ޚަބަރު

ކެނދިކުޅުދޫ ކައުންސިލަށް އެލްޖީއޭއިން ފޮނުވި ބަޔާން ޑްރާފްޓް ކުރީ ރައީސް އޮފީހުން: އެމްޑީޕީ

ދިޔަވަރު
ކެނދިކުޅުދޫ ކައުންސިލަށް އެލްޖީއޭއިން ފޮނުވި ބަޔާން ޑްރާފްޓް ކުރީ ރައީސް އޮފީހުން: އެމްޑީޕީ

ކެނދިކުޅުދޫ ކައުންސިލަށް އެލްޖީއޭއިން ފޮނުވި ބަޔާން ޑްރާފްޓް ކުރީ ރައީސް އޮފީހުންކަމަށް އެމްޑީޕީން ބުނެފިއެވެ.

ބުރާސްފަތި ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު އީސަ ވިދާޅުވީ، އެއީ ރައީސް އޮފީހުން ލިޔެފައިވާ ބަޔާނެއް ކަމަށާއި، ބަޔާން ކައުންސިލަށް ފޮނުވާފައިވަނީ އެލްޖީއޭގެ ޤާނޫނީ ފަރާތްތަކުގެ ލަފަޔާވެސް ދެކޮޅަށް، އެލްޖީއޭއާއި ރައީސް އޮފީސް ގުޅިގެން ކަމަށެވެ.

އީސަ އެހެން ވިދާޅުވީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ން ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލުކުރުމަށް އަންގާފައިވަނީ އެކަން އެގޮތަށް ނުކުރުމަށް ލަފާދީފައިވަނިކޮށް ކަމަށް، އެޓަރނީ ޖެނެރަލް އަހުމަދު އުޝާމް ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.  

އީސަ ވިދާޅުވީ، މި ހުރިހާ ކަމަކީވެސް ސަރުކާރުން އެލްޖީއޭއަށް ނުފޫޒު ފޯރުވައިގެން، ކައުންސިލުތަކުގެ ބާރު ކަނޑުވާލުމަށް ކުރަމުންދާ ކަންކަން ކަމަށާއި، މިއީ އޮޅުމަކުން ހިނގަމުންދާ ކަމެއް ނޫންކަމަށެވެ.