ޚަބަރު

ރޯދަމަހު ސާޖިދާއާއެކު ކަރޯކޭ ކުޅުއްވުމަށް މުލިއާ ގެއަށް ވަޑައިގެންނެވުމަށް މުއިއްޒު ވަޒީރުންނަށް އަންގަވައިފި!

ދިޔަވަރު
ރޯދަމަހު ސާޖިދާއާއެކު ކަރޯކޭ ކުޅުއްވުމަށް މުލިއާ ގެއަށް ވަޑައިގެންނެވުމަށް މުއިއްޒު ވަޒީރުންނަށް އަންގަވައިފި!

ރައީސް މުއިއްޒުގެ އަނބި ކަނބަލުން ސާޖިދާ މުހައްމަދުއާއެކު ކަރޯކޭ ކުޅުއްވުމަށް, ވަޒީރުން މުލިއާގެއަށް ވަޑައިގެންނެވުމަށް ރައީސް މުއިއްޒު ކެބިނެޓް ވަޒީރުންނަށް އަންގަވައިފިއެވެ.

ވަޒީރުންނަށް ކަރޯކޭ ކުޅުއްވަން މުލިއާގެއަށް ވަޑައިގެންނެވުމަށް މުއިއްޒު އަންގަވާފައިވާއިރު, "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, ސާޖިދާއާއެކު ކަރޯކޭ ކުޅުއްވުމަށް މުލިއާގެއަށް ވަޑައިގެންނެވުމަށް މިހާރު ހަމަޖެހިފައިވާ ވަޒީރުންގެ ތެރޭގައި ހެލްތު މިނިސް އަބުދުالله ޚަލީލުއާއި, ހޯމް މިނިސްޓަރ އަލީ އިހުސާންއާއި އަދި އޭގެ އިތުރުން ރައީސް މުއިއްޒުގެ އިސް މުޝީރު އަދުރޭގެ ދަރިފުޅު އިބުރާހިމް ފައިސަލްގެ އިތުރުން އިކޮނޮމިކް މިނިސްޓަރ ސައީދު ހިމެނެއެވެ.

ސަޖިދާއާއެކު ކަރޯކޭ ކުޅުއްވަން މުލިއާގެއަށް ވަޑައިގަތުމަށް ވަޒީރުންނަށް މުއިއްޒު އަންގަވާފައިވާއިރު, ދައުލަތުގެ މާލިއްޔަތުން ޚަރަދުކޮށްގެން މުލިއާގެއަށް އަގުބޮޑު ކަރޯކޭ ސިސްޓަމެއް ވަނީ ގަނެފައެވެ. މި ކަރޯކޭ ސިސްޓަމް ގަނެފައިވަނީ މަޝްހޫރު ވިޔަފާރަވެރިޔާ ޖަނާހު ސާޖިދާއަށް ދެއްވާ "ރޯދަ ހަދިޔާ"ގެ ގޮތުގައި އެއްލައްކަ އެމެރިކާ ޑޮލަރު ފަންޑުކޮށްދީގެންނެވެ.

ޖަނާހުއަކީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު, އިކޮނޮމިކް އެޑްވައިޒަރުކަމަށް އައްޔަން ކޮށްފައިވާ ފަރާތެކެވެ. އަދި އޭނާ ދަނީ އިންވެސްޓަރުން ހޯދާ ދިނުމުގެ ނަމުގައި ރައީސް މުއިއްޒު ރާއްޖެއިން ބޭރަށް ކުރައްވަމުން ގެންދަވާ ހުރިހާ ދަތުރުފުޅެއްގައިވެސް ބައިވެރި ވަމުންނެވެ.

”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން މުލިއާގޭގެ އޮފިޝަލަކު ވިދާޅުވީ ކުރިޔަށް އޮތް ރޯދަމަހަށް ތައްޔާރުވުމަށް ސާޖިދާ މުލިއާގެއަށް ގަނެފައިވަނީ ދުނިޔޭގެ އެންމެ އަގުބޮޑު އެއް ބްރޭންޑް ކަމުގައިވާ އެވަލޮން އެކޯސްޓިކް އައިސިސް ސިގްނޭޗަރ ބްރޭންޑުގެ ކަރޯކޭ ސިސްޓަމެއް ކަމުގައެވެ.

