ވެރިކަމުގެ މިހާ ކުރީ ކޮޅު، ރައްޔިތުންނަށް އަނިޔާވެރި ވުމަށް، ރާއްޖޭގެ މިނިވަން ކަން ދިފާއު ކުރުމަށް ކަމަށް ބުނެ، މުޒާހަރާތައް ރޫޅާލުމަށް އަނިޔާވެރި ކަމާއި އެކު ބޭނުން ކުރާ ހަތިޔާރު ތައް ގެންނަން ޗައިނާ އާއި އެކު ވެފައިވާ އެއްބަސް ވެފައި ވާކަން ހާމަ ވެއްޖެއެވެ.
ޗައިނާއިން ރާއްޖެއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިއްޔެ ސޮއިކުރި އެއްބަސްވުމުގެ ދަށުން އެ ގައުމުން ރާއްޖެއަށް އަސްކަރީ އާލާތްތައް ފޯރުކޮށްދީ، ސިފައިން ތަމްރީނުކޮށްދޭނެ ކަމަށް މުއިއްޒު ވަނީ ރޭ ވިދާޅު ވެފައެވެ. މި ގޮތުން ނޮން ލީތަލް ހަތިޔާރުވެސް ރާއްޖެއަށް ދޭނެ ކަމަށް މުއިއްޒު އަށް ވަނީ ބުނެވިފައެވެ.
"އެއީ ހިލޭ އެހީގެ ދަށުން ސިފައިންނަށް ބޭނުންވާ އެކި ކަހަލަ ތަމްރީނުތައް ދިނުމާ އަދި ނޮން ލީތަލް، ލީތަލް ނޫން އެކި ކަހަލަ އާލާތްތައް ހިލޭ ފޯރުކޮށްދިނުމުގެ އެއްބަސްވުމެއް،" ރައީސް ވިދާޅުވި އެވެ.
ނޮން ލީތަލް ހަތިޔާރަކީ، ކަރުނަ ގޭހާއި، ޕެޕަރ ސްޕްރޭ އާއި، ރަބަރު ވަޒަނާއި، ރަޔަޓް ޝީލްޑް ފަދަ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ބޭނުން ކުރާ މީހުން އެއިން މަރުވެގެން ނުދާނެ ވަރުގެ ހަތިޔާރެވެ.
މުޒާހަރާ ތަކުގައި ދިވެހިންނަށް އަނިޔާ ކުރުމަށް، ޗައިނާ އާއި ގުޅިގެން ރާއްޖެއަށް ގެންނަ ކަރުނަ ގޭހާއި، ޕެޕަރ ސްޕްރޭ އަކީ، ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ބަޔަކު މުޒާހަރާ ކޮށްފާނެ ކަމަށް މުއިއްޒު ގެންނަ ހަތިޔާރު ތަކެވެ.
ޗައިނާ އަކީ އެ ޤައުމުގެ މުސްލިމުންނަށް އަނިޔާވެރި ބައެކެވެ. މުސްލިމް ޤައުމެއްގެ ވެރިއަކު ލައްވައި ޗައިނާގެ ހަތިޔާރު ބޭނުން ކޮށްގެން މުސްލިމުންތަކަކަށް އަނިޔާ ކުރުން ވެގެން ދާނީ ޗައިނާ އަށް ލިބޭ ކުރިއެރުމަކަށެވެ.