ޚަބަރު

ކައުންސިލުން ނެރުނު ބަޔާން ބާތިލު ކުރަން ނާންގަން އޭޖީއިން ލަފާދިން ކަމަށް ބުނެ، އޫޝާމް ހަދަމުން ދަނީ ދޮގު ކަމަށާއި، އުޝާމު ކުޅެމުން ދަނީ މީޑިޔާއާއި ކަމަށް އެލްޖީއޭއިން ޒުލްފާ ވިދާޅުވެއްޖެ!

ދިޔަވަރު
ކައުންސިލުން ނެރުނު ބަޔާން ބާތިލު ކުރަން ނާންގަން އޭޖީއިން ލަފާދިން ކަމަށް ބުނެ، އޫޝާމް ހަދަމުން ދަނީ ދޮގު ކަމަށާއި، އުޝާމު ކުޅެމުން ދަނީ މީޑިޔާއާއި ކަމަށް އެލްޖީއޭއިން ޒުލްފާ ވިދާޅުވެއްޖެ!

ކެނދިކުޅަނދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލް ކުރަން އެލްޖީއޭ އަށް ނޭންގޭނެ ކަމަށް އެލްޖީއޭ އަށް ލަފާ ދިން ކަމަށް، އޭޖީ ވިދާޅި ކަމަށް ނޫސްތަކުގައި ވާ ވާހަކަ އަކީ ދޮގެއް ކަމަށް ބުނެ، އެފަދަ އެއްވެސް ލިޔެ ކިޔުމެއް "ޖެމްސް" މެދުވެރިކޮށް ފޮނުވާފައި ނުވާކަމަށް އެލްޖީއޭއިން ޒުލްފާ ޓީމް އެލްޖީއޭ ވަޓްސްއެޕް ގްރޫޕްގައި ހާމަ ކޮށްފިއެވެ.

އެލްޖީއޭއިން ބަޔާން ނެރެފައިވަނީ ރައީސް އޮފީހުން ކޮމިއުނިކޭޝަން މިނިސްޓަރ ޚަލީލްގެ އަންގައިގެން އެރޭ ދަންވަރު އެލްޖީއޭ ހުޅުވައިގެންނެވެ.

އެލްޖީއޭގެ ވަޓްސްއެޕް ގްރޫޕްގައި އިއްޔެ ދައްކާފައިވާ ވާހަކަތައް

ނ. ކެނދިކުޅުދޫއަށް މިދިޔަ ބުރާސްފަތި ދުވަހު ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕޭން ހަރަކާތްތައް ހިންގާފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް އެ ރަށު ކައުންސިލުން ނެރުނު ނޫސްބަޔާން ބާތިލު ކުރުމަށް އެލްޖީއޭއިން އެންގީ އިއްޔެ އެވެ.

އެލްޖީއޭއިން ކެނދިކުޅަނދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލް ކުރަން އަންގާފައިވަނީ ޤާނޫން ތަކާއި ޚިލާފަށެވެ. އަދި ކެނދިކުޅުދޫ ކައުންސިލުގެ ރައީސް މުހައްމަދު ރައުފް ވިދާޅުވީ، އެ ކައުންސިލަށް ލިބިފައިވާ ގާނޫނީ ލަފަޔާއެކު ކައުންސިލް މެމްބަރުން ނިންމީ ބަޔާން ބާތިލު ނުކުރުމަށް ކަމަށައި، އެގޮތަށް ނިންމީ ބަޔާން ބާތިލު ކުރަން ޖެހޭނެފަދަ ގާނޫނީ ސަބަބެއް އެލްޖީއޭއަށް ބުނެދެވިފައި ނުވާތީ ކަމަށެވެ.