ، އިޤްތިޞާދީ ޚާރިޖީ ގެއްލުންތަކެއް ވެފައިވާ މަރިޔަމް ޝިއުނާ ގެންގުޅޭ ޓްވިޓާ އެކައުންޓުން އޭރު ކުރި ޓްވީޓްގައި ބުނެފައި ވަނީ، "ބަޔަކު ވަރަށް ހަރުކަށިކަމާއެކު ނުކުމެ މި ވެރިކަން ނިންމަން ވެއްޖެ. ކޮންމެ ދުވަހަކު އެތައް މުސްލިމުންގެ މައްޗަށް އަނިޔާވެރިކަން ހިންގަމުންދާ ޖައްބާރު، އިބޫސޯލިހް ހަމަބިމަށް ތިރިކުރަން ވެއްޖެ. ޓްވީޓް ކުރަން ތިބެގެން ވާކަށް ނެތް. ލޭއޮހޮރުވުމަކުން ވެސް ބަދަލު ކުރަން ވެއްޖެ" މިހެންނެވެ.
މި ޓްވީޓް ކޮށްފައި ވަނީ 2 ފެބްރުއަރީ 2023 ގައެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ލޭއޮހޮރުވުމަށް ގޮވަލައި، ޓެރަރިޒަމަށް ހިތްވަރުދީ ކުރާ ޓްވީޓްގެ މައްސަލަތައް ފުލުހުން ބަލައި ސޯޝަލް މީޑިއާގައި އެފަދަ ޕޯސްޓްތައް ކުރާ މީހުން ހައްޔަރު ކޮށް، އެ މީހުންގެ މައްޗަށް ދައުވާ ވެސް އުފުލާފައެވެ. ނަމަވެސް ޝިއުނާ އާއި މެދު އެފަދަ ދައުވާއެއް އުފުލާފައި ނުވަނީ ފުލުހުން އިންސާފު ގާއިމު ކުރުމުގައި ރައްޔިތުންގެ މެދުގައި ހަމަހަމަ ކަން ބޭއްވުމުގެ ބަދަލުގައި، ތަފާތު ކުރުންތައް ގެންގުޅޭތީ ކަމަށް ބުނެ އެކަމުގެ ޝަކުވާ ސޯޝަލް މީޑިޔާގައި ދިވެހި އެތައް ރައްޔިތުންނެއް ދަނީ ކުރަމުންނެވެ.
މައްސަލާގެ މައުލޫމާތު އެނގޭ ފަރާތަކުން ދިޔަވަރު އަށް ކިޔާދީފައިވާ ގޮތުގައި، މުއިއްޒުގެ ނުފޫޒުން އެ މައްސަލަ މިހާރު ފުލުހުންގެ މުއައްސަސާއިން ވީ ގޮތެއް ނޭނގި ގެއްލިފައިވާ ކަމަށެވެ.