ޚަބަރު

ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމުގެ ނަމުގައި ޗައިނާގެ އަސްކަރިއްޔާގެ 68 ހަނގުރާމަ މަތީ މަނަވަރާއި، 7000 ކަނޑުގެ ސިފައިން ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ގެނައުމަށް ސިއްރު އެއްބަސް ވުމުގައި ވާކަން ހާމަ ވެއްޖެ!

ދިޔަވަރު
ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމުގެ ނަމުގައި ޗައިނާގެ އަސްކަރިއްޔާގެ 68 ހަނގުރާމަ މަތީ މަނަވަރާއި، 7000 ކަނޑުގެ ސިފައިން ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ގެނައުމަށް ސިއްރު އެއްބަސް ވުމުގައި ވާކަން ހާމަ ވެއްޖެ!

ދިވެހިރާއްޖޭގެ މިނިވަންކަން ވަރުގަދަކުރުމަށް ޗައިނާއިން އަސްކަރީ އާލާތްތައް ހޯދުމަށް އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމުގެ ނަމުގައި ޗައިނާގެ އަސްކަރިއްޔާގެ 68 މަނަވަރާއި 7000 ސިފައިން ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ގެނައުމަށް ދެ ޤައުމުން އެއްބަސް ވެއްޖެއެވެ.

ރާއްޖޭގެ ޤައުމިއްޔަތާއި މިނިވަން ކަމާއި، އިސްތިޤްލާލް ހިމާޔަތް ކުރުމުގެ ނަމުގައި، ބޭރުގެ 7000 ސިފައިން ރާއްޖެ ގެނެސް، 68 މަނަވަރެއް ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ގެނައުމަށް މުއިއްޒު ޗައިނާއާއި އެކު އެއްބަސް ވެފައި މިވަނީ، ރާއްޖޭގެ ސަރަހައްދު ރާއްޖެއަށް އެކަނި ނުބެލެހެއްޓޭނެ ކަމަށް ބުނިތާ 2 ދުވަސް ފަހުންނެވެ.

އިއްޔެ ޗައިނާއާއި އެކު ކުރި ސިއްރު މިލިޓަރީ އެއްބަސްވުމުގައި ނަން ލީތަލް ހަތިޔާރުވެސް ރާއްޖެއަށް ދިނުމަށް ހަމަ ޖެހިފައިވެއެވެ. އޭގެ ތެރޭގައި، ކަރުނަ ގޭހާއި، ބާރުގަދަ މުގުރި ތަކާއި، ޝީލްޑްތަކާއި، ޓީޒަރު ތައް ހިމެނޭ ކަމަށް މައުލޫމާތު ލިބިފައި ވަނިކޮށް މުއިއްޒު ވަނީ މިކަން މިރޭގެ ވަގުތެއްގައި ކަށަވަރު ކޮށްދީފައެވެ. ޗައިނާ އާއި ދެކޮޅަށް މުޒާހަރާ ކުރާ ފަރާތްތަކާއި ކުރިމަތިލުމަށް ޗައިނާއިން ހަތިޔާރު ގެންނަން ނިންމާފައިވާތީ ރައްޔިތުން ވަނީ ކަންބޮޑު ވުން ފާޅުކޮށްފައެވެ.

މިރޭ ދ.މީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ޗައިނާއާއެކު ހަދާފައިވާ އެއްބަސްވުމުގައި ނަން ލީތަލް އަސްކަރީ އާލާތް ލިބޭނޭ ކަމަށާއި، ދިވެހި ސިފައިންނަށް ބޭނުންވާ ތަމްރީނުތައް ހެދުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

މި އެއްބަސްވުމުގެ ތެރެއިން އަސްކަރީ ހަނގުރާމަ މަތީ 68 މަނަވަރާއި 7000 ސިފައިން ގެންނަން އެއްބަސް ވެފައިވާއިރު، މި އެއްބަސްވުމުގެ ބޭނުމަކީ ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަން ވަރުދަގަ ކުރުން ކަމަށް ވެސް އެމަނިކުފާނު މިރޭ ވިދާޅުވިއެވެ.

ޗައިނާ 7000 ސިފައިން ރާއްޖޭގެ މިނިވަންކަން ދިފާޢު ކުރުމުގެ ނަމުގައި އަންނަނީ ހަތިޔާރާއި އެކު އެވެ. މީގެ ތެރޭގައި ބަރު ހަތިޔާރު ހިމެނެއެވެ.

އިންޑިޔާ ކަނޑުގެ ސަރަހައްދީ ނުތަނަވަސް ކަން ގޯސްކޮށް ރާއްޖޭގެ ސަބަބުން މި ސަރައްހައްދު ހަނގުރާމައަކާއި ދިމާލަށް ދާން ތައްޔަރުކޮށް ރާއްޖޭގެ ވެރިކަމުގައި އުމުރުދުވަހު ހުރުމަށް މުއިއްޒު ދަނީ އަޑިނޭނގޭ ނުބައި ރޭވުންތައް ރާވަމުންނެވެ.