ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހުޅުމާލެއިން ދޫކުރި 50 ބިމެއް ދޫކޮށްފައިވަނީ ނުހައްގުންކަަމަށް ބުނެ, އެބިންތައް އަތުލާނެ ކަމަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާ ބައްދަލުކުރައްވަން ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި، ވ. ފުލިދޫގައި ބޭއްވި ޖަލްސާގައި ފަޒުލް ރޭ ވިދާޅުވީ ހުޅުމާލެއިން ދޫކުރި ބިންތަކާ ގުޅިގެން އާންމުންގެ ކަންބޮޑުވުންތައް ހުރުމުން، އެކަން ބެއްލެވި ކަމަށެވެ.
އެޗްޑީސީން ހޯދި މައުލޫމާތުން، ނުހައްގުން 50 ބިން ކުންފުނިތަކަށް ދޫކޮށްފައިވާ ކަން އެނގެން އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންނަަމަވެސް އޭގެ އެއްވެސް ތަފްސީލެއް އޭނާ ދެއްވާފައެއް ނުވެއެވެ.
"ފަންސާހަކަށް ބިން ހުޅުމާލޭގެ ފޭސް އެކަކުން، ފޭސް ދެއަކުން، ފޭސް ތިނަކުން ދިނީ ނުހައްގުންކަން އަޅުގަނޑު ތަކުރާރުކޮށް ދަންނަވާލަން. މި ކުރެވޭ މަަސައްކަތުގައި ރައްޔިތުންގެ މުދާ ރައްޔިތުންނަށް އަނބުރާ ނަގައިދޭނަން އަޅުގަނޑުމެން،" ފަޒުލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ނުހައްގުން ބިން ދޫކުރި ވާހަކަ މީގެ ކުރިން އޭނާ ދައްކަވާފައިވާތީ އެކަމާ ގުޅިގެން ޕްރެޝަރު އަ އެވެ. އެކަމަކު ޒާތީ މައުލޫމާތު ސޯޝަލް މީޑިއާގައި އާންމުކޮށް، ޕްރެޝަރު ކުރިމަތިކުރިޔަސް އެ ވާހަކަ ދައްކަވާނެ އެވެ.
ރައީސް ސާލިހުގެ ސަރުކާރުން ދިން ބިންތައް އޭގެ ހައްގުވެރިން އަތުން އަތުލާނެކަމުގެ އިންޒާރު ފަޒުލް ދީފައިވާއިރު, އޭނާވަނީ ނުއަގުގައި, އޭނާ އަބިމީހާއަށް 2,000 އަކަފޫޓުގެ ބޮޑު ބިމެއް ހުޅުމާލެއިން ނުހައްގުން ދީފައެވެ.