ޚަބަރު

ވަޒީފާއާ އަށްޓަކާ "މަރުދަންޖެހޭ" ޒުލްފާ ކެނދިކުޅުދޫ ކައުންސިލަށް އިންޒާރު ދީ, ނޫސް ބަޔާން ބާތިލްކުރަން އެންގީ ގާނޫނާ ޚިލާފަށް: ބަންޑާރަ ނައިބު

ދިޔަވަރު
ވަޒީފާއާ އަށްޓަކާ "މަރުދަންޖެހޭ" ޒުލްފާ ކެނދިކުޅުދޫ ކައުންސިލަށް އިންޒާރު ދީ, ނޫސް ބަޔާން ބާތިލްކުރަން އެންގީ ގާނޫނާ ޚިލާފަށް: ބަންޑާރަ ނައިބު

ކެނދިކުޅުދޫ ކައިންސިލްގެ ނޫސް ބަޔާން ބާތިލްކުރަން އެލްޖީއޭއަށް ނޭންގޭނެ ކަމަށާއި އެކަން އެގޮތަށް ނުކުރެވޭނެކަމަަށް އެލްޖީއޭއަށް ގާނޫނީ ލަފާވެސް ދީފައިވާނެކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އޭޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވިދާޅުވީ، އެ ނޫސް ބަޔާން ބާތިލުކުރަން އެލްޖީއޭއިން އެންގުމުން، އެލްޖީއޭއަށް ގާނޫނީ ލަފާ އަރުވަން ޖެހެނީ އޭޖީން ކަމަށްވާތީ އެގޮތަށް ބަޔާން ބާތިލު ކުރަން ނޭންގޭނެ ކަމަށް އެލްޖީއޭއަށް ލަފާ އަރުވާފައިވާ ކަމަށެވެ.

އުޝާމް ވިސާޅުވީ ކައުންސިލަކުން ގާނޫނު އަސާސީއާ ހިލާފުވެއްޖެނަމަ ފެންނަނަމަ އެލްޖީއޭއިން އަމަލުކުރަން ޖެހޭ ގޮތް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަަށެވެ. އަދި އޭނާ ވިދާޅުވީ އެލްޖީއޭއިން ކައުންސިލްތަކަށް ފިޔަވަޅު އަޅަން ޖެހޭނީ އެ އޮންނަ ޕްރޮސެސްގެ ތެރެއިން ކަމަށެއެވެ.

ކައުންސިލަކުން ނޫސްބަޔާނެއް ނެރުމާ ގުޅިގެން، އެ ނޫސް ބަޔާން ބާތިލު ކުރުމަށް އެލްޖީއޭއަށް އެންގިދާނެ ކަމަށް ގަބޫލު ކުރަން ދަތި. އަޅުގަނޑު ގަބޫލު ކުރާ ކަމެއް ވެސް ނޫން އެއީކީއެއް.

އުޝާމް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ފާއިތުވި ހަފްތާގައި ރާއްޖޭގެ އުތުރުގެ ބައެއް ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކެނދިކުޅުދޫއަށް ވަޑައިގެން ކެމްޕޭން ކުރެއްވިކަމުގެ ތުހުމަތު ކޮށް އެރަށުގެ ރަށުކައުންސިލުން ނެރުނު ބަޔާން ބާތިލްކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގި އެންގުމަށް އިޖާބަ ނުދޭނެކަމަށް ކެނދިކުޅުދޫ ކައުންސިލުން ނިންމާފައި ވެއެވެ. އެއާއެކު، ކައުންސިލަށް ފިޔަވަޅު ނާޅަން އެލްޖީއޭއިންވެސް މިއަދު ވަނީ ނިންމާފައެވެ.

އެލްޖީއޭގެ ރައީސް ޑރ. ޒުލްފާ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވެފައިވަނީ، އެކައުންސިލުން ދެން އެފަދަ އަމަލެއް ތަކުރާރު ނުކުރާނަމަ އެކައުންސިލަށް ފިޔަވަޅު ނާލާނެ ކަމަށެވެ.

އެލްޖީއޭއިން މިގޮތަށް ނިންމާފައިވަނީ, ރައީސް މުއިއްޒު ރޭ ވާހަކަ ދައްކަވަމުން, ކައުންސިލްތަކަށް ފިޔަވަޅު އަޅަން ބޭނުން ނުވާނެކަމަށް ވިދާޅުވި ފަހުންނެވެ. ގިނަބަޔަކު ބުނަމުންދަނީ, އެލްޖީއޭގެ ރައީސްކަމުގައި ހުންނަވައިގެން ޒުލްފާއަކީ މުއިއްޒު ޖަހާހާ ބެރަކަށް ނަށަމުންދާ މީހެއް ކަމުގައެވެ.