އެ ބްރޭންޑްގެ ކަރޯކޭ ސިސްޓަމްތައް ސިންގަޕޯރުގައި ލިބެން ހުރީ 180 ހާސް އެމެރިކާ ޑޮލަރަށެވެ. މުލިއާ ގެއިން ވާހަކަ ދެއްކި އޮފިޝަލް ވިދާޅުވީ, ކަރޯކޭ ސިސްޓަމް ގަތުމަށް އެއްލައްކަ އެމެރިކާ ޑޮލަރު ޖަނާހު ހަދިޔާ ކުރެއްވީ މެޑަމް ސާޖިދާއަށް ދެއްވާ ”ރޯދަ ހަދިޔާ“އެއްގެ ގޮތުގައި ކަމުގައެވެ. ކަރޯކޭ ސިސްޓަމް ގަތުމަށް 80 ހާސް ޑޮލަރު ދެއްކީ މުލިއާގޭ ބަޖެޓުން ކަމުގައި އޮފިޝަލް ވިދާޅުވިއެވެ.

“ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދިން, މުލިއާގޭ އިސް އޮފިޝަލު ވިދާޅުވީ މެޑަމް ސާޖިދާއަކީ ކަރޯކޭއަށް ވަރަށްބޮޑަށް ޝައުގުވެރިކަން ހުންނަވާ ކަނބަލަކަށް ވުމާއެކު, ސާޖިދާ ކަރޯކޭ ކުޅުއްވުމަށް 180 ހާސް ޑޮލަރުގެ އަގުބޮޑު ކަރޯކޭ ސިސްޓަމް ގަނެފައިވަނީ ސިންގަޕޯރއިން ކަމުގައެވެ.

180,000 ހާސް ޑޮލަރަކީ, ޑޮލަރުގެ މިހާރުގެ އަގުން ބަލާނަމަ 3 މިލިއަނެއްހާ ރުފިޔާއެވެ. މެޑަމް ސާޖިދާ ކަރޯކޭ ކުޅުއްވަނީ ހިންދީ ލަތަކަކަށް ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

ވެރިކަމަށް ވަޑައިގަތުމަށްފަހު އަމިއްލެ ގެކޮޅު މ. ދިމްޔާތުގައި 80 ދުވަހު ދިރިއުޅުއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އާއިލާ، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގެއަށް ބަދަލުވެވަޑައިގެންނެވީ މިމަހު ކުރީކޮޅުއެވެ.

މުއިއްޒު މުލިއާގެއަށް 80 ދުވަސް ވަންދެން ނުގޮސް މަޑުކުރީ، މުއިއްޒުގެ އަނބިކަބަލުން ބޭނުންވާ ފެންވަރަށް މުލިއާގެ ޒީނަތްތެރިކޮށް، ޑެކަރޭޓް ކުރުމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މުލިއާގޭގައި ވަނީ ޔޫރަޕުން ގެނައި ލަގްޒަރީ ޖަކޫޒީ އެއްވެސް ހަރުކޮށްފައެވެ. މުލިއާގެއަށް ޖަކޫޒީ ވެއްދިތަން ގިނަބަޔަކަށް ފެނިފައިޥާއިރު، އޭގެ ވީޑިޔޯވެސް ބައެއް ފަރާތްތަކުގެ އަތުގައި ހުރިކަމަށް މައުލޫމާތު ލިބެއެވެ.

ލަގްޒަރީ ޖަކޫޒީ ހަރުކޮށް، މުލިއާގެ ހައިބަތު އިތުރު ކުރުމަށް 23 މިލިއަން ރުފިޔާ ދައުލަތުގެ މާލިއްޔަތުން ޚަރަދު ކޮށްފައިވެއެވެ.

ރައީސް މުއިއްޒުގެ އަނބިކަބަލުންނަކީ އަގުބޮޑު ދިއުޅުއްވުމަށް ލޯބިކުރާ ފަރާތެކެވެ. އެހެންނަމަވެސް އަމިއްލަ ދިރިއުޅުއްވުމަށްވެސް ޚަރަދު ކުރައްވަމުން ގެންދަވަނީ ދައުލަތުގެ މާލިއްޔަތުންނެވެ. އެހެންނަމެވެސް, ރައީސްއާއި އަނބިކަނބަލުންނަށްވެސް އަމިއްލަ ދިރިއުޅުއްވުމަށް ދައުލަތުގެ މާލިއްޔަތުން ޚަރަދުކުރުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ.

ރައީސް މުއިއްޒުއައި އަނބިކަބަލުންގެ މި ކޮރަޕްޝަންގެ އަމަލުތަކަށް އޭސީސީ އޮތީ ދެލޯ މަރާލައިގެންނެވެ.