ޚަބަރު

ރޯދަ މަހުގެ ފަހު 10 ގައި ފެނަކައި މުވައްޒަފުންނަށް ޗުއްޓީ ނުދޭގޮތަށް ނިންމައިފި, ވެރިކަމަށް ވަޑައިގެންނެވުމަށްފަހު, ރޯދަމަހުގެ ފަހު 10 ބަންދުވާނެކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ދޮގެއް!

ދިޔަވަރު
ރޯދަ މަހުގެ ފަހު 10 ގައި ފެނަކައި މުވައްޒަފުންނަށް ޗުއްޓީ ނުދޭގޮތަށް ނިންމައިފި, ވެރިކަމަށް ވަޑައިގެންނެވުމަށްފަހު, ރޯދަމަހުގެ ފަހު 10 ބަންދުވާނެކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ދޮގެއް!

ކޮންމެ ރޯދަ މަހަކުވެސް ފަހު ދިހަ ދުވަސް އެއީ ސަރުކާރު ބަންދުކޮށް ދައުލަތުގެ މުވައްޒަފުންނަށް ލިބޭ ޗުއްޓީއަކަށް ހައްދަވާނެކަމަށް މުއިއްޒު ވެފައިވާ ވައުދާއި ޚިލާފަށް, ރޯދަމަހުގެ ފަހު 10ގައިވެސް ފެނަކައިގެ މުވައްޒަފުން ވަޒީފާއަށް ނިކުންނަން ޖެހޭނެ ކަމަށް އެކުންފުނިން މުވައްޒަފުންނަށް އަންގައިފިއެވެ.

ފެނަކަ ކޯޕަރޭޝަންއިން ނެރެފައިވާ ސާކިއުލާއެއްގައި ވާގޮތުން ރޯދަމަހުގެ ފަހު 10 ދުވަހުގައިވެސް އެ ކުންފުނީގެ ހެޑް އޮފީސް އަދި ބްރާންޗްތަކުގެ ހުރިހާ މުވައްޒަފުންވެސް ރަސްމީ މަސައްކަތަށް ނިކުންނަށް ޖެހޭނެއެވެ.

ރަމަޟާން މަހުގެ ފަހު 10 ދުވަހުގައި ހެޑް އޮފީސް އަދި ބްރާންޗްތަކުގެ ހުރިހާ މުވައްޒަފުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 އިން ފެށިގެން މެންދުރު 13:00 އަށް.. ކަމުގައި ދެންނެވީމެވެ.

ފެނަކަ ކޯޕަރޭޝަންއިން ނެރެފައިވާ ސާކިއުލާގައި ވެއެވެ.

އެހެންނަމަވެސް ފާއިތުވި ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ, ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިއްޖެނަމަ, ދައުލަތުގެ ހުރިހާ މުވައްޒަފުންނަށްވެސް, ރޯދަމަހުގެ ފަހު ދިހަ ރަސްމީ ބަންދަކަށް ވެގެން ދާނެކަމަށެވެ.

ރައީސް މުއިއްޒު ފާހަގަވެފައިވަނީ ދޮގު ވައުދުތައްވެސް, މަކަރާއި ހީލަތުން ވެރިކަަމަށް ވަޑައިގެންނެވި ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަވެސް ކުރައްވާނޭކަމެއްގެ ގޮތުގައި މުއިއްޒު ވިދާޅުވީ ރައީސް ޔާމިން މިނިވަންކުރެއްވުމެވެ. ރައީސްކަމަށް ވަޑައިގެންނެވުމަށް މުއިއްޒު ކުރެއްވި މުޅި ކެމްޕޭންވެސް ބިނާކުރެއްވީ ހުސް ގޮނޑި ދައްކަވައިގެން, ރާއްޖޭގެ އެތައް ސަތޭކަ އާންމު ރައްޔިތުންނެއް އެ ޖަޒުބާތުގަ ޖައްސަވައިގެންނެވެ.

މުއިއްޒު ވަނީ ފާއިތުވި ރިޔާސީ ކެމްޕޭންގެ ހުރިހާ ޖަލްސާއެއްގަވެސް, ރައީސް ޔާމިންގެ ނަންޖެހި ހުސްގޮނޑިއެއް, ޝަރަފްވެރި މެހެމާންގެ ގޮތުގައި ބައްޓާފައެވެ. ރައްޔިތުންގެ އަރިހުން ވޯޓު ދިނުމަށް އެދި މުއިއްޒު އާދޭސް ކުރަމުން ދިޔައީ އެ ހުސް ގޮނޑި ދައްކަވައިގެންނެވެ.

ވައުދާއި އަހުދުތައް ވަމުން ގޮސްފައިވަނީ ރައީސް ޔާމިން މިނިވަން ކުރާނޭކަމަށް ވިދާޅުވެ ހުވާ ކުރައްވަމުންނެވެ.

އެހެންނަމަވެސް މުއިއްޒުގެ ވެރިކަމަށް 100 ދުވަސް ފުރިގެން ދިޔައިރު, ވަނީ ރައީސް ޔާމިން މިނިވަން ކުރައްވާނެކަމަށް ވީ ވައުދުގެ މަތިން މުއިއްޒު ހަދާން ނައްތަވާލައްވާ, އެވައުދުތަކަށް ޚިޔާނާތްތެރި ވެފައެވެ. މިއަދު ގިނަ ބަޔަކު ގަބޫލުކުރަނީ މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައީސް ޔާމިންގެ ނަން ވިއްކައިގެން މަކަރާއި ހީލަތުން ކަމުގައެވެ.

އޭގެ އިތުރުން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރާނެކަމަށް ވައުދު ވުމަށްފަހު, މުއިއްޒުވަނީ އެ ވައުދުތަކަށްވެސް ޚިޔާނާތްތެރި ވެފައެވެ. އެގޮތުން ވެރިކަމަށް ވަޑައިގެންނެވުމަށްފަހު މިހާރު މުއިއްޒުވަނީ ފެނަކަ ކޯޕަރޭޝަންގެ އެތައް ސަތޭކަ މުވައްޒަފުންނެއް ނުހައްގުން ވަޒީފާއިން ވަކިކޮށްފައެވެ.