ރައީސް މުއިއްޒު ޒުލްފާއަށް އެލްޖީއޭގެ ސީއީއޯއަކަށް އައްޔަންކުރެއްވިއިރު ޒުލްފާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފަތުރުވެރިކަމާ ބެހޭ ވަޒީރުކަން ކުރައްވައިފައެވެ. އެކަމަކު، ނަޝީދު މަގާމުން އިސްތިއުފާ ދެއްވައި ފެބްރުއަރީ ހަތެއް، 2012 ގައި ވެރިކަން ބަދަލުވުމާ ގުޅިގެން އޭނާ ވަނީ ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރައްވައިފައެވެ.

ރައީސް ނަޝީދުގެ ވެރިކަން ނިމި, ވަޒީރުކަން ގެއްލުމުން ގައުމު ދޫކޮށް އޮސްޓްރޭލިއާއަށް ވަޑައިގަތުމަށްފަހުވެސް ޖެހިގެންއައި ހުރިހާ ސަރުކާރެއްގައިވެސް ވަޒީރުކަން ހޯއްދެވުމަށް ޒުލްފާ މަސައްކަތް ކޮށްފައި ވެއެވެ. ޖެހިގެން އައި ކޮންމެ ރައީސެއްގެ އަރިހުންވެސް ކެބިނެޓުން މަގާމެއް ލިބޭތޯ އޭނާ އާދޭސްކޮށްފައި ވެއެވެ.

އެއަށްފަހު ރައީސް ސާލިހުގެ ވެރިަކމުގައިވެސް ޒުލްފާ މަސައްކަތް ކޮށްފައިވަނީ ފަތުރުވެރިކަމާބެހޭ ވަޒީރުކަން ހޯއްދަވާށެވެ. 2018 ވަނަ އަހަރުވެސް ވެރިކަން ބަދަލުވެގެން ދިޔައިރު އޭނާ އޮސްޓްރޭލިއާގައި ހުންނެވުމަށްފަހު ރާއްޖެ ވަޑައިގެންނެވީ ރައީސް ސާލިހުގެ ކެބިނެޓުން މަގާމެއް ކަށަވަރު ކުރެއްވޭތޯއެވެ.

އެހެންނަމަވެސް ޒުލްފާއަކީ މަގާމަށް “މަރުދަންޖެހޭ” އަދި އެކަމަށްޓަކާ ސިޔާސީ ގޮތުން ހަށިވިއްކުމަށްވެސް ތައްޔާރަށް ހުންނަ ފަރާތެއްކަން ރައީސް ސާލިހަށް ރަގަޅަށްވެސް ވަޒަން ކުރެއްވިފައިވާތީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ޒުލްފާއަށް ސިޔާސީ މަގާމެއް ދެއްވަން ރައީސް ސާލިހު ދެކޮޅު ހެއްދެވިކަމަށް ރައީސް ސާލިހުގެ އަރިސް ފަރާތަކުން “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދެއްވާފައި ވެއެވެ.

އެއަށްފަހު ފާއިތުވި 5 އަހަރު އޮސްޓްރޭލިއާގެ ރައްޔިތެއްގެ ގޮތުގައި އެގައުމުގައި ހުންނެވުމަށްފަހު އަނެއްކާވެސް ޒުލްފާ ރާއްޖެ ވަޑައިގެންނެވީ ފާއިތިވެދިޔަ ރިޔާސީ އިންތިޚާބާ ދިމާކޮށެވެ. ވެރިކަން ބަދަލުވާ ދަނޑިވަޅާ ދިމާކޮށް ސިޔާސީ ބޮޑުމަގާމެއް ލިބޭތޯ މަރުފަލި ޖެއްސެވުމަށް ތައްޔާރު ވެގެންނެވެ.

އޭނާ މުއިއްޒުއަށް ދެއްކެވި ހުވަފެނެއް ދައްކަވައިގެންވެސް ކެބިނެޓުން މަގާމެއް ދެއްވަން މުއިއްޒު ދެކޮޅު ހެއްދެވީ ޒުލްފާއަކީ ސިޔާސީ ގޮތުން ހަށިވިއްކާ ބޭކަނބަލެއްކަން ޚުދު މުއިއްޒުއަށްވެސް އެގި ވަޒަން ކުރެވިގެންކަން “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދިން މިސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.

އެހެންނަމަވެސް އެންމެ ފަހުން ޒުލްފާގެ އާދޭސްތަކަށް ކެތް ނުކުރެވިގެން މުއިއްޒު އެއްބަސްވެލެއްވީ އޭނާއަށް އެލްޖީއޭގެ ރައީސްކަން ދެއްވާށެވެ.

ރައީސް މުއިއްޒުގެ ވެރުކަމުގައި ލާމަރުކަޒީ ނިޒާމު ފުނޑާލުމުގެ މޭސްތިރިއަކީ ޒުލްފާއެވެ.