ރައީސް މުއިއްޒު ގެންދަވަނީ ޤާނޫނު އަސާސީގައި ބޮޑު އެއްބާރު ކަމަށް ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ބޭނުން ކަނޑާލާ ބާރުތައް އަތްމައްޗަށް ނެގުމުގެ މަސައްކަތްކުރަމުން، ކަމަށާއި، ފައިސާ ދީގެން 12 މެންބަރަކު ނިތްކުރިއަށް ރުލެއް އަރުވާނުލާ ފެންފޮދެއްބޯލާހެން ގެންދިޔައިރު އިތުރު މެންބަރުންނަށް ވެސް ފައިސާ ހުށައެޅި ކަމަށް ރައީސް ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނު ބ އަތޮޅު، ރ އަތޮޅު އަދި ނ އަތޮޅަށް ކުރަމުންދާ ދަތުރުފުޅުގެ ތެރެއިން ނ. މަނަދޫގައި ހުންނަވައި ދެއްކެވި ވާހަކަފުޅެއްގައެވެ.
ރައީސް ޞާލިޙް އިތުރަށް ވިދާޅުވީ، ގަދަބާރާއި ބިރުވެރިކަމާއި ނުފޫޒު އިންތިހާއަށް ބޭނުކުރަންފެށުމުން ވެރިކަމަށް ހަފްތާއެއް ނުވަނީސް ސަރުކާރު ހިންގާ ދެ ޕާޓީ ބައިބައި ވެއްޖެ ކަމަށެވެ. އަދި ރައްޔިތުންނަށް އެމްޑިޕީން ހޯދައިދިން ބަސްބުނުމާއި ފާޑުކިޔުމުގެ މިނިވަންކަމަށް ވެސް މި ސަރުކާރުން ހުރަސްއަޅަން ފަށާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ..
ރައީސް ސޯލިހް ވަނީ ރާއްޖޭގައި އަމާން ކަމާއި އެކު 5 އަހަރުގެ ވެރިކަމެއް އެއްވެސް ބާރެއްގެ މައްޗަށް އަރައި ނުގަނެ ކޮށްދީފައެވެ.