ޚަބަރު

ކަރޯކޭ ޖެއްސުމަކީ ރައީސްގެ އާއިލާއިން ކޮށް އުޅޭ ކަމެއް ނޫން ކަމަށް ރައީސް އޮފީހުން ބުނެފައި ވަނިކޮށް، ސާޖިދާ ކަރޯކޭއެއްގައި ލަވަ ކިޔާ ވީޑިޔޯއެއް ސޯޝަލް މީޑިޔާގައި އާންމު ވެއްޖެ!

ދިޔަވަރު
ކަރޯކޭ ޖެއްސުމަކީ ރައީސްގެ އާއިލާއިން ކޮށް އުޅޭ ކަމެއް ނޫން ކަމަށް ރައީސް އޮފީހުން ބުނެފައި ވަނިކޮށް، ސާޖިދާ ކަރޯކޭއެއްގައި ލަވަ ކިޔާ ވީޑިޔޯއެއް ސޯޝަލް މީޑިޔާގައި އާންމު ވެއްޖެ!

ކަރޯކޭ ޖެއްސުމަކީ ރައީސްގެ އާއިލާއިން ކޮށް އުޅޭ ކަމެއް ނޫން ކަމަށް ރައީސް އޮފީހުން ބުނެފައި ވަނިކޮށް، ސާޖިދާ ކަރޯކޭއެއްގައި ލަވަ ކިޔާ ވީޑިޔޯއެއް ސޯޝަލް މީޑިޔާގައި އާންމު ވެއްޖެއެވެ. ހަސަން ކުރުސީ ކިޔާ އެކައުންޓަކުން ކޮށްފައިވާ މި ޓްވީޓް ގައި، ސާޖިދާ ބަޔަކާއި އެކު މަޖާ ކުރަނިކޮށް ނަގާފައިވާ ފޮޓޯއަކާއި، އޭގެ އިތުރުން ފިރިހެނަކާއި އެކު ލަވަ ކިޔާ ވީޑިޔޯ އެއްގައި ސާޖިދާ ކަމަށް ބެލެވޭ މީހެއް ލަވަކިޔާ މަންޒަރު ފެނެއެވެ.

ދިޔަވަރު ނޫހުން ބެލި ބެލުމުގައި މި ވީޑިޔޯގައި ލަވަ ކިޔާފައިވަނީ ސީދާ ސާޖިދާ ކަން ކަށަވަރު ވާރަށް ވީޑިޔޯ ސާފު ނުވިއަސް، ހަރަކާތްތައް ހުރި ގޮތުން ލަވަ ކިޔަމުން ދަނީ ސާޖިދާ ކަން ސާފުވެއެވެ.

https://twitter.com/HKurusee/status/1765320211698225629?s=20
ހަސަން ކުރުސީ ކޮށްފައިވާ ޓްވީޓް

ސޯޝަލް މީޑިޔާގައި މީގެ ކުރިން އާންމު ވެފައިވާ ފަސްޓްލޭޑީ ސާޖިދާ ބައްލަވައި ގެންނެވި އަގު ބޮޑު ސްޕީކަރ ސެޓްގެ ފޮޓޯ އަކީ ވެބްސައިޓަކުން ނަގާފައިވާ ފޮޓޯއެއް ކަމުގައި ވިއަސް، މުލިއާގެއަށް ރަމަޟާން މަހަށް އަގު ބޮޑު ކަރޯކޭ ސިސްޓަމެއް ގެނެސް ފައިވާ ވާހަކަ އަކީ ތެދު ވާހަކަ އެކެވެ. ނަމަވެސް ރައީސް އޮފީހުން ވަނީ މިކަން ދޮގު ކޮށްފައެވެ.

އެކަން ދޮގު ކުރައްވަމުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހީމް ޚަލީލް ވިދާޅުވީ މިއީ އެއްވެސް ދުވަސްވަރެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޢާއިލާއިން ގޭތެރޭގައި ކުރައްވާކަމެއް ވެސް ނޫން ކަމަށެވެ.

ނަމަވެސް މާލޭގެ ގިނަ އާއިލާ ތަކުގެ މެދުގައި ކަރޯކޭ ކުޅުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ.