ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށަށް ގޮސް, ދައުލަތުގެ ޚަރަދު ކުޑަކުރުމަށް, ސަރުކާރުގެ އެއްވެސް އިދާރާއަކަށް އަލަށް މުވައްޒަފަކު ނުނެގުމަށާއި, އަދި މުސާރަވެސް ބޮޑު ނުކުރުމަށް ފިނޭންސް މިނިސްޓްރީން އަންގާފައި ވަނިކޮށް, ގދ. ތިނަދޫ ވެމްކޯއިން 18 މީހަކަށް ވަޒީފާ ދީފިއެވެ.
"ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ފަރާތުން ވިދާޅުވި ގޮތުގައި, ތިނަދޫ ވެމްކޯ ބްރާންޒުން 18 މީހަކަށް ވަޒީފާ ދީފައިވަނީ ތިނަދޫ ދެކުނު ދާއިރާއަށް ވާދަކުރައްވަމުން ގެންދަވާ ޝަރީފަށް ކެމްޕޭން ކޮށްދިނުމަށް ޝަރުތު ކޮށްފައި ކަމުގައެވެ. ޝަރިފްއަކީ, ވެމްކޯގެ އެމްޑީ މުޖުތަބާ ޖަލީލްގެ އެއްބަނޑު ބޭބެއެވެ.
މަޖްލިސް އިންތިހާބަށް ތިނަދޫ ވެމްކޯއިން ވަޒީފާ އަށް މިހާތަނަށް ނެރެފައިވަނީ
- 2 މެނޭޖަރުން
9 އެސިސްޓެންޓް މެނޭޖަރުން
- 7 ސުޕަވައިޒަރުން
"ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ފަރާތުން ބުނެފައިވަނީ, މި މުވައްޒަފުން ކުރާނެ މަސައްކަތެއް އޮފީހެއް އަދި އިށީންނާނެ ގޮނޑިއެއްވެސް ނެތް ކަމަށާއި, މި އެންމެގެވެސް ވަޒީފާގެ މަސްއޫލިއްޔަތަކީ ކާޑު ޖަހާލާފަ ގެޔަށް ދިއުން ކަމުގައެވެ.
މެނޭޖަރުންނަށް ހަމަޖެއްސި ފަރާތްތައް:
- ޖަމްޝީދު
- ޖާވިދު
އެސިސްޓަންޓް މެނެޖަރުންނަށް ހަމަޖެއްސި ފަރާތްތައް:
- އަޝްމަލް
- އާމިލް
- ޝަހާއު
- އައިފާން
- ހުޒޭ
- އަމްދު
- ފާރިޝް
- އިކުލީލް
- މުހައްމަދު އަހުމަދު
ސުޕަރވައިޒަރުންނަށް ހަމަޖެއްސި ފަރާތްތައް:
- ސުމްބެ
- އަޝަމް
- އަމްޖަދު
- ޝަރުވާން
- ޖަނާހު
- ނަބާ
ސަރުކާރުގެ މާލީ ހާލަތު ދަށްވެ, ޚަރަދު ކުޑަކުރަންޖެހޭކަމަށް ވިދާޅުވެ, އެއްވެސް އާ މުވައްޒަފަކު ނުނެގުމަށާއި, މުސާރަވެސް ބޮޑު ނުކުރުމަށް އަންގާ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ސަރުކާރުގެ އޮފީސްތަކަށް ސާކިއުލާ ފޮނުވުމަށްފަހު މުއިއްޒު ގެންދަވަނީ, ކުންފުނިޔަކުންނާއި އަދި ސިޔާސީ މަގާމްތަކަށް މީހުން އައްޔަން ކުރަމުންނެވެ.
އެގޮތުން ވަޒީފާތައް ދެމުންދަނީ ކުރިޔަށް އޮތް މަޖިލިސް އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ މަގުސަދުގައެވެ.