ޚަބަރު

ޕާޓީކުރާ ތަނެއްގައި, ސާޖިދާ ކަރޯކޭއަށް ލަވަ ވިދާޅުވީ ހިލޭ ފިރިހެނަކާއެކު, ސަލަފް ޖަމިއްޔާއިން ހަނު!

ދިޔަވަރު
ޕާޓީކުރާ ތަނެއްގައި, ސާޖިދާ ކަރޯކޭއަށް ލަވަ ވިދާޅުވީ ހިލޭ ފިރިހެނަކާއެކު, ސަލަފް ޖަމިއްޔާއިން ހަނު!

ކަރޯކޭ ޖެއްސުމަކީ ރައީސްގެ އާއިލާއިން ކޮށް އުޅޭ ކަމެއް ނޫން ކަމަށް ރައީސް އޮފީހުން ބުނެފައި ވަނިކޮށް، މިއަދު ސޯޝަލް މީޑިއާގައި އާންމުވި ސާޖިދާ ކަރޯކޭ ކުޅުއްވާ ވީޑިއޯގައި ކަރޯކޭ ކުޅުއްވާފައިވަނީ ހިލޭ ފިރިހެނުންނާއެކު ކަން ހާމަވެއްޖެއެވެ.

ކުރިޔަށް އޮތް ރޯދަމަހު ސާޖިދާ ކަރޯކޭ ކުޅުއްވުމަށް މުލިއާގެއަށް އަގުބޮޑު ކަރޯކޭ ސިސްޓަމެއް ވައްދާފައިވާކަމަށް ނޫސްތަކުގައި ރިޕޯޓު ކުރުމާއެކު, ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް ވަނީ އެކަން ދޮގު ކޮށްފައެވެ. އެހެންނަަމެވެސް ޙަލީލު ސާޖިދާ ކަރޯކޭ ކުޅުއްވާކަން ދޮގު ކޮށްފައި ވަނިކޮށް ސޯޝަލް މީޑިއާގައި ވަނީ ސާޖިދާ ބަޔަކާއި އެކު މަޖާ ކުރަނިކޮށް ނަގާފައިވާ ފޮޓޯއަކާއި، އޭގެ އިތުރުން, ޕާޓީ ކުރަމުން, ހިލޭ ފިރިހެނަކާއެކު ކަރޯކޭއަށް ލަވަ ވިދާޅުވަނިކޮށް ނަގާފައިވާ ވީޑިއޯއެއް އާންމު ވެފައެވެ.

އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ޕާޓީކުރާ ތަނެއްގައި ސާޖިދާ, ހިލޭ ފިރިހެނަކާއެކު ކަރޯކޭއަށް ލަވަ ވިދާޅުވާ މަންޒަރެވެ. އަދި އެ ވީޑިއޯއިން ސާޖިދާ ކަރޯކޭ ލަވައަށް ނައްޓަވާ މަންޒަރުވެސް ފެނިފައި ވެއެވެ.

އިސްލާމް ދީނުގެ އަސާސްތަކާއި ޚިލާފު, ސާޖިދާގެ މިފަދަ ވީޑިއޯއެއް އާންމުވެގެން ދިޔައިރުވެސް, ދިވެހިރާއްޖޭގައި އިސްލާމްދީން ދިރުވާ, އަދި އެދީނުގެ އުސޫލުތައް ދެމެހެއްޓުމަށް ވަކާލާތު ކުރާ ކަމަށް ބުނާ ސަލަފް ޖަމިއްޔާއިން މިހާތަނަށް އައިއިރުވެސް މިކަމާއި ގުޅޭގޮތުން އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

އެހެންނަމަވެސް މި ޖަމިއްޔާއަކީ މީގެ ކުރީގެ ވެރިކަންތަކުގައި, މިފަދަ ކަންކަމާއި ގުޅޭގޮތުން އެންމެ ބޮޑަށް އަޑު އުފުލާ, އެކިއެކި ފަރާތްތަކަށް އެންމެ ބޮޑަށް ފާޑުކިޔަމުންދިޔަ ޖަމިއްޔާކަން ފާހަގަ ކޮށްލެވެއެވެ.

ސަލަފް ޖަމިއްޔާއަކީ މި ސަރުކާރުގެ އިސްމަގާމްތަކުގައި އެޖަމިއްޔާއެއްގެ އިސްވެރިން ހިމެނޭ ޖަމިއްޔާއެކެވެ. އަދި ސަލަފް ޖަމިއްޔާގެ އިސް ފަރާތެއް ކަމުގައިވާ, ސާޖިދާގެ ބޮޑު ބޭބެ ޝޭއިޙް ލަތީފް އަކީ މިނިސްޓަރުން ފެންވަރުގައި އިސްލާމީ މަރުކަޒުގެ އިމާމްކަމަށް އައްޔަން ކުރައްވާފައިވާ ފަރާތެކެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް, މިއުޒިކާއި ލަވަކިއުމާއި, ދެޖިންސުގެ މީހުން ގައިގޯޅިވެސް މަޖާ ކުރުމުގެ ފުސަތުދަނީ ވަރަށްބޮޑަށް ތަނަވަސް ކޮށްދެމުންނެވެ. އަދި ދީނަށް ފުރައްސާރަ ކުރުމުގެ އަމަލުތައްވެސް ދަނީ ގިނަވަމުންނެވެ.

އެހެންނަމަވެސް ދީނީ ކަންކަމަށް ވަކާލާތު ކުރާ ސަލަފް ޖަމިއްޔާގެ އިސްވެރިން ދަނީ ހަނު ތިބެމުންނެވެ.